ވަޒީފާގެ ފުރުޞަތު
ނަންބަރު: AIA-D1/IL/2016/0001
ޕަބްލިޝްކުރި ތާރީޚް: 18 ފެބުރުވަރީ 2016
ޕަބްލިޝްކުރި ގަޑި: 19:51
ސުންގަޑި: 10 މާރިޗު 2016 16:00
އައްޑޫ އިންޓަނޭޝަނަލް އެއަރޕޯޓް ޕްރައިވެޓް ލިމިޓެޑް
ދިވެހިރާއްޖެ
ސުޕަވައިޒަރ (ފިއުލް)

 އިޢުލާން

ވަޒީފާގެ ފުރުޞަތު:

މަގާމު:

ސުޕަވައިޒަރ. ފިއުލް

މަސައްކަތް ކުރަންޖެހޭ ތަން:

އައްޑޫ އިންޓަރނޭޝަނަލް އެއަރޕޯޓް ޕްރައިވެޓް ލިމިޓެޑް / ސ.ގަން

މަގާމުގެ ޝަރުޠު:

ޖީ.ސީ.އީ އޯ ލެވެލް ހަދާފައިވުމާއެކު މަދުވެގެން 5 އަހަރު ފިއުލްކުރުމުގެ ދާއިރާގައި ނުވަތަ ސުޕަވައިޒަރެއްގެ މަގާމު އަދާކޮށްފައިވުން.

މަގާމަށް މީހުން ހޮވުމުގައި އިސްކަންދެވޭނެ ކަންތައްތައް:

  • ފިއުލިންގް މަސައްކަތްކުރަން ދަންނަ މީހަކު ކަމުގައިވުން
  • މުވައްޒަފުންނާ ގުޅިގެން މަސައްކަތްކުރެވޭ މީހަކު ކަމުގައިވުން

މުސާރަ:

ލިބިފައިވާ ތަޢުލީމާއި ތަޖުރިބާއަށް ބިނާކޮށް

އާންމުކޮށް ކުރަންޖެހޭ މަސައްކަތް:

  • ފިއުލްފާރމް ސަރަޙައްދު، ސަލާމަތާއި ރައްކާތެރިކަމާއެކު ބެލެހެއްޓުމުގެ އިތުރުން ކަސްޓަމަރުންނަށް ޚިދުމަތް ދިނުމުގައި ތަނަށް ބޭނުންވާ ތަކެތި ހޯދައި ސާފުތާހިރުކޮށް ބެލެހެއްޓުން
  • ގަން އިންޓަރނޭޝަނަލް އެއަރޕޯޓުން ދޭ ތެލުގެ ޚިދުމަތް ކާމިޔާބުކަމާއެކު ދިނުމުގެ ޒިންމާ ނެގުމާއި، ސްޓޮކް ބަލަހައްޓާ ފަރާތްތަކަށް ދޭންޖެހޭ އެއްބާރުލުން ދިނުމާއި އަދި ކަސްޓަމަރުންނަށް ޚިދުމަތް ދިނުމުގައި ރައްކާތެރިކަމުގެ ގޮތުންނާއި އަދި މިނޫން ގޮތްގޮތުންވެސް ފިއުލްފާމުން ކުރަންޖެހޭ އެންމެހައި ކަންތައްތައް ބަރާބަރަށް މެދުނުކެޑި ދެވޭނެގޮތަކަށް ރޭވުން
  • ފްލައިޓުތަކާއި ގްރައުންޑް އިކްވިޕްމަންޓަށް ތެޔޮ އެޅުމާއި ފިއުލް ޓްރަކް އަދި ގްރައުންޑް ސަރވިސް އިކްވިޕްމަންޓް ދުއްވުން
  • ފިއުލް ފާމުގައި މަސައްކަތްކުރާ މުވައްޒަފުންގެ ޑިއުޓީތައް ވިޔަފާރިއަށް ދަތިނުވާނެ ގޮތަކަށް ރާވައި ހިންގުން
  • ކުންފުނިން ކަނޑައަޅާފައިވާ ފައިސާގެ މުޢާމަލާތްތައް ކުރުމުގެ އުސޫލާ މުވައްޒަފުންގެ ޔުނިފޯމާއި އަދި އެހެނިހެން ޕޮލިސީތަކާއި އެއްގޮތަށް ކަންކަން ހިނގާކަން ޔަގީންކުރުން
  • ތެލުގެ ޚިދުމަތް ދިނުމުގައި ދުވަހުން ދުވަހަށް ދިމާވާ މައްސަލަތައް ހޯދައި ހައްލުކުރުން
  • މަތީގައި ދެންނެވިފައިވާ މަސައްކަތްތަކުގެ އިތުރުން ސުޕަވައިޒަރ، ފިއުލް ކުރަންޖެހޭ އެހެނިހެން މަސައްކަތްތައް ޑިޕާޓްމަންޓުގެ ވެރިޔާގެ އިރުޝާދާ އެއްގޮތަށް ކުރުން

 ހުށަހަޅަންޖެހޭ ލިއުންތައް

  • ކުރިމަތިލާ ފަރާތުގެ ވަނަވަރު.
  • ލިބިފައިވާ ތަޢުލީމާއި ތަޖުރިބާ ދަލީލު ކޮށްދޭ ލިޔުންތަކުގެ ކޮޕީ
  • ޕޮލިސް ރިޕޯޓު
  • ޕާސްޕޯޓް ސައިޒުގެ ފޮޓޯ
  • ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ (މުއްދަތު ހަމަނުވާ)
  • މުއްދަތު ހަމަނުވާ ޑްރައިވިންގ ލައިސެންސް ކާޑު ކޮޕީ

ސުންގަޑި:

10މާރިޗު 2016 ވާ ބުރާސްފަތި ދުވަހުގެ 16:00ގެ ކުރިން

 

އިންޓަވިއުއަށް ދެންނެވޭނީ މި މަޤާމަށް ޝަރުޠު ހަމަވާ ފަރާތްތަކުގެ ތެރެއިން ޝޯޓް ލިސްޓު ކުރެވޭ ފަރާތްތަކަށެވެ.

 

ލިއުންތައް ހުށަހަޅުއްވާނީ:

އައްޑޫ އިންޓަރނޭޝަނަލް އެއަރޕޯޓް ޕވޓ ލޓޑ

ބިލްޑިންގ 100 ސ. ގަން

އައްޑޫސިޓީ/ގަން

ފޯނު: 6898010

އީމެއިލް: [email protected]

 

 

 

 

 

 

18 ފެބުރުވަރީ 2016