ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)VMC-HR/1/2026/29
ޕަބްލިޝްކުރި ތާރީޚް: 21 ސެޕްޓެންބަރު 2026
ޕަބްލިޝްކުރި ގަޑި: 18:13
ސުންގަޑި: 28 ސެޕްޓެންބަރު 2026 14:00
ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަން ލިމިޓެޑް
ދިވެހިރާއްޖެ
ސީނިއަރ މެނޭޖަރ

ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަން ލިމިޓެޑް

މާލެ، ދިވެހިރާއްޖެ

އިޢުލާން ނަންބަރު: (IUL) VMC-HR/1/2026/29

 

ވަޒީފާގެ ފުރުޞަތު

މަޤާމުގެ ނަން: ސީނިއަރ މެނޭޖަރ

މުސާރަ (މަހަކު) : -/16,560 ރުފިޔާ މަހަކު

ސަރވިސް އެލަވަންސް: -/5,796 ރުފިޔާ މަހަކު

ލިވިންގ އެލަވަންސް: -/4,968 ރުފިޔާ މަހަކު

- ޓެކްނިކަލް ކޮލިފިކޭޝަން އެލަވަންސް / ސަޕޯޓިންގ ކޮލިފިކޭޝަން އެލަވަންސް: ހުށަހަޅާ އެންމެ މަތީ ސަނަދަށް ބިނާކޮށް

- ލެވެލް 9 އަދި އެއަށްވުރެން މަތިން -/1,750 ރުފިޔާ (މަހަކު)

- ލެވެލް 7 އަދި 8 ގެ ސަނަދަކަށް -/1,250 ރުފިޔާ (މަހަކު)

- ލެވެލް 6 އިން ދަށުގެ ސަނަދަކަށް -/750 ރުފިޔާ (މަހަކު)

- އިތުރު ގަޑީގެ ފައިސާ އާއި އެހެނިހެން އެލަވަންސްތައް ހަމަޖެހިފައިވާ އުސޫލުގެ ދަށުން

ޑިޕާރޓްމަންޓް / ސެކްޝަން: އިންޓަރނަލް އޮޑިޓް

ބޭނުންވާ އަދަދު: 1

1. ޝަރުޠު:

މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލުކަން ސާބިތުކޮށްދިނުމާއެކު:

ހ. ދިވެހިރާއްޖޭގެ ޤައުމީ ސަނަދުގެ އޮނިގަނޑު ލެވެލް 9 ގެ ސަނަދެއް (މާސްޓަރސް ޑިގްރީ) ހާސިލްކޮށްފައިވުމާއިއެކު މަދުވެގެން 1 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން (ނުވަތަ)،

ށ. ދިވެހިރާއްޖޭގެ ޤައުމީ ސަނަދުގެ އޮނިގަނޑު ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް (ބެޗްލަރސް ޑިގްރީ) ހާސިލްކޮށްފައިވުމާއިއެކު މަދުވެގެން 2 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން (ނުވަތަ)،

ނ. ދިވެހިރާއްޖޭގެ ޤައުމީ ސަނަދުގެ އޮނިގަނޑު ލެވެލް 5 (ޑިޕްލޮމާ) ގެ ސަނަދެއް ހާސިލްކޮށްފައިވުމާއިއެކު މަދުވެގެން 7 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. އަދި އޭގެ ތެރެއިން 3 އަހަރު ލީޑަރޝިޕް ރޯލެއްގައި މަސައްކަތްކޮށްފައިވުން.

 

2. މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު: 

