ތަމްރީނު
ނަންބަރު: BAM-IUL-2026-052
ޕަބްލިޝްކުރި ތާރީޚް: 20 ސެޕްޓެންބަރު 2026
ޕަބްލިޝްކުރި ގަޑި: 22:24
ސުންގަޑި: 24 ސެޕްޓެންބަރު 2026 12:00
ބެޑްމިންޓަން އެސޯސިއޭޝަން އޮފް މޯލްޑިވްސް
ދިވެހިރާއްޖެ
ބެޑްމިންޓަން ކޯޗަސް ބްރިޖިންގ ކޯސް (ބޭސިކް)

27 ސެޕްޓެމްބަރ އިން 4 އޮކްޓޯބަރ އަށް އއ.އުކުޅަހުގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ބެޑްމިންޓަން ކޯޗަސް ބްރިޖިންގ ކޯސް (ބޭސިކް) ބައިވެރިވުމުގެ ފުރުޞަތު ވަނީ ހުޅުވާލެވިފައެވެ.

ވީމާ މިކޯހުގައި ބައިވެރިވުމަށް ބޭނުންވާ އެންމެހާ ފަރާތްތަކުން 24 ސެޕްޓެމްބަރ 2026 ވާ އާދިއްތަ ދުވަހުގެ 12:00ގެ ކުރިން ބައިވެރިވުމަށް އެދި އީމެއިލް ކުރެއްވުން އެދެމެވެ.

 

އީމެއިލް ކުރައްވާނީ: ސިވީ އަދި އައިޑި ކާޑު ކޮޕީ އާއިއެކު [email protected]

 

ކޯހަށް ބައިވެރިން ހޮވުމުގައި މިވަގުތު އެކްޓިވްކޮށް ބެޑްމިންޓަން ކޯޗިންގ ގައި ޙަރަކާތްތެރިވާ މާލެ އަދި އަތޮޅުތެރޭގެ ފަރާތްތަކަށް އިސްކަން ދެވޭނެކަންވެސް ދަންނަވަމެވެ.

އިތުރު މަޢުލޫމާތު ބޭނުންފުޅުވާނަމަ ސަރުކާރު ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 10:00 އިން 12:00 އަށް އަދި 13:00 އިން 15:00 އަށް މިއެސޯސިއޭޝަންގެ ފޯން ނަމްބަރ (3314057) ނުވަތަ ވަޓްސްއެޕް 9904057 އަށް ގުޅުއްވައިގެން މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ.

20 ސެޕްޓެންބަރު 2026