ކުއްޔަށް ދިނުން
ނަންބަރު: (IUL)371-ESMSED/371/2026/36
ޕަބްލިޝްކުރި ތާރީޚް: 21 ސެޕްޓެންބަރު 2026
ޕަބްލިޝްކުރި ގަޑި: 09:31
ސުންގަޑި: 27 ސެޕްޓެންބަރު 2026 14:00
ނިލަންދެއަތޮޅު އުތުރުބުރީ ބިލެތްދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ފ.ބިލެތްދޫ ބަނދަރު ސަރަޙައްދުގައި ޒަމާނީ ފެންވަރުގެ ފިއުލް ސްޓޭޝަނެއް ތަރައްޤީކުރުމަށްޓަކައި ބިމެއް ކުއްޔަށްދޫކުރުމާއިގުޅޭ

ފ.ބިލެތްދޫ ބަދަރުސަރަޙައްދުގައި ޒަމާނީފެންވަރުގެ ފިއުލް ސްޓޭޝަނެއް ތަރައްޤީކުރުމަށްޓަކައި 3040.1 އަކަފޫޓުގެ ބިމެއް ކުއްޔަށް ދޫކުރުމަށް މިއިދާރާއިން ވަނީ ކަނޑައަޅާފައެވެ. މި ބިމަކީ 20 އަހަރު ދުވަހުގެ މުއްދަތަށް ދޫކުރުމަށް ހަމަޖެހިފައިވާ ބިމެކެވެ. މިބިމުގައި އޮޑިދޯނިފަހަރަށާއި އެއްގަމު ދުއްވާ އުޅަނދުފަހަރަށް ތެޔޮއަޅައިދީ، ތެޔޮވިއްކުމުގެ ޚިދުމަތްދިނުމާއި، މިއާ ގުޅުންހުރި ވިޔަފާރިތައް ކުރުމަށް ބިން ކުއްޔަށް ހިފުމަށް ބީލަން ހުށަހެޅުމުގެ ދަޢުވަތު ޝައުޤުވެރިވާ އެންމެހައި ފަރާތަކަށް ހުޅުވާލަމެވެ.

ބީލަން ހުށަހެޅުމަށް ރަޖިސްޓްރީވުން

މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2026 ސެޕްޓެމްބަރ 27 އާދީއްތަ ދުވަހުގެ 14:00 ގެ ކުރިން ބިޑް ރަޖިސްޓްރޭޝަން ފޯމް ފުރިހަމަ ކުރެއްވުމަށްފަހު [email protected] އަށް އީމެއިލް ކުރެއްވުން ނުވަތަ މިއިދާރާގެ ކައުންޓަރަށް ހުށަހެޅުއްވުން އެދެމެވެ.

ބީލަމުގައި އަންދާސީ ހިސާބު ހުށައެޅުމުގެ ފުރުޞަތު ދެވޭނީ ބީލަން ރަޖިސްޓްރީ ކުރުމަށް ދެވިފައިވާ މުއްދަތުގައި ބީލަމުގައި ރަޖިސްޓްރީވާ ފަރާތްތަކަށް އެކަނި ކަމުގައި ދަންނަވަމެވެ.

 

ރަޖިސްޓްރޭޝަން ފީ

ބީލަމުގައި ރަޖިސްޓްރީވުމަށް -/1500ރ ( ފަނަރަ ސަތޭކަ ރުފިޔާ ) ގެ ނަން ރީފަންޑަބަލް ފީއެއް ނެގޭނެއެވެ. ބީލަމުގައި ރަޖިސްޓްރީވުމަށް މި އިދާރާއަށް ދުރުވެ ފައިސާދައްކަވައި ނުވަތަ މިއިދާރާގެ އެކައުންޓަށް ފައިސާ ޖަމާކޮށް، ފައިސާ ޖަމާކުރިކަމުގެ ސްލިޕް ރަޖިސްޓްރޭޝަން ފޯމާއެކު މެއިލް ނުވަތަ 9727338 އަށް ވައިބަރ ކުރެއްވުން އެދެމެވެ. މިއިދާރާގެ އެކައުންޓް ނަންބަރަކީ 7730000037761 އެވެ.

