ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު
އެޑްމިނިސްޓްރޭޓިވް އޮފިސަރ |
މަޤާމު |
||
1(އެކެއް) |
ބޭނުންވާ އަދަދު: |
||
ޖީ.އެސް 4 |
ރޭންކް |
އޮފިސަރ ގުރޭޑް 2 |
ކުލެސިފިކޭޝަން |
ދާއިމީ |
މަޤާމުގެ ގިންތި: |
||
އިދާރީ |
ޑިވިޝަން |
ބިލެތްފަހީ ސްކޫލް އޮފީސް |
އޮފީސް |
ބިލެތްފަހީ ސްކޫލް |
ވަޒީފާ އަދާކުރަންޖެހޭ ތަން |
||
މަހަކު -/4465ރ |
މުސާރަ |
||
މަހަކު -/1500ރ |
ސަރވިސް އެލަވަންސް |
||
އިތުރުގަޑީގައި މަސައްކަތް ކޮށްފިނަމަ ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގައި ފައިސާ ދެވޭނެއެވެ. |
އިތުރުގަޑީގެ ފައިސާ |
||
1. އެޑްމިނިސްޓްރޭޝަން / މެނޭޖްމަންޓުގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުން. 2. މަތީ ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'އީ' ގްރޭޑް ލިބިފައިވުމާއެކު، އޭގެ އިތުރުން ހަޔަރ ސެކަންޑަރީ ސްކޫލް ސެޓުފިކެޓު އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން. 3. ސާނަވީ އިމްތިޙާނަކުން 2 މައްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައި އޭގެ އިތުރުން ސެކަންޑަރީ ސްކޫލް ސެޓުފިކެޓު އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުމާއެކު، އެޑްމިނިސްޓްރޭޝަން/ މެނޭޖްމަންޓުގެ ދާއިރާއެއްގައި 2 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. |
ފެންވަރު ނުވަތަ ޝަރުތު
|
||
1- ހާސިލު ކޮށްފައިވާ ތަޢުލީމާއި ތަމްރީން 2- މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާ. 3- މަސައްކަތުގެ ހުނަރާއި ފެންވަރާއި ޤާބިލުކަމާއި ސިފަތައް |
ވަޒީފާ އަށް އެންމެ ގާބިލް ފަރާތެއް ހޮވުމުގައި ބެލެވޭނެ ކަންތައްތައް |
||
މި މަޤާމަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް އިންޓަވައު ކުރެވޭނެއެވެ. އިޢުލާނުގެ މުއްދަތު ހަވަމާ ތާރީޚުން ފެށީގެން ތިން ހަފުތާގެ ތެރޭގައި އިންޓަވިއު އޮންނާނެއެވެ. އިންޓަވިއު އޮންނާނެ ތާރީޚާއި ތަނާއި ގަޑި އިންޓަވައުއަށް ހޮވޭ ފަރާތްތަކަށް އިންޓަވިއު އޮންނަ ތާރީޚުގެ 24 ގަޑިއިރުގެ ކުރިން އެންގޭނެއެވެ. މި ވަޒީފާއަށް އެދިފައިވާ ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތަޖުރިބާއަށާއި މަސައްކަތަށް ބޭނުންވާ ހުނަރަށް ބެލުމަށްފަހު، ހިއުމަން ރިސޯސް މެނޭޖްމަންޓް އެންޑް ޑިވެލޮޕްމަންޓް ކޮމިޓީން ކަނޑައަޅާ ކްރައިޓީރިޔާއެއްގެ ދަށުން، ޝޯޓްލިސްޓް ކުރެވޭނެއެވެ. އިންޓަވިއު ކުރެވޭނީ، ޝޯޓްލިސްޓް ކުރެވޭއިރު ހޮވޭ ފަރާތްތަކާއެވެ. |
އިންޓަވިއުކުރުން |
||
1- ޔައުމިއްޔާ ލިޔެ ބެލެހެއްޓުން 2- މުވައްޒަފުންގެ ހާޒިރީ ބެލެހެއްޓުން 3- މުވައްޒަފުންގެ ޗުއްޓީގެ ރިކޯޑު ބެލެހެއްޓުން 4- މުވައްޒަފުންގެ ޕަރސަނަލް ފައިލުތައް އަޕްޑޭޓްކޮށް ބެލެހެއްޓުން 5- ސްކޫލަށް ލިބޭ ސިޓީ މެސެޖުތައް އެންޓްރީކޮށް ފައިލުކުރުން 6- ފައިސާގެ ލިޔެކިޔުންތައް ބެލެހެއްޓުން އަދި ސްކޫލަށް ލިބޭ ފައިސާ ބަލައިގަތުން 7- އިދާރީ ލިޔެކިޔުންތައް ބެލެހެއްޓުން. 8- އިންވެންޓްރީއާއި ސްޓޮކް ބެލެހެއްޓުން. 9- މީގެ އިތުރުންވެސް ސްކޫލުން އަންގާ އެކިއެކި ކަންތައް ކުރުން. |
