ތަމްރީނު
ނަންބަރު: (IUL)166/ 166 /2016/ 15
ޕަބްލިޝްކުރި ތާރީޚް: 18 ފެބުރުވަރީ 2016
ޕަބްލިޝްކުރި ގަޑި: 18:09
ސުންގަޑި: 11 މާރިޗު 2016 00:00
ޑިޕާޓްމަންޓް އޮފް ހަޔަރ އެޑިޔުކޭޝަން
ދިވެހިރާއްޖެ
ސައުތުއޭޝިއަން ޔުނިވަރސިޓީގައި މަތީތަޢުލީމަށް ކިޔެވުމުގެ ފުރުޞަތު

ސާރކު ޤައުމުތަކުގެ ފަރާތުން ނިއުދިއްލީގައި ހިނގަމުންދާ ސައުތު އޭޝިއަން ޔުނިވަރސިޓީގައި މާސްޓަރސް އަދި ޕީ.އެޗް.ޑީ ފެންވަރުގައި ކިޔެވުމުގެ ފުރުޞަތު ސާރކުގެ ހުރިހައި ޤައުމުތަކުގެ ދަރިވަރުންނަށް މިހާރު ވަނީ ހުޅުވާލެވިފައެވެ. މިގޮތުން މި އަހަރު ޖުލައި މަހުގައި ފެށޭ ކޯސްތަކަށް ކުރިމަތިލާން ބޭނުންވާ ފަރާތްތަކުން އެޕްލިކޭޝަން ފުރިހަމަކުރުމަށްފަހު މި އަހަރުގެ 3 މާރިޗުގެ ނިޔަލަށް ސައުތު އޭޝިއަން ޔުނިވަރސިޓީއަށް ފޮނުވަން ޖެހޭކަމަށް މި ޑިޕާޓްމަންޓަށް މަޢުލޫމާތު ލިބިފައިވެއެވެ.

މިއަހަރު މާސްޓަރސް އަދި ޕީ.އެޗް.ޑީ ލެވެލަށް ހިންގުމަށް ހަމަޖެހިފައިވާ ކޯސްތައް ތިރީގައި މިވަނީއެވެ.

  1. އެޕްލައިޑް މެތަމެޓިކްސް
  2. ބަޔޯޓެކްނޮލޮޖީ
  3. ކޮމްޕިއުޓަރ ސައިންސް
  4. ޑިވެލޮޕްމަންޓް އިކޮނޮމިކްސް
  5. ލީގަލް ސްޓަޑީޒް
  6. އިންޓަނޭޝަނަލް ރިލޭޝަންސް
  7. ސޯޝިއޮލޮޖީ

ސައުތު އޭޝިއަން ޔުނިވަރސިޓީއަކީ ރާއްޖެއިންވެސް ޗަންދާ ދައްކައިގެން ހިންގާ ޔުނިވަރސިޓީއަކަށްވާތީ، މި ޔުނިވަރސިޓީގައި ކިޔަވަން ބޭނުންވާ ރާއްޖޭގެ ދަރިވަރުންނަށް ވަރަށް އަގުހެޔޮކޮށް ކިޔެވުމުގެ ފުރުޞަތު ލިބިގެން ދާނެއެވެ. އަދި ދިއްލީގައި ހުރުންވެސް ވަރަށް ޚަރަދުކުޑަކޮށް ހަމަޖެހިގެންދާނެއެވެ. ކޯސްތަކަށް ހޮވުމުގައި ބެލެވޭ ޝަރުޠުތަކާއި އިތުރު ތަފުސީލުތައް، ސައުތު އޭޝިއަން ޔުނިވަރސިޓީގެ ވެބްސައިޓް www.sau.ac.in އިން ލިބެން ހުންނާނެއެވެ.

ވީމާ، މި ކޯސްތަކަށް ޝައުޤުވެރިވާ ފަރާތްތަކުން ކޯހަށް އެޕްލައިކުރުމުގެ ކަންތައް ސައުތު އޭޝިއަން ޔުނިވަރސިޓީގެ ވެބްސައިޓުން އޮންލައިންކޮށް ކުރިއަށް ގެންދެވެން އޮތްކަމުގައި އާންމުކޮށް އެންގުމުގެ ގޮތުން ދެންނެވީމެވެ.

09 ޖުމާދަލްއޫލާ 1437

18 ފެބުރުވަރީ 2016