ވަޒީފާގެ ފުރުޞަތު
ނަންބަރު: GS-169/IU/2016/09
ޕަބްލިޝްކުރި ތާރީޚް: 14 ފެބުރުވަރީ 2016
ޕަބްލިޝްކުރި ގަޑި: 14:51
ސުންގަޑި: 22 ފެބުރުވަރީ 2016 14:00
ބިލެއްދޫ ސްކޫލް
ދިވެހިރާއްޖެ
ލީޑިންގ ޓީޗަރ

އިޢުލާން

ލީޑިންގ ޓީޗަރކަމުގެ މަޤާމަށް ކުރިމަތިލުމާ ގުޅޭ:

  • ބޭނުންވާ އަދަދު: 4 (ހަތަރެއް) 
  • ބޭނުންވާ ދާއިރާތައް: ޕްރައިމަރީ ސެކްޝަން

                ސެކަންޑަރީ ސެކްޝަން

                ހަޔަރ ސެކަންޑަރީ ސެކްޝަން

  • ލީޑިންގ ޓީޗަރުންގެ މަޤާމަށް ޓީޗަރުން ޢައްޔަން ކުރާނެ ގޮތާއި، ލީޑިންގ ޓީޗަރުންނަށް ޓެނުއަރޝިޕް ދޭނޭ ގޮތުގެ ތަފުސީލު ތިރީގައި މިވަނީއެވެ.

1- ލީޑިންގ ޓީޗަރކަމުގެ މަސްއޫލިއްޔަތު ހަވާލުކުރެވޭނީ ޓީޗަރެއްގެ މަޤާމުގެ ޝަރުޠު ހަމަވުމާއެކު، ކިޔަވައިދިނުމުގެ ރޮނގުން 2 އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށެވެ.

2- ލީޑިންގ ޓީޗަރކަމުގެ މަސްއޫލިއްޔަތަކީ ތަޢުލީމީ ކަލަންޑަރުގެ 2 އަހަރުދުވަހުގެ ޓެނުއަރއަކަށް ސްކޫލެއްގެ ޓީޗަރުންގެ ތެރެއިން ތިރީގައިމިވާ ގޮތަށް ޓީޗަރަކާ ހަވާލުކުރާ ޒިންމާއެކެވެ.

3- ލީޑިންގ ޓީޗަރގެ ޓެނުއަރ ގުނަންފެށޭނީ މަސްއޫލިއްޔަތު ހަވާލުކުރެވޭ ތާރީޚުން ފެށިގެންނެވެ.

4- ލީޑިންގ ޓީޗަރުކަމަށް ހޮވޭ ޓީޗަރުގެ ޓެނުއަރޝިޕް އެލަވަންސް ދޭން ފަށާނީ ޢައްޔަންކުރާ ތާރީޚުން ފެށިގެންނެވެ.

5- ލީޑިންގ ޓީޗަރުކަމުގެ ޓެނުއަރ ހަމަވުމުން އިޢުލާނުކުރުމެއްނެތި އައު ދައުރަކަށް ލީޑިންގ ޓީޗަރުކަމަށް އަލުން ޢައްޔަނު ކުރެވިދާނެއެވެ. ނަމަވެސް މިގޮތަށް އަލުން ޢައްޔަންކުރެވޭނީ އެ މުއްދަތުގައި ކުރެވުނު އެޕްރައިޒަލް އިން އެވްރެޖްކޮށް %85 ނުވަތަ އެއަށްވުރެ މަތި ހޯދާފައިވުމާއެކު، ސްކޫލުގައި ކުރިޔަށް އޮތް ދިރާސީ އަހަރަށް ލީޑިންގ ޓީޗަރަކަށް ޖާގަ އޮތްނަމައެވެ.

6- ލީޑިންގ ޓީޗަރކަމުގެ މަސްއޫލިއްޔަތު އަދާކުރި މުވައްޒަފު މަސްއޫލިއްޔަތުގެ ޓެނުއަރ ހަމަވުމުން ޓީޗަރުކަމުގެ މަސްއޫލިއްޔަތަށް އެނބުރި ރުޖޫޢަވާނެއެވެ.

7- ލީޑިންގ ޓީޗަރުން ޢައްޔަންކުރެވޭނީ ޕްރައިމަރީ، ލޯވަރ ސެކަންޑަރީ އަދި ހަޔަރ ސެކަންޑަރީއަށް ދަރިވަރުންގެ ނިސްބަތުން ވަކިންނެވެ. މިގޮތަށް ޢަމަލުކުރަން ފެށުމުން މިވަގުތު ލީޑިންގ ޓީޗަރުގެ މަސްއޫލިއްޔަތު އަދާކުރައްވާ އެއްވެސް ފަރާތަކަށް، އެފަރާތެއް ހިނގަމުންމިދާ ޓެނުއަރގައި، އަސަރެއް ނުކުރާނެއެވެ. ނަމަވެސް އައު ޓެނުއަރއަކަށް ޢަމަލުކުރަންފަށާނަމަ، މި އުސޫލާ އެއްގޮތަށް ޢަމަލުކުރަން ވާނެއެވެ.

