ބީލަން
ނަންބަރު: (IUL)275-PM/275/2026/43
ޕަބްލިޝްކުރި ތާރީޚް: 20 ސެޕްޓެންބަރު 2026
ޕަބްލިޝްކުރި ގަޑި: 13:18
ސުންގަޑި: 24 ސެޕްޓެންބަރު 2026 12:00
މިލަދުންމަޑުލު އުތުރުބުރީ ފީވަކު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މި އިދާރާއިން ފޯރުކޮށްދޭ މަޢުލޫމާތާއި، އެއްގޮތަށް ށ. ފީވަކުގައި މަސް ޖެޓީއެއްގެ ކުރެހުން، ކޮންސެޕްޓް ޑިޒައިން، ބީއޯކިއު، އަދި އީއައިއޭ ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދުމާއި ގުޅޭ

ބީލަން ހުށައެޅުމުގެ ދަޢުވަތު

 

މި އިދާރާއިން ފޯރުކޮށްދޭ މަޢުލޫމާތާއި، އެއްގޮތަށް ށ. ފީވަކުގައި މަސް ޖެޓީއެއްގެ ކުރެހުން، ކޮންސެޕްޓް ޑިޒައިން، ބީއޯކިއު، އަދި އީއައިއޭ ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދުމާއި ގުޅޭ  

        މި އިދާރާއިން ފޯރުކޮށްދޭ މަޢުލޫމާތާއި އެއްގޮތްވާ ގޮތުގެ މަތިން، ށ. ފީވަކުގައި 300 ފޫޓުގެ ދިގުމިނާއި 40 ފޫޓުގެ ޓީ-ޖެޓީ އެއް އެކުލެވޭ ގޮތަށް މަސް ޖެޓީއެއް އެޅުމަށް ބޭނުންވާ ކުރެހުންތަކާއި، ބީ.އޯ.ކިއު. އަދި އެންވަޔަރަންމަންޓް އިމްޕެކްޓް އެސެސްމަންޓް ރިޕޯޓް (އީއައިއޭ) ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.

ވީމާ، މި މަސައްކަތް ކޮށްދެއްވުމަށް ޝައުޤުވެރިވެލައްވާ  އެންމެހައި ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ދަޢުވަތު ހުޅުވާލަމެވެ.

ބީލަމުގައި ރަޖިސްޓްރީވުން

        20 ސެޕްޓެންބަރު 2026 ވާ އާދީއްތަ ދުވަހުގެ 14:00 އިން 24 ސެޕްޓެންބަރު 2026 ވާ ބުރާސްފަތި ދުވަހުގެ 12:00 ގެ ނިޔަލަށް، ބީލަމުގައި ރަޖިސްޓްރީވުމަށް އެދޭ ފޯމް މެދުވެރިކޮށް މި ބީލަމުގައި ރަޖިސްޓްރީވެވޭނެއެވެ. ފުރިހަމަކުރައްވާފައިވާ ފޯމް މި އިދާރާއަށް ދުރުވެ ހުށަހެޅޭނެއެވެ. ނުވަތަ، އީމެއިން [email protected] އަށް މެއިލް ކުރެއްވުމުންވެސް ބަލައިގަނެވޭނެއެވެ. ބީލަމުގައި ރަޖިސްޓްރީވުމަށް އެދޭ ފޯމް މި އިޢުލާނާއިއެކު ގެޒެޓްކުރެވިފައިވާނެއެވެ.

 

މަޢުލޫމާތު ދިނުން

  • މަޢުލޫމާތު ބޭނުންވާ ފަރާތްތަކަށް މަޢުލޫމާތު ދިނުން ކުރިއަށް ދާނީ، 24 ސެޕްޓެންބަރު 2026 ވާ ބުރާސްފަތި ދުވަހު 13:30 ގައި ފީވަކު ކައުންސިލް އިދާރާގެ މީޓިން ރޫމްގައެވެ. މި ބައްދަލުވުމުގައި ބައިވެރިވެވޭނީ ބީލަމުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކަށް އެކަންޏެވެ.
  • މި ބައްދަލުވުމުގައި ބައިވެރިވާ ފަރާތްތަކުގެ އިތުރު ހުށަހެޅުމެއް ނެތްނަމަ، ބައްދަލުވުމަށްފަހު ބީލަން ކަރުދާސް ބައްދަލުވުމުގެ ބައިވެރިންނަށް ޙަވާލުކުރެވޭނެއެވެ. ނުވަތަ އީމެއިލްގެ ޒަރިއްޔާއިން ފޮނުވޭނެއެވެ.

