ވަޒީފާގެ ފުރުޞަތު
ނަންބަރު: GS103/IUL/2016/08
ޕަބްލިޝްކުރި ތާރީޚް: 17 ފެބުރުވަރީ 2016
ޕަބްލިޝްކުރި ގަޑި: 09:38
ސުންގަޑި: 29 ފެބުރުވަރީ 2016 13:00
ބިލެތްފަހީ ސްކޫލް
ދިވެހިރާއްޖެ
މަސައްކަތު

އިއުލާން

މަސައްކަތު

މަޤާމު:

1(އެކެއް)

ބޭނުންވާ އަދަދު:

އެސް.އެސް 1

ރޭންކް

ސަޕޯޓް ސްޓާފް ގުރޭޑް 1

ކުލެސިފިކޭޝަން:

ދާއިމީ

މަޤާމުގެ ގިންތި:

އިދާރީ

ޑިވިޝަން

ބިލެތްފަހީ ސްކޫލް އޮފީސް

އޮފީސް:

ބިލެތްފަހީ ސްކޫލް

ވަޒީފާ އަދާކުރަންޖެހޭ ތަން:

މަހަކު -/3100ރ

މުސާރަ:

މަހަކު -/1000ރ

ސަރވިސް އެލަވަންސް:

އިތުރުގަޑީ މަސައްކަތް ކޮށްފިނަމަ ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގައި ފައިސާ ދެވޭނެއެވެ.

އިތުރުގަޑީ ފައިސާ:

1. ލިޔަންކިޔަން ދަތުމާއެކު، މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު/ ޤާބިލުކަން ލިބިފައިވުން.  

ފެންވަރު ނުވަތަ ޝަރުޠު:

1- ހާސިލުކޮށްފައިވާ ތަޢުލީމާއި ތަމްރީން

2- މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާ.

3- މަސައްކަތުގެ ހުނަރާއި ފެންވަރާއި ޤާބިލުކަމާއި ސިފަތައް

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމުގައި ބެލެވޭނެ ކަންތައްތައް

މި މަޤާމަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް އިންޓަވައު ކުރެވޭނެއެވެ. އިޢުލާނުގެ މުއްދަތު ހަވަމާ ތާރީޚުން ފެށިގެން ތިން ހަފުތާގެ ތެރޭގައި އިންޓަވިއު އޮންނާނެއެވެ. އިންޓަވިއު އޮންނާނެ ތާރީޚާއި ތަނާއި ގަޑި އިންޓަވިއުއަށް ހޮވޭ ފަރާތްތަކަށް އިންޓަވިއު އޮންނަ ތާރީޚުގެ 24 ގަޑިއިރު ކުރިން އެންގޭނެއެވެ. މި ވަޒީފާއަށް އެދިފައިވާ ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، ވަޒިފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތަޖުރިބާއަށާއި މަސައްކަތަށް ބޭނުންވާ ހުނަރަށް ބެލުމަށްފަހު، ހިއުމަން ރިސޯސް މެނޭޖްމަންޓް އެންޑް ޑިވެލޮޕްމަންޓް ކޮމިޓީން ކަނޑައަޅާ ކްރައިޓީރިޔާއެއްގެ ދަށުން، ޝޯޓްލިސްޓް ކުރެވޭނެއެވެ. އިންޓަވިއު ކުރެވޭނީ، ޝޯޓްލިސްޓް ކުރެވޭއިރު ހޮވޭ ފަރާތްތަކާއެވެ.

އިންޓަވިއުކުރުން

1- ސްކޫލުގެ ކުލާސްރޫމްތަކާއި، އިމާރާތުގެ އެތެރެއާއި ހޯލުތެރެ ކުނިކަހައި ފޮޅައި ސާފުކޮށް ބެލެހެއްޓުން.

2- ސްކޫލުގައި ބާއްވާ އެކިއެކި ރަސްމިއްޔާތުތަކާ ގުޅިގެން ކުރަންޖެހޭ މަސައްކަތްތައް ކުރުން.

3- ސްކޫލަށް ހޯދޭ ތަކެއްޗާއި ޚިދުމަތް ހޯދުމުގައި ސްކޫލުން އަންގާ ގޮތެއްގެ މަތިން އެހީތެރިވެދިނުން.

މަޤާމުގެ މަސްއޫލިއްޔަތު

މި ވަޒީފާއަށް އެދޭ ފަރާތްތަކުން ވަޒީފާއަށް އެދޭ ފޯމު ފުރިހަމަކުރުމަށްފަހު ފޯމާއެކު ހުށަހަޅަންޖެހޭ ލިޔުންތައް 2016  ފެބުރުވަރީ 29 ވާ ހޯމަ ދުވަހުގެ 13:00 ގެ ކުރިން ބިލެތްފަހީ ސްކޫލްގެ އޮފީހަށް ހުށަހެޅުއްވުން އެދެމެވެ. ވަޒީފާއަށް އެދި ހުށަހަޅާ ލިޔުންތައް އީމެއިލް [email protected]  މެދުވެރިކޮށްވެސް ހުށަހެޅިދާނެއެވެ.

މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި

1- ސިވިލް ސާރވިސް ވަޒީފާއަށް އެދޭ ފޯމު (މި ފޯމު މި ސްކޫލުގެ އޮފީހުންނާއި ސިވިލް ސާރވިސް ކޮމިޝަންގެ ވެބްސައިޓް www.csc.gov.mv އިން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ.)

2- އެކްރެޑިޓް ކުރެވިފައިވާ ތަޢުލީމީ އަދި އެހެނިހެން ސެޓުފިކެޓުތަކުގެ ކޮޕީ (މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން އެކްރެޑިޓް ކޮށްފައިވާ)

3- ލިބިފައިވާ މަސައްކަތުގެ ތަޖުރިބާގެ ސާބިތުކުރެވޭ ވަޒީފާ އަދާކުރި އޮފީސްތަކުގެ ލިޔުންތައް (ޚިދުމަތް ކޮށްފައިވާ މުއްދަތު ބަޔާންކޮށްފައިވާ)

4- ވަޒީފާގެ ދާއިރާއާ ގުޅޭ ކުރު މުއްދަތުގެ ކޯހާއި ވާރކްޝޮޕްތަކުގެ ލިޔުންތަކުގެ ކޮޕީ

5- ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ (މުއްދަތު ހަމަނުވާ ސާފު ފޮޓޯކޮޕީއެއް)

6- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ސީވީ ) ގުޅޭނެ ނަމްބަރާއެކު

7- ސިވިލްސާރވިސްއަށް ނުވަތަ ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، މި މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތް ކަމަށް، އެ މުވައްޒަފަކު ވަޒީފާ އަދާކުރައްވާ އޮފީހުގެ ލިޔުމެއް

8- ސިވިލް ސަރވިސްގައި ވަޒީފާ އަދާކުރާ މީހަކުނަމަ، މުވައްޒަފުންގެ މަސައްކަތުގެ ފެންވަރު ބެލުމުގެ ނަތީޖާއާއި ހާޒިރީ އަދި މަސައްކަތުގެ އުޅުމާއި އަޚުލާޤު ހުރިގޮތް ބަޔާންކުރާ ފޯމު.

ނޯޓު: ތަޖުރިބާގެ މުއްދަތު ގުނާނީ ސީވީގައި ބަޔާންކޮށްފައިވާ ތަންތާނގައި ވަޒީފާ އަދާކޮށްފައިވާ ކަމުގެ ރަސްމީ ލިޔުމެއް ހުށަހެޅުމުންނެވެ. ލިޔުމުގައި މުއްދަތު/ ތާރީޚުތައް ބަޔާންކޮށްފައި ވާންވާނެއެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް

ވަޒީފާއަށް އެދި ހުށައަޅާ ހުރިހާ ލިޔުންތައް އެޓެސްޓްކުރުން އޮންނާނީ އިންޓަވިއު ކުރާ ފަރާތްތަކަށް އެކަންޏެވެ. ވީމާ، އިންޓަވިއުއަށް ހޮވޭ ފަރާތްތަކުން ހުރިހާ ލިޔެކިޔުންތަކުގެ އަސްލު ގެންނަންވާނެއެވެ.

ސެޓުފިކެޓުތަކާއި ލިޔުންތައް އެޓެސްޓްކުރުން

މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތެއް ހޯދަން ބޭނުންވެއްޖެނަމަ ސަރުކާރުގެ އޮފީސްތައް ބަންދު ނޫން ކޮންމެ ދުވަހަކު ހެނދުނު 9:00 އިން މެންދުރުފަހު 13:00 އާ ދެމެދު މި ސްކޫލުގެ އިދާރާގެ 6540580 ފޯނަށް ގުޅުއްވުމުން މަޢުލޫމާތު ސާފުކޮށްދެއްވޭނެ އިންތިޒާމު ވަނީ ހަމަޖެހިފައެވެ. އަދި މީގެ އިތުރުން ރަސްމީގަޑީގައި މި ސްކޫލުގެ އިދާރާއަށް ވަޑައިގެންނެވުމުންވެސް މަޢުލޫމާތު ސާފުކޮށްދެވޭނެއެވެ.

އިތުރު މަޢުލޫމާތެއް ސާފުކުރަން ބޭނުންވެއްޖެނަމަ ޢަމަލުކުރަންވީ ގޮތް

 

ވީމާ، މިކަން އާއްމުކޮށް އެންގުމަށްޓަކައި އިއުލާނު ކުރީމެވެ.

8 ޖުމާދަލްއޫލާ 1437

17 ފެބުރުވަރީ 2016