8- ލީޑިންގ ޓީޗަރގެ މަޤާމަށް ކުރިމަތިލާ ފަރާތްތައް ޢައްޔަންކުރުމުގައި މިންކުރާނީ މެރިޓް އުސޫލުންނެވެ.

  • ލީޑިންގ ޓީޗަރުކަމުގެ މަސްއޫލިއްޔަތު އަދާކުރުމަށް ކުރިމަތިލާ ފަރާތްތައް ޢައްޔަންކުރުމުގައި ޕޮއިންޓްދޭނެގޮތް

މެރިޓް އުސޫލު

1- ވާދަކުރާ މުވައްޒަފުންނަށް ލިބިފައިވާ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 އަދި އެއަށްވުރެ މަތީ ހުރިހާ ސަނަދަށް ބަލައި ތިރީގައި މިވާގޮތަށް ލިބޭ ޖުމްލަ ޕޮއިންޓުން ތަރުތީބުކުރުން.

ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވަލް

ޕޮއިންޓް

4

25

5

35

6

45

7

60

8

65

9

75

10

85

2- މަތީގައިވާ ގޮތަށް ތަރުތީބުކޮށް އެއްވަރަށް ޕޮއިންޓްލިބޭ ދޭއް ނުވަތަ އެއަށްވުރެ ގިނަ މުވައްޒަފުންގެ މެދުގައި ފަރަގުކުރަން ޖެހިއްޖެ ޙާލަތެއްގައި، އެ މުވައްޒަފުންނަށް 2013 ވަނައަހަރުގެ އެޕްރައިޒަލުން ލިބިފައިވާ ޖުމްލަ މާކްހަށް އަދި ޚިދުމަތުގެ މުއްދަތަށް ބެލުން.

  • ލީޑިންގ ޓީޗަރުންގެ މައިގަނޑު މަސްއޫލިއްޔަތު

1- މިނިސްޓްރީގެ ސިޔާސަތުތައް ސްކޫލުގައި ތަންފީޒު ކުރުމަށް ޕްރިންސިޕަލަށް އެހީތެރިވެދިނުން

2- ޕްރިންސިޕަލް ނެތް ޙާލަތެއްގައި، އޭނާގެ މަސައްކަތް ނުވަތަ މަސައްކަތުން ބައެއް ހަވާލުކުރެވިއްޖެނަމަ، އެ މަސައްކަތް ކުރުން.

3- ކިޔަވައިދެމުންދަނީ ޤައުމީ މަންހަޖުގައި ކަނޑައަޅާފައިވާ ލަނޑުދަނޑިތައް ހާސިލުވާގޮތަށްތޯ ބަލައި ކިޔަވައިދިނުން ތަރައްޤީ ކުރުމަށް ޓީޗަރުންނަށް އިރުޝާދު ދިނުން.

4- ކިޔަވައިދޭ މާއްދާތަކުގެ ކޯޑިނޭޝަން މީޓިންގތައް ރާވައި ކުރިޔަށްގެންދާގޮތް ބަލައި ރިކޯޑު ބެލެހެއްޓުން

5- ޓީޗަރުން ތައްޔާރުކުރާ ލެސަންޕްލޭންތަކަކީ ޤައުމީ މަންހަޖުގައި ކަނޑައަޅާފައިވާ ލަނޑުދަނޑިތައް ހާސިލުވާގޮތަށް ތައްޔާރުކުރެވޭ ލެސަން ޕްލޭނެއްތޯ ބަލައި ރަނގަޅުކުރަންޖެހޭ ކަންކަން ފާހަގަކޮށް ޓީޗަރުންނަށް އެހީތެރިވެދިނުން

6- ދަރިވަރުންގެ ނަތީޖާ ރަނގަޅު ކުރުމަށް ކުރަންޖެހޭ ކަންކަން ދެނެގަނެ ޓީޗަރުން ލައްވާ އެކަންކަން ކުރުވުމާއި އެކަންކަން ކުރެވެމުންދާގޮތް ބަލައި މޮނިޓަރކުރުން.

7- ސްކޫލުގެ މާޙައުލަކީ ދަރިވަރުންނަށް ރައްކާތެރިކަމާއި އަމާންކަން ލިބިގެންވާ މާޙައުލެއްކަން ކަށަވަރު ކުރުން.

8- ދަރިވަރުންނަށް ތަޢުލީމީ ލަނޑުދަނޑިތައް ހާސިލުވަމުންދާކަމާއި، ދަރިވަރުންގެ ކިބައިގައި ދީނީ، އަދި ރަނގަޅު އަޚުލާޤީ އާދަތައް ހަރުލެއްވެމުންދާކަން ކަށަވަރުކުރުން.

