ދިވެހިރާއްޖެ
މިކޯޓުންދޭ މަޢުލޫމާތާއި އެއްގޮތަށް، މިކޯޓު އިމާރާތުގެ އެތެރެއާއި ސީލީންގް ގައި ކުލަލުމާއި ދޮރުކަނިތަކާއި ދޮރުފަތްތަކުގައި ދަވާދު ލުމުގެ މަސައްކަތް އަމިއްލަ ތަކެތީގައި ކުރުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކަށް ކޯޓޭޝަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލަމެވެ.
ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން 2026 ސެޕްޓެމްބަރ 29 ވަނަ ދުވަހުގެ 13:00އަށް ހދ. ނެއްލައިދޫ މެޖިސްޓްރޭޓް ކޯޓަށް ދުރުވެ ކޯޓޭޝަން ހުށަހެޅުއްވުން އެދެމެވެ. އަދި މި މަސައްކަތާ ގުޅޭ މަޢުލޫމާތު ކަރުދާސް މިއިޢުލާނާއެކު އެއްކަރުދާސް ކުރެވިފައިވާނެއެވެ. އަދި މަސައްކަތައް ބޭނުންވާ ކުލައާއި ދަވާދު ގަތުމުގެ ކުރިން މިކޯޓުން އެޕްރޫވް ހޯދަންވާނެއެވެ.
މިމަސައްކަތަށް ކޯޓޭޝަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލެވިފައިވަނީ، ވިޔަފާރި ރަޖިސްޓްރީކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު:18/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަންބަރު: 19/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށެވެ.
ހދ. ނެއްލައިދޫ މެޖިސްޓްރޭޓް ކޯޓު، ހދ. ނެއްލައިދޫ / ދިވެހިރާއްޖެ ،ފޯން: 6527005
އީ-މެއިލް: [email protected]