ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)298/298/2026/43
ޕަބްލިޝްކުރި ތާރީޚް: 20 ސެޕްޓެންބަރު 2026
ޕަބްލިޝްކުރި ގަޑި: 14:57
ސުންގަޑި: 25 ސެޕްޓެންބަރު 2026 20:30
މާޅޮސްމަޑުލު އުތުރުބުރީ އަލިފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
3 ވަނަ ކުއާރޓަރގައި ރައްޔިތުންނާއި ބައްދަލުކުރުން

 

           ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުގެ ދަށުން، ކޮންމެ 4 މަހުން 1 މަހު ކައުންސިލުން ބޭއްވުމަށް ލާޒިމްކުރާ "ކުއާޓަރ" ބައްދަލުވުމުގެ ތެރެއިން އަހަރުގެ 3 ވަނަ ކުއާރޓަރގެ ބައްދަލުވުން 25 ސެޕްޓެންބަރު 2026 ވާ ހުކުރު ދުވަހުގެ 20:30 ގައި ބޭއްވުމަށް ހަމަޖެހިފައިވެއެވެ.  އަދި މި ބައްދަލުވުން އޮންނާނީ އަލިފުށި ޕްރީސްކޫލްގައެވެ. މިބައްދަލުވުމުގައި  އެޖެންޑާ ކުރެވިފައިވަނީ ރަށުގެ ވޭސްޓް މެނޭޖްމަންޓް (ކުނި މެނޭޖުކުރުން) ހަރުދަނާކުރުމާ ބެހޭގޮތުން ރައްޔިތުންގެ ޚިޔާލާއި މަޝްވަރާ ހޯދުމަށެވެ.

        ވީމާ، މި ބައްދަލުވުމުގައި ބައިވެރިވެ ވަޑައިގެންދެއްވުމަށް އެދި ދައުވަތު އެރުވީމެވެ.

             މިހެންވެ މިކަން އާންމުކޮށްއަންގާ އިޢުލާނު ކުރީމެވެ.

               09 ރަބީޢުލްއާޚިރު 1448

20 ސެޕްޓެންބަރު 2026