  1. އަހަރީ އޮޑިޓް ޕްލޭން ތައްޔާރުކުރުމާއި އަދާހަމަކުރުމުގައި އަދި ސްޓްރެޓީޖިކް އެކްޝަން ޕްލޭންތައް އެކުލަވާލުމުގައި ޗީފް އިންޓާނަލް އޮޑިޓަރ (ސީ.އައި.އޭ) އަށް އެހީތެރިކަން ފޯރުކޮށްދިނުން
  2. ހަވާލުކުރެވޭ އޮޑިޓްތައް ޕްލޭންކޮށް އިސްނަގައިގެން ކުރިއަށްގެންދިއުމާއި، ހުރިހާ މަސައްކަތްތަކެއް ވެސް ފާސްކޮށްފައިވާ އޮޑިޓް ޕްލޭނާއި އޮޑިޓް މިންގަނޑުތަކާ އެއްގޮތަށް ކުރިއަށްދާކަން ކަށަވަރުކުރުން
  3. އޮޑިޓް ވޯކިންގ ޕޭޕަރުތަކުގެ ސައްހަކަމާއި، ފުރިހަމަކަން އަދި މިންގަނޑުތަކަށް ފެތޭ މިންވަރު ބަލައި ރިވިއުކޮށް ފާސްކުރުން، އަދި ހުރިހާ އޮޑިޓް ފައިންޑިންގްސްތަކަކީ އެކަށީގެންވާ އަދި އެކަށޭނަ ހެކީގެ މައްޗަށް ބިނާވެފައިވާ ކަންކަން ކަށަވަރުކުރުން
  4. ފާހަގަކުރެވުނު ކަންކަމާއި، މައްސަލައިގެ އަސްލު ސަބަބުތަކާއި، ރިސްކް ރޭޓިންގްތަކާއި، އަދި ޒިންމާވާ ފަރާތްތަކާއި ސުންގަޑިތަކާއެކު އެއްބަސްވެވޭ އިސްލާހީ ހުށަހެޅުންތައް ބަޔާންކޮށް އޮޑިޓް ރިޕޯޓްތައް ޑްރާފްޓްކޮށް، ރިވިއުކޮށް އަދި ފައިނަލްކުރުން
  5. މަސައްކަތުގެ ފެންވަރު މަތީ ދަރަޖައެއްގައި ދެމެހެއްޓުމަށްޓަކައި، އޮޑިޓް ޓީމުގެ މެންބަރުންނަށް އިރުޝާދުދީ، ކޯޗުކޮށް އަދި އެފަރާތްތަކުގެ ގާބިލުކަން އިތުރުކުރުން
  6. ފާހަގަކުރެވޭ މުހިންމު މައްސަލަތަކާއި ކަންކަމާ ގުޅޭގޮތުން އޮޑިޓްކުރެވުނު ޑިޕާޓްމަންޓްތަކާއެކު މަޝްވަރާކުރުން
  7. ބޭނުންވެއްޖެ ހިނދެއްގައި އޮޑިޓް ކޮމިޓީގެ ބައްދަލުވުންތަކުގައި ބައިވެރިވެ، އޮޑިޓްގެ ނަތީޖާތައް ހުށަހެޅުމާއި ސުވާލުތަކަށް ޖަވާބުދިނުން
  8. އޮޑިޓް ރިޕޯޓްތަކުގެ ޚުލާސާއާއި، މައްސަލަތައް ހައްލުކުރުމަށް އެޅުނު ފިޔަވަޅުތަކުގެ އަދާހަމަ ހިމެނޭ ގޮތަށް އޮޑިޓް ކޮމިޓީ ރިޕޯޓްތައް ތައްޔާރުކުރުމުގައި ސީ.އައި.އޭ އަށް އެހީތެރިވުން
  9. ބޯޑް އޮޑިޓް ކޮމިޓީން ނުވަތަ ސީނިއަރ މެނޭޖްމަންޓުން އެދިގެން ކުރިއަށްގެންދާ ޚާއްސަ އޮޑިޓްތައް ނުވަތަ ތަހުގީގުތައް (މިސާލަކަށް: ޚިޔާނާތުގެ މައްސަލަތައް ބެލުން، ވިސިލްބްލޯވަރ މައްސަލަތައް) ޕްލޭންކުރުމާއި، އިސްވެ ކުރިއަށްގެންދިއުމާއި އަދި ރިޕޯޓްކުރުން
  10. ކުރެވުނު ތަޖުރިބާތަކަށާއި ބެސްޓް ޕްރެކްޓިސަސްއަށް ބިނާކޮށް އޮޑިޓް މެތޮޑޮލޮޖީތަކާއި، ވަސީލަތްތަކާއި ޓެމްޕްލޭޓްތައް އިތުރަށް ހަރުދަނާކުރުމަށް އެހީތެރިވުން
  11. އޮޑިޓް ރެކޮމެންޑޭޝަންތައް ތަންފީޒުކުރެވެމުންދާ މިންވަރު ބެލުމުގައްޔާއި، އިންޓާނަލް ކޮންޓްރޯލްތަކުގެ ހަރުދަނާކަމާ ގުޅޭގޮތުން ރިޕޯޓްކުރުމުގައި ސީ.އައި.އޭ އަށް އެހީތެރިކަން ފޯރުކޮށްދިނުން
  12. ނިމިފައިވާ އޮޑިޓްތަކުގެ މައްޗަށް ބިނާކޮށް އޮޑިޓް ޗެކްލިސްޓްތަކާއި، ޓެމްޕްލޭޓްތަކާއި، އަދި މަސައްކަތުގެ އުސޫލުތައް ހަރުދަނާކުރުމަށް އެއްބާރުލުން ދިނުން
  13. އޮޑިޓާ ގުޅޭގޮތުން ހަވާލުކުރެވޭ އެހެނިހެން މަސައްކަތްތައް ކުރުން