މަޤާމުގެ މަސްއޫލިއްޔަތު |
||
މި ވަޒީފާއަށް އެދޭ ފަރާތްތަކުން ވަޒީފާއަށް އެދޭ ފޯމު ފުރިހަމަކުރުމަށްފަހު ފޯމާއެކު ހުށަހަޅަންޖެހޭ ލިޔުންތައް 2016 ފެބުރުވަރީ 29 ވާ ހޯމަ ދުވަހުގެ 13:00 ގެ ކުރިން ބިލެތްފަހީ ސްކޫލްގެ އޮފީހަށް ހުށަހެޅުއްވުން އެދެމެވެ. ވަޒީފާއަށް އެދި ހުށަހަޅާ ލިޔުންތައް އީމެއިލް [email protected] މެދުވެރިކޮށްވެސް ހުށަހެޅިދާނެއެވެ. |
މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި |
||
1- ސިވިލް ސާރވިސް ވަޒީފާ އަށް އެދޭ ފޯމު (މި ފޯމު މި ސްކޫލުގެ އޮފީހުންނާއި ސިވިލް ސާރވިސް ކޮމިޝަންގެ ވެބްސައިޓް www.csc.gov.mv އިން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ. ) 2- އެކްރެޑިޓް ކުރެވިފައިވާ ތަޢުލީމީ އަދި އެހެނިހެން ސެޓުފިކެޓުތަކުގެ ކޮޕީ (މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން އެކްރެޑިޓް ކޮށްފައިވާ) 3- ލިބިފައިވާ މަސައްކަތު ތަޖުރިބާގެ ސާބިތުކުރެވޭ ފަދަ، ވަޒީފާ އަދާކުރި އޮފީސްތަކުގެ ލިޔުންތައް (ޚިދުމަތްކޮށްފައިވާ މުއްދަތު ބަޔާންކޮށްފައިވާ) 4- ވަޒީފާގެ ދާއިރާއާ ގުޅޭ ކުރު މުއްދަތުގެ ކޯހާއި ވާރކްޝޮޕުތަކުގެ ލިޔުންތަކުގެ ކޮޕީ 5- ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ (މުއްދަތު ހަމަނުވާ ސާފު ފޮޓޯކޮޕީއެއް) 6- ވަޒިފާއަށް އެދޭ ފަރާތުގެ ވަނަވަރު (ސީވީ ) ގުޅޭނެ ނަންބަރާއެކު 7- ސިވިލްސާރވިސްއަށް ނުވަތަ ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، މި މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފަކު ވަޒީފާ އަދާކުރައްވާ އޮފީހުގެ ލިޔުމެއް 8- ސިވިލް ސަރވިސް ވަޒީފާ އަދާކުރަމުންދާ ފަރާތެއްނަމަ، މުވައްޒަފުންގެ މަސައްކަތުގެ ފެންވަރުބެލުމުގެ ނަތީޖާއާއި ހާޒިރީ އަދި މަސައްކަތުގެ އުޅުމާއި އަޚުލާޤު ހުރި ގޮތް ބަޔާންކުރާ ފޯމު. ނޯޓު: ތަޖުރިބާގެ މުއްދަތު ގުނާނީ ސީވީގައި ބަޔާންކޮށްފައިވާ ތަންތާނގައި ވަޒީފާ އަދާކޮށްފައިވާ ކަމުގެ ރަސްމީ ލިޔުމެއް ހުށަހެޅުމުންނެވެ. ލިޔުމުގައި މުއްދަތު/ ތާރީޚުތައް ބަޔާންކޮށްފައި ވާންވާނެއެވެ. |
ހުށައަޅަންޖެހޭ ލިޔުންތައް |
||
ވަޒީފާއަށް އެދި ހުށަހަޅާ ހުރިހާ ލިޔުންތައް އެޓެސްޓްކުރެވޭނީ، އިންޓަވިއު ކުރާ ފަރާތްތަކަށް އެކަންޏެވެ. ވީމާ، އިންޓަވިއުއަށް ހޮވޭ ފަރާތްތަކުން ހުރިހާ ލިޔެކިޔުންތަކުގެ އަސްލު ގެންނަންވާނެއެވެ. |
ސެޓުފިކެޓުތަކާއި ލިޔުންތައް އެޓެސްޓްކުރުން |
||
މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތެއް ހޯދަން ބޭނުންވެއްޖެނަމަ ސަރުކާރުގެ އޮފީސްތައް ބަންދު ނޫން ކޮންމެ ދުވަހަކު ހެނދުނު 9:00 އިން މެންދުރުފަހު 13:00 އާ ދެމެދު މި ސްކޫލުގެ އިދާރާގެ 6540580 ފޯނަށް ގުޅުއްވުމުން މަޢުލޫމާތު ސާފުކޮށްދެއްވޭނެ އިންތިޒާމުވަނީ ހަމަޖެހިފައެވެ. އަދި މީގެ އިތުރުން ރަސްމީގަޑީގައި މި ސްކޫލްގެ އިދާރާއަށް ވަޑައިގެންނެވުމުންވެސް މަޢުލޫމާތު ސާފޮކޮށްދެވޭނެއެވެ. |
އިތުރު މަޢުލޫމާތެއް ސާފުކުރަން ބޭނުންވެއްޖެނަމަ ޢަމަލު ކުރަންވީ ގޮތް |
ވީމާ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.
8 ޖުމާދަލްއޫލާ 1437