ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)PSM-HH/PSM/2016/53
ޕަބްލިޝްކުރި ތާރީޚް: 16 ފެބުރުވަރީ 2016
ޕަބްލިޝްކުރި ގަޑި: 18:24
ސުންގަޑި: 28 ފެބުރުވަރީ 2016 15:00
ޕަބްލިކް ސަރވިސް މީޑިއާ
ދިވެހިރާއްޖެ
ލޮޖިސްޓިކް އެސިސްޓެންޓް

އިޢުލާން

ވަޒީފާގެ ފުރުޞަތު:

މަޤާމު: ލޮޖިސްޓިކް އެސިސްޓެންޓް ގްރޭޑް 3

މުސާރައާއި އެލަވަންސް

މަހަކު -/7500ރ

މަޤާމުގެ ރޭންކް

AS 9

ބޭނުންވާ އަދަދު

01

މަސައްކަތް ކުރަންޖެހޭ ތަން

ޕަބްލިކް ސަރވިސް މީޑިއާ

ޑިޕާޓްމަންޓް

އެޑްމިނިސްޓްރޭޝަން / އިންފްރާސްޓްރަކްޗަރ އެންޑް ލޮޖިސްޓިކް

މަޤާމުގެ ޝަރުޠު:

ޖީ.ސީ.އީ އޭ ލެވެލް އިމްތިޙާނުން 02 (ދޭއް) މާއްދާއިން ފާސްވެފައިވުން. ނުވަތަ ޖީ.ސީ.އީ އޯލެވެލް އިމްތިޙާނުން 04 (ހަތަރެއް) މާއްދާއިން ފާސްވެފައިވުމާއެކު، ދާއިރާއިން 01 (އެކެއް) އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ ޖީ.ސީ.އީ އޯލެވެލް އިމްތިޙާނުން 02 (ދޭއް) މާއްދާއިން ފާސްވެފައިވުމާއެކު، 02 (ދޭއް) ދުވަހުގެ ތަޖުރިބާ ލިބިފައިވުން.

މަޤާމުގެ މަސްއޫލިއްޔަތު:

ކުންފުނީގެ ބޭނުންތަކަށް ކުރަންޖެހޭ ދަތުރުތައް ކުރުވުމާއި، ވެހިކަލްގެ ކަންތައްތައް ބެލެހެއްޓުމާއި، ޑިއުޓީތަކުގައި ތިއްބަވާ މުވައްޒަފުންނާއި ސެކްޝަންތައް މޮނިޓަރ ކުރުމާއި، ޑިއުޓީގަޑިތަކުގައި ކަމެއް ދިމާވެއްޖެނަމަ އެކަމާ ގުޅޭގޮތުން ވީއެންމެ އަވަހަކަށް ޙަރަކާތްތެރިވެ އެކަމާ ގުޅޭ ވެރިއެއްގެ ސަމާލުކަމަށް ގެނެސް އަދި އެފަދަ މައްސަލަތައް ލޮގުކޮށް ބެލެހެއްޓުން، މީގެ އިތުރުން ވަޒީފާގެ މަސައްކަތާ ގުޅޭގޮތުން ސްޕަވައިޒަރު ހަވާލުކުރާ އެހެނިހެން މަސައްކަތްތައް ކުރުން.

އިތުރުގަޑި:

އިތުރުގަޑީގެ މަސައްކަތްކުރާނަމަ ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ.

މި މަޤާމުތަކަށް މީހުން ހޮވުމާބެހޭ އިތުރު މަޢުލޫމާތު

މި މަޤާމަށް މީހުން ހަމަޖެއްސުމުގައި، މިދާއިރާއިން ތަޢުލީމު ހާސިލުކޮށްފައިވާ ފަރާތްތަކަށާއި، މަސައްކަތުގެ ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް:

  • ވަޒީފާއަށް އެދޭކަމުގެ ސިޓީއާއި، ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތައް. (މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ފެންވަރު ބަލައި، ސެޓުފިކެޓެއްނަމަ ތައްގަނޑު ޖަހާފައިވާ ލިޔުމުގެ ކޮޕީ)
  • މަސައްކަތުގެ ތަޖުރިބާ ދެނެގަތުމުގެ ގޮތުން މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
  • ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.
  • ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު.
  • ވަޒީފާއަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.
  • ޕާސްޕޯޓް ސައިޒްގެ ފޮޓޯއެއް
  • މަތީގައިވާ މަޤާމަށް އިންޓަރވިއުއަށް ދަޢުވަތު ދެވޭނީ ޝޯޓްލިސްޓް ކުރެވޭ ފަރާތަށެވެ.

ސުންގަޑި

 

މި މަޤާމަށް އެދިލައްވާ ފަރާތްތަކުން 28 ފެބުރުވަރީ 2016 ވަނަ ދުވަހުގެ 15:00 ގެ ކުރިން މި ކުންފުންޏަށް (ޕަބްލިކް ސަރވިސް މީޑިއާ / ރޭޑިޔޯ ބިލްޑިންގ، މ. އަމީނީމަގު) ވަޒީފާއަށް އެދޭ ލިޔުންތައް ހުށަހެޅުއްވުން އެދެމެވެ.

އިތުރު މަޢުލޫމާތު:

މަޢުލޫމާތު ހޯއްދެވުމަށް 3000210 އާ ގުޅުއްވުން އެދެމެވެ.

07 ޖުމާދަލްއޫލާ 1437

16 ފެބުރުވަރީ 2016