ދިވެހިރާއްޖެ
މި އިޢުލާންވަނީ 24 ސެޕްޓެންބަރު 2026 14:11 ގައި ބާތިލް ކުރެވިފައެވެ.
ނަންބަރު: (IUL)101-AS/1/2026/83
އިޢުލާން
މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް، ޓްރާންސްޕޯޓް އެންޑް ޓްރޭޑްގެ މެންޑޭޓުގެދަށުން ހިންގާ ހަރަކާތްތަކަށް 1 އަހަރުގެ މުއްދަތައް ކްރިއޭޓިވް ކޮންސަލްޓަންސީ ގެ ޚިދުމަތް "ރީޓެއިނާ" ގެ ދަށުން ހޯދުމަށް ބޭނުންވެއެވެ. މިކަމާބެހޭ އިތުރު މަޢުލޫމާތު ޓީ.އޯ.އާރުގައި ހިމަނާފައިވާނެއެވެ.
ވީމާ، މިކަމަށް ޝަޢުޤުވެރިވާ ފަރާތްތަކުން 01 އޮކްޓޯބަރ 2026 ވާ ބުރާސްފަތި ދުވަހުގެ 11:00 ވޭލާނާގެ 11 ވަނަ ފަންގިފިލާގައި ހުންނަ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް، ޓްރާންސްޕޯޓް އެންޑް ޓްރޭޑް ގެ އޮފީހަށް ހާޟިރުވެ އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. އަންދާސީ ހިސާބު ހުށަހަޅަން ޖެހޭ ދުވަހަކީ ބަންދު ދުވަހެއްކަމަށް ސަރުކާރުން ކަނޑައަޅައިފިނަމަ، ދެން އެންމެ އަވަހަށް ސަރުކާރު އޮފީސްތައް ހުޅުވާދުވަހު އަންދާސީ ހިސާބު ހުށަހަޅަން ޖެހޭނެއެވެ.
ބިޑް ސެކިއުރިޓީ އަދި ފާރފޯމަންސް ގެރެންޓީ
- 1. ބިޑް ސެކިއުރިޓީ
(ހ) މި ޕްރޮޖެކްޓްގެ ބިޑް ސެކިއުރިޓީ އަކީ 5,000ރ (ފަސްހާސް ރުފިޔާ) އެވެ. ބިޑް ސެކިއުރިޓީގެ މުއްދަތަކީ ބިޑް
ހުށައަޅާ ތާރީޚުން ފެށިގެން މަދުވެގެން 30 (ތިރީސް) ދުވަސް ކަމުގައި ވާންވާނެއެވެ.
(ށ) ހުށައަޅާ އަންދާސީ ހިސާބުގެ އަގު 500,000ރ (ފަސް ލައްކަ ރުފިޔާ) އަށް ވުރެ
ބޮޑުކަމުގައި ވާނަމަ (ހ) ގައި ބަޔާންކޮށްފައިވާ އަދަދުގެ ބިޑް ސެކިއުރިޓީ ހުށައަޅަންވާނެއެވެ.
(ނ) ބިޑް ސެކިއުރިޓީގެ ގޮތުގައި ޤަބޫލުކުރާނީ ދިވެހިރާއްޖޭގައި ރަޖިސްޓްރީކޮށްފައިވާ ބޭންކަކުން ނުވަތަ ފައިނޭންޝިއަލް
އިންސްޓިޓިއުޓަކުން މި ޕްރޮޖެކްޓަށް ދޫކޮށްފައިވާ ބިޑް ސެކިއުރިޓީ ލިޔުމެކެވެ. އަދި ބިޑް ސެކިއުރިޓީގެ ގޮތުގައި ޗެކް
ބަލައެއް ނުގަނެވޭނެއެވެ.
- 2. ޕާފޯމަންސް ގެރެންޓީ
(ހ) ބީލަން ކާމިޔާބުކުރާ ފަރާތުން ހުށައަޅާފައިވާ އަގަކީ 500,000ރ (ފަސް ލައްކަ ރުފިޔާ) އަށްވުރެ ބޮޑު އަގެއްނަމަ
ޕާފޯމަންސް ގެރެންޓީގެ ގޮތުގައި 2% (ދޭއް އިންސައްތަ) އެއްބަސްވުމުގައި ސޮއިކޮށް މަސައްކަތާ ޙަވާލުވާ ދުވަހު ހުށައަޅަންވާނެއެވެ.
(ށ) ޕާފޯމަންސް ގެރެންޓީގެ ގޮތުގައި ޤަބޫލުކުރާނީ ދިވެހިރާއްޖޭގައި ރަޖިސްޓްރީކޮށްފައިވާ ބޭންކަކުން ނުވަތަ ފައިނޭންޝިއަލް
އިންސްޓިޓިއުޓަކުން މި ޕްރޮޖެކްޓަށް ދޫކޮށްފައިވާ ޕާފޯމަންސް ގެރެންޓީ ލިޔުމެކެވެ. އަދި ޕާފޯމަންސް ގެރެންޓީގެ ގޮތުގައި
ޗެކް ބަލައެއް ނުގަނެވޭނެއެވެ.
(ނ) ޕާފޯމަންސް ގެރެންޓީގެ މުއްދަތަކީ، އެއްބަސްވުމުގައި ސޮއިކުރާ ތާރީޚުން ފެށިގެން މަސައްކަތުގެ މުޅި މުއްދަތަށްވުރެ
ކުރު މުއްދަތަކަށް ވެގެން ނުވާނެއެވެ. ޕާފޯމަންސް ގެރެންޓީ ހުށަނާޅައިފިނަމަ ބެލެވޭނީ މަސައްކަތާއި ހަވާލިނުވީ ކަމަށެވެ.
އިތުރު މަޢުލޫމާތެއް ބޭނުންފުޅުވާނަމަ، ރަސްމީ މަސައްކަތު ގަޑީގައި ގުޅުއްވާ މަޢުލޫމާތު ސާފްކުރެއްވުން އެދެމެވެ. ނުވަތަ މެއިލް މެދުވެރިކޮށް [email protected] އަށް ފޮނުވުން އެދެމެވެ.
21 ސެޕްޓެމްބަރ 2026