3. ފޯމު ހުށައަޅަންވީ ތަނާއި ތާރީޚް:

28 ސެޕްޓެމްބަރ 2026 ވާ ހޯމަ ދުވަހުގެ މެންދުރު 14:00 ގެ ކުރިން [email protected] އަށް އީމެއިލް ކުރެއްވުން އެދެމެވެ.

4. ހުށައަޅަންޖެހޭ ލިޔުންތައް:

ހ. ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމް.

ށ. ވަޒީފާއަށް އެދި ހުށަހަޅާ ފަރާތުގެ ވަނަވަރު ގުޅޭނެ ނަންބަރު އެނގޭނެގޮތަށް (ކުރިން ވަޒީފާ އަދާކޮށްފައިވާ ތަންތަނުގެ ރެފްރީސްގެ މަޢުލޫމާތު/ގުޅޭނެ ނަންބަރު ހިމެނުން).

ނ. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.

ރ. ހާސިލްކޮށްފައިވާ ތައުލީމީ ސެޓްފިކެޓް ތަކުގެ އެޓެސްޓް ކުރެވިފައިވާ ކޮޕީ.

ބ. ބޭރުގެ އިންސްޓިޓިއުޓަކުން ހާސިލްކޮށްފައިވާ ސަނަދެއްނަމަ، އެމް.ކިއު.އޭ އިން އެކްރެޑިޓްކޮށް އަދި އެޓެސްޓްކުރެވިފައިވާ ސެޓްފިކެޓް އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ.

ޅ. ކުރިން ވަޒީފާ އަދާކޮށްފައިވާ ނަމަ، ވަޒީފާ އަދާކުރި އޮފީހުގެ ރިފަރެންސް ސިޓީ.

ކ. މުއްދަތު ހަމަނުވާ ޕޮލިސް ރިޕޯޓް.

5. އިތުރު މަޢުލޫމާތު:

ހ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް ފޮނުވާނެ އީ-މެއިލް އެޑްރެހަކީ [email protected] އެވެ.

ށ. އިންޓަރވިއުއަށް ދަޢުވަތު ދެވޭނީ ޝަރުޠު ފުރިހަމަވާ ފަރާތްތަކުގެ ތެރެއިން ޝޯޓްލިސްޓްވާ ފަރާތްތަކަށެވެ.

ނ. މި މަޤާމަށް އެދި ހުށައަޅާ ފަރާތްތަކުގެ ތެރެއިން ވަޒީފާއަށް ނުހޮވޭ ފަރާތްތަކަށް، ވަޒީފާއަށް ނުހޮވޭކަން ފޯނުގެ ޒަރީއާއިން އެންގޭނެއެވެ. ނަމަވެސް ވަޒީފާއަށް ނުހޮވުނުކަމުގެ ސިޓީ ނުފޮނުވޭނެއެވެ.

ރ. މިކޯޕަރޭޝަނުގެ ވަޒީފާއަށް އެދޭ ފޯމް މިކޯޕަރޭޝަނުގެ ވެބްސައިޓުގެ https://corporate.visitmaldives.com/downloads/#downloads-apf މިލިންކުން ޑައުންލޯޑް ކުރެވޭނެއެވެ.

ބ. ވަޒީފާއަށް އެދި ހުށައަޅާ އެޕްލިކޭޝަން ފޯމާއި ލިޔުންތައް ހުށައަޅަންވާނީ ޕީ.ޑީ.އެފް (PDF) ފޯމެޓުގައި އެއް ޑޮކިއުމަންޓެއްގެ ގޮތުގައެވެ.

ޅ. އިތުރު މަޢްލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ ނަންބަރ 3323228، 3035512، 3035513 ނުވަތަ 3035514 ފޯނާއެވެ.

 6. އެޑްރެސް ކުރައްވާނީ:

ޢަބްދުﷲ ޔާސިރު، ސީ.އީ.އޯ އަދި މެނޭޖިންގ ޑިރެކްޓަރ

ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަން ލިމިޓެޑް

 

21 ސެޕްޓެންބަރު 2026