ދިވެހިރާއްޖެ
އިޢުލާން
ވަޒީފާގެ ފުރުޞަތު:
މި އިދާރާގެ މިދަންނަވާ މަޤާމަށް މީހަކު ބޭނުންވެއްޖެއެވެ.
| 
 މަޤާމު  | 
 އިކޮނޮމިކް ޑިވެލޮޕްމަންޓް އޮފިސަރ  | 
| 
 ރޭންކް  | 
 އެމް.އެސް 1  | 
| 
 ކްލެސިފިކޭޝަން  | 
 ސީނިއަރ އޮފިސަރ ގްރޭޑް 1 /ޓެކްނިކަލް އޮފިސަރ ގްރޭޑް 1  | 
| 
 މަޤާމުގެ ނަންބަރު  | 
 254127  | 
| 
 އޮފީސް/ އިދާރާ  | 
 ތިލަދުންމަތީ އުތުރުބުރީ އަތޮޅު ކައުންސިލްގެ އިދާރާ  | 
| 
 ސެކްޝަން/ ޔުނިޓް  | 
 އިންފްރާސްޓްރަކްޗަރ އެންޑް އިކޮނޮމިކް ޑިވެލޮޕްމަންޓް  | 
| 
 ވަޒީފާ އަދާކުރަންޖެހޭ ތަން  | 
 ތިލަދުންމަތީ އުތުރުބުރީ އަތޮޅު ކައުންސިލްގެ އިދާރާ  | 
| 
 މުސާރަ  | 
 -/5610 ރުފިޔާ  | 
| 
 ސަރވިސް އެލަވަންސް  | 
 -/2000 ރުފިޔާ  | 
| 
 ބޭނުންވާ އަދަދު  | 
 1 (އެކެއް)  | 
މަޤާމުގެ ޝަރުޠު:
1. ބިޒްނަސް މެނޭޖްމަންޓް/އެޑްމިނިސްޓްރޭޝަން އެންޑް މެނޭޖްމަންޓް/ އިކޮނޮމިކްސްގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއިރާއެއްގައި 2 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.
ނުވަތަ
2. ބިޒްނަސް މެނޭޖްމަންޓް/އެޑްމިނިސްޓްރޭޝަން އެންޑް މެނޭޖްމަންޓް/ އިކޮނޮމިކްސްގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލު ކޮށްފައިވުން.
ނުވަތަ
3. ބިޒްނަސް މެނޭޖްމަންޓް/އެޑްމިނިސްޓްރޭޝަން އެންޑް މެނޭޖްމަންޓް/ އިކޮނޮމިކްސްގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ ލެވެލް 4 ގެ ސަނަދެއް ހާސިލު ކޮށްފައިވުމާއެކު، ގުޅުންހުރި އެހެން ދާއިރާއަކުން ލެވެލް 4 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލު ކޮށްފައިވުން.
މަޤާމުގެ މަސްއޫލިއްޔަތުތައް:
- އަތޮޅު ކައުންސިލް އިދާރާއާއި، ކައުންސިލްގެ ބެލުމުގެ ދަށުގައިވާ ޢިމާރާތްތައް މަރާމާތު ކުރުމާ ގުޅޭގޮތުން ކުރަންޖެހޭ މަސައްކަތް ކުރުން
 - ރަށްރަށުގެ ކުޅިވަރު ކުޅޭނެ ތަންތަން ހެދުމަށް ކުރަންޖެހޭ އެންމެހައި މަސައްކަތް ކުރުން.
 - ރަށްރަށުގެ ތިމާވެށްޓަށް ލިބޭ ގެއްލުންތައް ދިރާސާކޮށް ރިޕޯޓް ފޮނުވަންޖެހޭ ތަންތަނަށް ފޮނުވުން.
 - ރަށްރަށުގެ ކުޑަކުދިންގެ ޕާކާއި، ރެސްޓިންގ ޕޮއިންޓް ހެދުމަށް ކުރަންޖެހޭ މަސައްކަތް ކުރުން.
 - ޤުދުރަތީގޮތުން ދިމާވާ ކާރިސާގައި ގެއްލުން ލިބޭ ތަންތަން މަރާމާތު ކުރަންޖެހޭ މަސައްކަތް ކުރުން.
 - ބޯފެނަށް ޖެހޭ ރަށްރަށަށް ފެން ފޯރުކޮށްދިނުމަށް ކުރަންޖެހޭ މަސައްކަތް ކަމާބެހޭ އިދާރާތަކާ ގުޅިގެން ކުރުން.
 - ރަށްރަށުގެ ކަރަންޓާ ގުޅޭގޮތުން ކުރަންޖެހޭ އެންމެހައި މަސައްކަތް ކުރުން.
 - އަތޮޅު ކައުންސިލް އިދާރާގެ އެއްގަމާއި، ކަނޑުގެ ވެހިކަލްތައް ބެލެހެއްޓުން.
 - ރަށްރަށުގެ ގިރާ ސަރަޙައްދުތައް ޙިމާޔަތްކުރުމަށް ކުރަންޖެހޭ ކަންތައްތައް ކުރުން.
