ދިވެހިރާއްޖެ
މި އިއުލާނާއެކު ހިމަނާފައި މިވަނީ، ދަޢުލަތުގެ މާލިއްޔަތު ޤަވާއިދުގެ 10.47 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ މަޢުލޫމާތު ހާމަކުރުމާއި ބެހޭގޮތުން މިނިސްޓްރީ އޮފް ފިނޭންސްއިން ނެރުއްވާފައިވާ ނަންބަރު P/CIR/2020/50-13 (09 ޑިސެމްބަރ 2020) ސާކިއުލަރގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ހައްދުންމަތީ ކަލައިދޫގައި ތަރައްޤީކުރާ އައު ފުޓްސަލް ދަނޑުގެ ބައެއް މަސައްކަތްތައް އަމިއްލަތަކެތީގައި ކުރުމަށް މި ކައުންސިލްގެ ނަންބަރ: (IUL)456-ESMSC/456/2026/32 (27 އޮގަސްޓް 2026) އިޢުލާނާއި ގުޅިގެން އަންދާސީހިސާބު ހުށަހަޅާފައިވާ ހެވީ އެލްމުނިއަމް/ ލ.ކަލައިދޫ އާއި މި މަސައްކަތް ހަވާލުކޮށްގެން ކުރިއަށް ގެންދިއުމަށް މި ކައުންސިލްގެ 2026 ވަނަ އަހަރުގެ ނަންބަރު: (04) (17-09-2026) ބިޑް ކޮމެޓީ ޖަލްސާއިން ވަނީ ނިންމާފައެވެ. މި އިއުލާނާއި އެކު ބިޑް އެވޯޑް ޝީޓް އާއްމުކުރީމެވެ.
ވީމާ، މިކަން ޢާއްމުކޮށް އަންގާ އިއުލާނުކުރީމެވެ.
10 ރަބީޢުލްއާޙިރާ 1448 ހ.
21 ސެޕްޓެމްބަރ 2026 މ.