ދިވެހިރާއްޖެ
އިޢުލާން
ގުޅީ ކައުންސިލްގެ 2026 ވަނަ އަހަރުގެ ފުޓްސަލް މުބާރާތް ހިންގައިދޭނެ ފަރާތެއް ހޯދުމާއި ގުޅޭ!
ގުޅީ ކައުންސިލްގެ 2026 ވަނަ އަހަރުގެ ފުޓްސަލް މުބާރާތް ހިންގައިދޭނެ ފަރާތެއް ހޯދުމަށް ކުރި ނަންބަރު 336/336/2026/42 (IUL) އިޢުލާނާއި ގުޅިގެން ހުށަހަޅާފައިވާ އަންދާސީ ހިސާބު ކަނޑައަޅާފައިވާ ބަޖެޓަށްވުރެ ބޮޑުވާތީ، އެއިޢުލާން ބާޠިލްކޮށް އަލުން ހުޅުވާލަމެވެ.
ދެ ޖިންސަށް އަމާޒުކޮށް ބާއްވާ ގުޅީ ކައުންސިލް ފުޓްސަލް ފިއެސްޓާ 2026 ހިންގައިދޭނެ ފަރާތެއް ހޯދުމަށް މިކައުންސިލުން ބޭނުންވެއެވެ.
|
|
ތަން |
ތާރީޚް |
ދުވަސް |
ގަޑި |
|
ޕްރޮޕޯސަލް ހުށަހެޅުން |
ގުޅީ ސްކޫލް |
27 ސެޕްޓެމްބަރ 2026 |
އާދިއްތަ |
13:00 |
މި ޕްރޮޖެކްޓަށް ބީލަން ހުށަހެޅޭނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގެ ކުދި އަދި މެދު ފަންތީގެ ވިޔަފާރީގެ ގިންތިއަކުން ގިންތިއެއްގައި ރަޖިސްޓްރީ ކުރެވިފައިވާ ދިވެހި ވިޔަފާރިތަކަށެވެ. މި ޕްރޮޖެކްޓްގައި ރަޖިސްޓްރީ ކުރުމަށް 21 ސެޕްޓެމްބަރ 2026 ން 23 ސެޕްޓެމްބަރ 2026 ގެ 14:00 ގެ ނިޔަލަށް މިލިންކުން https://forms.gle/HLYmPSQQw8j8aRGV6 ރަޖިސްޓްރީ ކުރެއްވުން އެދެމެވެ. ބީލަން ހުށަހެޅޭނީ މިމުއްދަތުގައި ރަޖިސްޓްރީ ކުރާ ފަރާތްތަކަށެވެ.
އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް [email protected] އީމެއިލް ކުރައްވައި، ނުވަތަ 6640068 އަށް ގުޅުއްވުން އެދެމެވެ.