9- ވަކިވަކި މާއްދާތަކުން ދަރިވަރުން ހާސިލުކުރާ މިންވަރާއި ކުރިއެރުމުގެ ރެކޯޑުތައް ބެލެހެއްޓުން

10- ދަރިވަރުންގެ ކިޔެވުމާއި އަޚުލާޤަށް ހެޔޮ ބަދަލުތައް ގެނައުމަށް ބޭނުންވާ ކަންކަން ދެނެގަނެ އެކަންކަން ޓީޗަރުންނާއި ބެލެނިވެރިން އަދި ސްކޫލުގެ ވެރިންގެ ސަމާލުކަމަށް ގެނައުމާއި، އެކަންކަމާ ގުޅޭގޮތުން އަޅަންޖެހޭ ފިޔަވަޅުތަކާއި ހިންގަންޖެހޭ ޕްރޮގްރާމްތައް ވިލަރެސްކޮށް ހިންގުން.

11- ދަރިވަރުންގެ ކުރިއެރުމާ ބެހޭގޮތުން ބެލެނިވެރިންނާއި، ސްކޫލުގެ ވެރިންނާއި، ތަޢުލީމީ ދާއިރާގެ ފަރާތްތަކަށް ބޭނުންވާނެ މަޢުލޫމާތު ހިއްސާކުރުން.

12- ކްލާހާއި ކްލާހުން ބޭރުގައި ހިންގާ ކިޔަވައިދިނުމާ ގުޅުންހުރި ކަންތައްތައް ހިންގުމުގައި ސްކޫލަށް އެހީތެރިވެ، އެއްބާރުލުން ދިނުން.

13- ރިލީފް ގަޑި ނެގުން

14- ސްކޫލުގައި ހިންގާ ކްލަބް ހަރަކާތްތައް ވިލަރެސްކުރުން

15- ކިޔަވައިދިނުމާ ގުޅޭގޮތުން އިތުރު މުއްސަނދިކަމެއް (ރިސޯސް) ބޭނުންވާ ޙާލަތުގައި ސްކޫލުގެ ވެރިންގެ ލަފަޔާއި އިރުޝާދުގެމަތިން އެފަދަ ކަންތައްތައް ކޯޑިނޭޓް ކުރުން.

16- ސްކޫލުގެ ފަރާތުން އިންތިޒާމުކުރާ ޕްރޮފެޝަނަލް ޑިވެލޮޕްމަންޓް ހަރަކާތްތަކުގައި ބައިވެރިވުން

17- މުދައްރިސުންގެ ފަންނީ ޤާބިލުކަން އިތުރުކުރުމަށް މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން ކުރާ މަސައްކަތުގައި ބައިވެރިވުމަށް މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން އެދިއްޖެނަމަ، އެމަސައްކަތުގައި ބައިވެރިވެ އެއްބާރުލުން ދިނުން.

18- ކޮންޓެކްޓް ގަޑީގެ ގޮތުގައި މަދުވެގެން 35 މިނިޓްގެ 6 ގަޑި ނުވަތަ 45 މިނިޓްގެ 5 ގަޑި ނަގައި ޓީޗަރެއްގެ މަސްއޫލިއްޔަތު އަދާކުރުން.

  • މުސާރައިގެ އިތުރަށް ދެވޭ އެލަވަންސް

މި މަޤާމަށް ހަމަޖެހޭ ފަރާތަކަށް މުސާރައިގެ އިތުރުން ޓެނުއަރޝިޕް އެލަވަންސްގެ ގޮތުގައި -/1000 ރުފިޔާގެ އެލަވަންސެއް ލިބޭނެއެވެ.

  • ހުށަހަޅަންޖެހޭ ލިޔުންތައް:

ހ- ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމު (ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު މި ސްކޫލުގެ އޮފީހުން ލިބެން ހުންނާނެއެވެ.)

ނ- ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތައް (މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ފެންވަރު ބަލައި، ތައްގަނޑު ޖަހާފައިވާ ލިޔުމުގެ ކޮޕީ)

ރ. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތް ކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.

ބ- ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ސާފު ކޮޕީއެއް.

  • މަޤާމަށް އެދެންވީ ސުންގަޑި:

- ތަކެތި ހުށަހެޅުމުގެ ސުންގަޑިއަކީ، 22 ފެބުރުވަރީ 2016ވާ ހޯމަ ދުވަހުގެ 14:00 އެވެ.

  • ނޯޓް:

 މި އިޢުލާނާ ގުޅިގެން މި މަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުޠުހަމަވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތީ މާކްސް ލިބޭ، އަދި އެންމެ ޤާބިލުކަމަށް ފެންނަ ފަރާތަކަށް މި ވަޒީފާ ހަމަޖައްސައިދެވޭނެއެވެ.

05 ޖުމާދަލްއޫލާ 1437

14 ފެބުރުވަރީ 2016