 - ރަށްރަށުގެ ކުނި ނައްތާލުމާ ގުޅޭގޮތުން ކުރަންޖެހޭ ކަންކަން ކުރުން.
 - ފެރީ ދަތުރުތަކާބެހޭ ކަންތައްތައް ބެލެހެއްޓުން.
 - އެއްގަމާއި ކަނޑުގެ ލައިސަންސް ދޫކުރުމާ ގުޅޭގޮތުން ކުރާ މަސައްކަތްތަކުގައި އެހީތެރިވެދިނުން
 - ރަށްރަށުގެ ރައްޔިތުންނަށް ބޯހިޔާވަހިކަން ހޯދައިދިނުމަށް ކުރަންޖެހޭ މަސައްކަތްތައް ކައުންސިލުން ނިންމާގޮތެއްގެ މަތިން ކުރުން.
 - މީގެ އިތުރުންވެސް އޮފީހުގެ ރަސްމީ މަސައްކަތާގުޅިގެން ކުރަންޖެހޭ އެންމެހައި މަސައްކަތް ކުރުން.
 
| 
 ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:  | 
 ސިވިލް ސަރވިސް ކޮމިޝަނުން 01 މެއި 2015 ގައި ޢަމަލު ކުރަން ފައްޓަވާފައިވާ" ސިވިލްސަރވިސްގެ މަޤާމުތަކަށް މީހުން ހޮވުމާއި ޢައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތަކުގެ ކްރައިޓީރިއާގައިވާ ގޮތުގެ މަތިން  | 
| 
 އިންޓަވިއު އޮންނާނެ ތަނާއި ތާރީޚް:  | 
 މަޤާމަށް މީހަކު ހޮވުމަށް ބާއްވާ އިންޓަވިއު އޮންނާނެ ތާރީޚާއި ގަޑި ފަހުން ލިޔުމުން އަންގާނެވާހަކަ ދެންނެވީމެވެ.  | 
| 
 މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި:  | 
 މިމަޤާމަށް އެދިލައްވާ ފަރާތްތަކުން ތިރީގައި ބަޔާން ކުރެވިފައިވާ ލިޔުންތަކާއެކު 28 ފެބުރުއަރީ 2016 ވާ އާދީއްތަ ދުވަހުގެ 14:00 ގެ ކުރިން ތިލަދުންމަތީ އުތުރުބުރީ އަތޮޅު ކައުންސިލް އިދާރާއަށް ހުށަހެޅުއްވުން އެދެމެވެ.  | 
| 
 އުޖޫރައާއި ޢިނާޔަތްތައް:  | 
 ސިވިލް ސަރވިސް ޤަވާޢިދުގައިވާ ގޮތުގެ މަތިން އިތުރުގަޑީގެ ފައިސާއާއި ބަންދުވަހުގެ ފައިސާ ލިބޭނެއެވެ.  | 
| 
 ހުށަހަޅަންޖެހޭ ލިޔުންތައް:  | 
 1. ފުރިހަމަ ކޮށްފައިވާ އެޕްލިކޭޝަން ފޯމު (ފޯމު މިއިދާރާގެ ކައުންޓަރުންނާއި ސިވިލްސަރވިސް ކޮމިޝަންގެ ވެބްސައިޓުން (www.csc.gov.mv) ލިބެން ހުންނާނެއެވެ. 2. ސިވިލް ސަރވިސްއަށް/ ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް އެމުވައްޒަފަކު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް. 3. އެކްރެޑިޓް ކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ދާއިރާއާ ގުޅޭ ކުރުމުއްދަތުގެ ތަމްރީނު ޕްރޮގްރާމްތައް ފުރިހަމަކޮށްފައިވާ ލިޔުމުގެ ފޮޓޯކޮޕީ (ސެޓުފިކެޓުތަކުގެ އަސްލު އިންޓަރވިއުއަށް ހާޒިރުވާއިރު ގެންނަންވާނެއެވެ.) 4. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ (ލިޔުމުގެ އަސްލު އިންޓަރވިއުއަށް ހާޒިރުވާއިރު ގެންނަންވާނެއެވެ.) 5. ވަޒީފާއަށް އެދޭ ފަރާތުގެ ކާކުކަން އަންގައިދޭ ކާޑުގެ ދެފުށް ފެންނާނޭހެން އޮތް އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ސާފު ކޮޕީއެއް (އައިޑީ ކާޑުގެ އަސްލު އިންޓަރވިއުއަށް ހާޒިރުވާއިރު ގެންނަންވާނެއެވެ.) 6. ވަނަވަރު  | 
މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ މިއިދާރާގެ ނަންބަރު: 6500002 ، 6500068 ފޯނާއެވެ. ފެކްސް ނަންބަރަކީ 6500063 އެވެ. އީމެއިލް ކުރައްވަނީ ([email protected]) އެޑްރެހަށެވެ.
05 ޖުމާދަލްއޫލާ 1437