 

މަޢުލޫމާތު ދިނުން

މަޢުލޫމާތު ބޭނުންވާ ފަރާތްތަކަށް މަޢުލޫމާތު ދިނުން ކުރިއަށްދާނީ، 2026 ސެޕްޓެމްބަރ 28 ވާ ހޯމަ ދުވަހުގެ 10:30 ގައި ފ.ބިލެތްދޫ ކައުންސިލް އިދާރާގެ މީޓިން ރޫމުގައެވެ.

ބީލަން ހުށަހެޅުމާއި ބީލަން ހުޅުވުން

މި ބީލަމުގައި ބައިވެރިވެލެއްވޭނީ ޤާނޫނު ނަންބަރު: 18/2014 (ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު) އާއި، ޤާނޫނު ނަންބަރު: 19/2014 (އަމިއްލަ ފަރުދުންގެ ވިޔަފާރި ރަޖިސްޓަރީ ކުރުމުގެ ޤާނޫން) ގެ ދަށުން މިނިސްޓްރީ އޮފް އިކޮނޮމިކް ޑީވެލޮޕްމަންޓް ގައި ރަޖިސްޓްރީ ކުރައްވާފައިވާ ފަރާތްތަކަށެވެ.

  • ޕްރޮޕޯސަލްތައް ހުންނަންވާނީ ސިޓީ އުރައެއްގައި ބަންދުކުރެވިފައެވެ. ސިޓީއުރައިގެ ބޭރުގައި ހުށަހަޅާފަރާތުގެ ނަމާއި، އިޢުލާނު ނަންބަރާއި، ކޮންކަމަކަށް ހުށަހެޅޭ އަންދާސީ ހިސާބެއްކަން ލިޔެފައި އޮންނަންވާނެއެވެ. ބީލަން ހުޅުވުމުގެ ބައްދަލުވުމަށް ވަޑައިގަންނަވާ ފަރާތްތަކުން ކާކުކަން އެނގޭފަދަ ރަސްމީ ލިޔުމެއް ގެންނަންވާނެއެވެ. ކުންފުންޏަކުން ބީލަން ހުށަހަޅާނަމަ، ނުވަތަ ބީލަން ހުޅުވުމަށް ބަދަލުގައި މީހަކު ފޮނުވާނަމަ، ބީލަން ހުށަހަޅާފަރާތުގެ ސިޓީ(ޕަވަރ އޮފްއެޓާރނީ) އަކާއި ބަދަލުގައި ފޮނުއްވާފަރާތަކީ ކާކުކަން އަންގައިދޭ ލިޔުމެއް ބީލަމާއި ވަކިން ހުށަހަޅުއްވަންވާނެއެވެ.

ބީލަމާއި ވަކިން ހުށަހެޅުމަށް ކަނޑައަޅާފައިވާ އެއްވެސް ލިޔުމަކީ ބީލަމުގެ ބައެއްކަމުގައި ބަލައެއްނުގަނެވޭނެއެވެ.

  • ބީލަމަށް ކުރިމަތިލާ ކޮންމެ ފަރާތަކަށްވެސް ހުށަހެޅޭނީ 1 (އެކެއް) ބީލަމެވެ. އަދި ބީލަން ހުށައެޅުމުގެ ބައްދަލުވުމުގައި ބައިވެރިވާ ކޮންމެ ބައިވެރިއަކަށްވެސް ހުށަހެޅޭނީ 1 (އެކެއް) ބީލަމެވެ.
  • ބީލަން ބަލައިގަތުން އަދި ހުޅުވުން އޮންނާނީ 2026 އޮކްޓޯބަރ 04 ވާ އާދީއްތަ ދުވަހު 10:30 ގައި ފ.ބިލެތްދޫ ކައުންސިލް އިދާރާގެ މީޓިން ރޫމުގައެވެ. މި ބައްދަލުވުމަށް ގަޑިއަށް ޙާޟިރުނުވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުޞަތެއް ނުދެވޭނެއެވެ.

މި ބީލަމާއި ގުޅޭ އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މި އިދާރާގެ ނަންބަރު 6740013 އަށް ގުޅުއްވާ، މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ.

ވީމާ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާނުކުރީމެވެ.

21 ސެޕްޓެންބަރު 2026