ވަޒީފާގެ ފުރުޞަތު
ނަންބަރު: GS48/2016/06
ޕަބްލިޝްކުރި ތާރީޚް: 16 ފެބުރުވަރީ 2016
ޕަބްލިޝްކުރި ގަޑި: 10:25
ސުންގަޑި: 23 ފެބުރުވަރީ 2016 14:00
މަދަރުސަތުއް ޝައިޚް މުޙައްމަދު ޖަމާލުއްދީން
ދިވެހިރާއްޖެ
މަސައްކަތު

އިޢުލާން

ވަޒީފާގެ ފުރުޞަތު:

މަގާމު

މަސައްކަތު

ބޭނުންވާ އަދަދު

01 (އެކެއް)

މަޤާމުގެ ނަންބަރު

GS48/MOE/2016/04

ރޭންކް

އެސް.އެސް 1

ކްލެސިފިކޭޝަން:

ސަޕޯޓް ސްޓާފް ގްރޭޑް 1

މުސާރަ

-/3100

ސާރވިސް އެލަވަންސް:

-/1000

ގިންތި

ދާއިމީ

މަސައްކަތް ހަމަޖެހިފައިވާ ތަން:

މަދަރުސަތުއްޝައިޚު މުޙައްމަދު ޖަމާލުއްދީން

އިތުރުގަޑީގެ ފައިސާ:

އިތުރުގަޑީގައި މަސައްކަތްކުރަން ޖެހޭނަމަ، ހަމަޖެހިފައި އޮންނަ އުސޫލެއްގެމަތިން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.

މަޤާމުގެ ޝަރުޠު:

1. ލިޔަންކިޔަން ދަތުމާއެކު، މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ގާބިލުކަން ލިބިފައިވުން.

މަޤާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

- ސްކޫލުން ހަވާލުކުރާ ތަންތަން ސާފުކޮށް ބެލެހެއްޓުން.

- ސްކޫލުގައި ބާއްވާ އެކިއެކި ރަސްމިއްޔާތުތަކަށް ތައްޔާރުކުރުމަށް އެހީތެރިވުން.

- ސްކޫލުން ހަމަޖައްސާ ޑިއުޓީއަށް ނުކުމެ އެޑިއުޓީގައި ކުރަން ހަވާލުކުރާ މަސައްކަތްކުރުން.

- އޮފީހުގެ ރަސްމީ މަސައްކަތާ ގުޅޭގޮތުން ހަވާލުކުރެވޭ އެންމެހާ ކަންތައްތައްކުރުން.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެކަންތައްތައް

- ތަޢުލީމާއި ތަމްރީނު ލިބިފައިވާ މިންވަރަށް ބަލައިގެން.

- މަސައްކަތުގެ ތަޖުރިބާ ލިބިފައިވާ މިންވަރަށް ބަލައިގެން.

- މަސައްކަތުގެ ހުނަރާއި ފެންވަރާއި ޤާބިލުކަމާއި ސިފަތަކަށް ބަލައިގެން.

ހުށަހަޅަންޖެހޭ ތަކެތި:

- ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު، މި ސްކޫލުގެ އޮފީހުން ލިބެން ހުންނާނެއެވެ. އަދި ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓް www.csc.gov.mv އިން މި ފޯމު ޑައުންލޯޑް ކުރެވެން ވެސް ހުންނާނެއެވެ.)

- އެކްރެޑިޓް ކުރެވިފައިވާ ތަޢުލީމީ ސެޓުފިކެޓުގެ އެޓެސްޓް ކުރެވިފައިވާ އަސްލު

- ސިވިލްސަރވިސް އަށް ނުވަތަ ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން މިމަޤާމަށް ހޮވިއްޖެނަމަ އަދާކުރަމުންދާ ވަޒީފާއިން ވީއްލުވުމާއި މެދު އިއުތިރާޒެއް ނެތްކަމަށް އެމުވައްޒަފެއް ވަޒީފާ އަދާ ކުރާ އޮފީހުގެ ލިޔުމެއް.

- ވަޒީފާ އަދާ ކުރައްވާފައިވާވާނަމަ ވަޒީފާ އަދާކުރެއްވި މުއްދަތާއި ރޭންކް އެނގޭގޮތަށް ވަޒީފާ އަދާކުރެއްވި އޮފީހުގެ ލިޔުމެއް.

- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު / ސީވީ (ގުޅޭނެ ފޯނު ނަންބަރާއެކު)

ސުންގަޑި:

މިމަޤާމަށް އެދިލައްވާ ޝަރުޠު ފުރިހަމަވާ ފަރާތްތަކުން 23 ފެބުރުވަރީ 2016ވާ އަންގާރަ ދުވަހުގެ 14:00 ގެ ކުރިން މަތީގައި ބަޔާންކޮށްފައިވާ ތަކެއްޗާއެކު މަދަރުސަތުއްޝައިޚް މުޙައްމަދު ޖަމާލުއްދީންގެ އޮފީހަށް ހުށަހެޅުއްވުން އެދެމެވެ.

އިތުރު މަޢުލޫމާތު:

ފޯން: 6862068     ފެކްސް:6862033

ވަޒީފާއަށް އެދޭ ފޯމު އެމް.ޖޭ.އެމް ގެ އޮފީހުން ލިބެން ހުންނާނެއެވެ.

ނޯޓް: މިމަޤާމަށް މީހަކު ނެގުމަށް ހަމަޖެހިފައިވަނީ އިންޓަރވިއު ކުރުމަށް ފަހުގައެވެ. އިޢުލާނުގެ މުއްދަތު ހަމަވާތާ 07 ދުވަހުގެ ތެރޭގައި އިންޓަރވިއު ބޭއްވުމަށްވަނީ ހަމަޖެހިފައެވެ. އިންޓަރވިއު އޮންނާނީ މަދަރުސަތުއްޝައިޚު މުޙައްމަދު ޖަމާލުއްދީން / ފުވައްމުލަކުގައެވެ.

16 ފެބުރުވަރީ 2016