މަސައްކަތް
ނަންބަރު: 597-A/2026/63
ޕަބްލިޝްކުރި ތާރީޚް: 22 ސެޕްޓެންބަރު 2026
ޕަބްލިޝްކުރި ގަޑި: 14:13
ސުންގަޑި: 30 ސެޕްޓެންބަރު 2026 13:00
މާލެއަތޮޅު މާފުށީ މެޖިސްޓްރޭޓް ކޯޓު
ދިވެހިރާއްޖެ
މާލެއަތޮޅު މާފުށީ މެޖިސްޓްރޭޓް ކޯޓުގެ ސައި ކޮޓަރިން ކޯޓުގެ ގޯތިތެރެއަށް ނިކުމެވޭ ގޮތަށް ދޮރު ކަނޑާ ދޮރުހަރުކުރުމުގެ މަސައްކަތް އަދި ކޯޓުގެ އިރުމަތީ ފަރާތުން މަގުމަތީ ފާރުން ވަދެ ނިކުމެވޭ ގޮތަށް ދޮރެއް ކަނޑާ ގޭޓް ހަރުކޮށްދިނުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެ

 ` 

މާލެއަތޮޅު މާފުށީ މެޖިސްޓްރޭޓް ކޯޓު

ކ.މާފުށި، ދިވެހިރާއްޖެ  

 

                                               އިއުލާން ނަންބަރު: 597-A/2026/63

އިޢުލާން

މާލެއަތޮޅު މާފުށީ މެޖިސްޓްރޭޓް ކޯޓުގެ ސައި ކޮޓަރިން ކޯޓުގެ ގޯތިތެރެއަށް ނިކުމެވޭ ގޮތަށް ދޮރު ކަނޑާ ދޮރުހަރުކުރުމުގެ މަސައްކަތް އަދި ކޯޓުގެ އިރުމަތީ ފަރާތުން މަގުމަތީ ފާރުން ވަދެ ނިކުމެވޭ ގޮތަށް ދޮރެއް ކަނޑާ ގޭޓް ހަރުކޮށްދިނުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެ

                    މިކޯޓުންދޭ މައުލޫމާތާއި އެއްގޮތަށް އަމިއްލަ ތަކެތީގައި ކޯޓުގެ ގޯތިތެރެއަށް ނިކުމެވޭ ގޮތަށް ދޮރު ކަނޑާ ދޮރުހަރުކުރުމުގެ މަސައްކަތް އަދި ކޯޓުގެ އިރުމަތީ ފަރާތުން މަގުމަތީ ފާރުން ވަދެ ނިކުމެވޭ ގޮތަށް ދޮރެއް ކަނޑާ ގޭޓް ހަރުކޮށްދިނުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ.

                    މިމަސައްކަތަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 29 ސެޕްޓެންބަރު 2026 ވާ އަންގާރަ ދުވަހުގެ 13:00 އަށް މިކޯޓަށް ވަޑައިގެން މައުލޫމާތު ސާފުކުރެއްވުމަށްފަހު 30 ސެޕްޓެންބަރު 2026 ވާ ބުދަ ދުވަހުގެ  13:00 އަށް މާލެއަތޮޅު މާފުށީ މެޖިސްޓްރޭޓް ކޯޓަށް ދުރުވެ އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. އަންދާސީ ހިސާބު ހުށަހަޅުއްވާއިރު މި މަސައްކަތް ކުރުމަށް ބޭނުންކުރައްވާ ތަކެތީގެ އަގުތައް ވަކިން އެނގޭނެ ގޮތަށް ލިސްޓެއް ތައްޔާރުކުރުމަށްފަހު ހުށަހެޅުމަށް ދަންނަވަމެވެ.

                    މިއިޢުލާނާ ގުޅިގެން އަންދާސީ ހިސާބު ހުށަހެޅުމަށް ފުރުސަތު ހުޅުވާލެވިފައިވަނީ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު: 2014/18) ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށާއި އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަންބަރު: 2014/19) ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށެވެ. އަދި މައުލޫމާތު ސާފުކުރުމަށާއި އަންދާސީ ހިސާބު ހުށަހެޅުމަށް ހާޟިރުވާއިރު އެބޭފުޅެއް ތަމްޞީލުކުރައްވަނީ ކޮން ކުންފުންޏެއްކަން އެނގޭނެ ރަސްމީ ލިޔުމެއް (ރަޖިސްޓްރީ ކޮޕީ) ހުށަހަޅުއްވަންވާނެއެވެ.

                    އަދި ބަދަލުގައި މީހަކު ފޮނުވާނަމަ ބަދަލު ހަމަޖެއްސިކަން އަންގައިދޭ ސިޓީއެއް ގެންނަންވާނެއެވެ.

                    11 ރަބީޢުލްއާޚިރު 1448

                    22 ސެޕްޓެންބަރު 2026

22 ސެޕްޓެންބަރު 2026