 

ބީލަން ހުށަހެޅުން

         މި ބީލަމުގައި ބައިވެރިވެލެއްވޭނީ ޤާނޫން ނަންބަރު: 2014/18 (ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫން) އާއި، ޤާނޫން ނަންބަރު: 2014/19 (އަމިއްލަ ފަރުދުންގެ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫން) ގެ ދަށުން މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް ގައި ރަޖިސްޓްރީ ކުރައްވާފައިވާ ފަރާތްތަކަށެވެ. އަދި، މި ބީލަމުގައި ބައިވެރިވެވޭނީ ބީލަމުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކަށް އެކަންޏެވެ.   

 

  1.  ބީލަންތައް ހުންނަންވާނީ ސިޓީ އުރައެއްގައި ބަންދުކުރެވިފައެވެ. ސިޓީއުރައިގެ ބޭރުގައި ހުށަހަޅާ ފަރާތުގެ ނަމާއި، އިޢުލާން ނަންބަރާއި، ކޮންކަމަކަށް ހުށައެޅޭ އަންދާސީހިސާބެއްކަން ލިޔެވިފައި އޮންނަންވާނެއެވެ. ބީލަން ހުޅުވުމުގެ ބައްދަލުވުމަށް ވަޑައިގަންނަވާ ފަރާތްތަކުން ކާކުކަން އެނގޭނެފަދަ ރަސްމީ ލިޔުމެއް ގެންނަން ވާނެއެވެ. ކުންފުންޏަކުން ބީލަން ހުށަހަޅާ ނަމަ، ނުވަތަ ބީލަން ހުށަހެޅުމަށް ބަދަލުގައި މީހަކު ފޮނުވާ ނަމަ، ބީލަން ހުށަހަޅާ ފަރާތުގެ ސިޓީ (ޕަވަރ އޮފް އެޓާރނީ) އަކާއި ބަދަލުގައި ފޮނުއްވާ ފަރާތަކީ ކާކުކަން އަންގައިދޭ ލިޔުމެއް ބީލަމާއި ވަކިން ހުށާހަޅުއްވަން ވާނެއެވެ.

 

   ބީލަމާއި ވަކިން ހުށަހެޅުމަށް ކަނޑައަޅާފައިވާ އެއްވެސް ލިޔުމަކީ ބީލަމުގެ ބައެއް ކަމުގައި ބަލައެއް ނުގަނެވޭނެއެވެ.

 

  1. ބީލަމަށް ކުރިމަތިލާ ކޮންމެ ފަރާތަކަށްވެސް ހުށައެޅޭނީ 1 (އެކެއް) ބީލަމެވެ. އަދި ބީލަން ހުށައެޅުމުގެ ބައްދަލުވުމުގައި ބައިވެރިވާ ކޮންމެ ބައިވެރިއަކަށްވެސް ހުށައެޅޭނީ 1 (އެކެއް) ބީލަމެވެ.

 

  1. ބީލަން ބަލައިގަތުން އަދި ހުޅުވުން އޮންނާނީ 29 ސެޕްޓެންބަރު 2026 ވާ އަންގާރަ ދުވަހުގެ 13:30 ގައި ށ.ފީވަކު ކައުންސިލްގެ އިދާރާގައެވެ. މި ބައްދަލުވުމަށް ގަޑިއަށް ޙާޟިރުނުވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުޞަތެއް ނުދެވޭނެއެވެ.

           މި ބީލަމާއި ގުޅޭ އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މި އިދާރާގެ ނަންބަރު 6540046 އަށް ގުޅުއްވާ، މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ.

           ވީމާ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢްލާންކުރީމެވެ.

20 ސެޕްޓެންބަރު 2026