ދިވެހިރާއްޖެ
އިޢުލާން
ތިނަދޫ ސިޓީން ދޫކުރުމަށް ހަމަޖެހިފައިވާ ކޮންޑިޝަނަލް ގޯތި ތަކުގެ ތެރެއިން ނުދެވި ހުރި 24 ގޯތި ދޫކުރުމަށްކޮށްފައިވާ އިޢުލާން ބާޠިލް ކުރުން
މި އިދާރާގެ ނަންބަރު (IUL)415-MSS/415/2026/129 (16 ސެޕްޓެންބަރު 2026) އިޢުލާނާ ޙަވާލާދީ ދަންނަވަމެވެ.
ތިނަދޫ ސިޓީން ދޫކުރުމަށް ހަމަޖެހިފައިވާ 200 ކޮންޑިޝަނަލް ގޯތީގެ ތެރެއިން، މިހާތަނަށް ދޫނުކުރެވި ބާކީހުރި 24 ގޯތި ދޫކުރުމާ ގުޅޭގޮތުން މަތީގައި ޙަވާލާދީފައިވާ އިޢުލާނުގައި، 74 އަދި 75 ޕޮއިންޓް ލިބިފައިވާ ފަރާތްތަކަށް ގޯތި ކަށަވަރުވެފައިވާ ކަމަށާއި، އަދި 73 ޕޮއިންޓް ލިބުނު ފަރާތްތަކުގެ މެދުގައި ގުރުއަތުލުން ބޭއްވުމަށް ވަނީ ބަޔާންކުރެވިފައެވެ.
ނަމަވެސް، ޤަވާޢިދާ އެއްގޮތަށް އަލުން ބެލިބެލުމުން ދެން ގޯތި ދޫކުރެވެން އޮތީ 76 ޕޮއިންޓުން ފެށިގެން ކަމަށްވާތީ، އިދާރީ ގޮތުން އެރި މި އޮޅުމުގެ ސަބަބުން ދިމާވެދާނެ ދަތިތަކަށްޓަކައި ނިހާޔަތަށް މަޢާފަށް އެދެމެވެ.
އަދި މި 24 ގޯތީގެ ގުރުއަތުލުން ބާއްވާނެ އައު ތާރީޚެއް ފަހުން އިޢުލާނުކުރެވޭނެ ވާހަކަ ދަންނަވަމެވެ.
ވީމާ، މިކަން ޢާންމުކޮށް އަންގައި އިޢުލާނު ކުރީމެވެ.