ވަޒީފާގެ ފުރުޞަތު
ނަންބަރު: GS135/IUL/2016/09
ޕަބްލިޝްކުރި ތާރީޚް: 16 ފެބުރުވަރީ 2016
ޕަބްލިޝްކުރި ގަޑި: 17:34
ސުންގަޑި: 28 ފެބުރުވަރީ 2016 13:00
ބ. މާޅޮހު މަދަރުސާ
ދިވެހިރާއްޖެ
އެޑްމިނިސްޓްރޭޓަރ

އިޢުލާން

ވަޒީފާގެ ފުރުޞަތު:

މަޤާމުގެ ނަން: އެޑްމިނިސްޓްރޭޓަރ

މަޤާމުގެ ނަންބަރު: OD/22/2016/09-ފ188

މަޤާމުގެ ރޭންކް: އެމް. އެސް. 3

މަޤާމުގެ ކްލެސިފިކޭޝަން: އެސިސްޓެންޓް ޑިރެކްޓަރ / ސީނިއަރ ޓެކްނިކަލް އޮފިސަރ ގްރޭޑް 1

ބޭނުންވާ އަދަދު: 1 (އެކެއް)

ސެކްޝަން / ޔުނިޓް: އިދާރީ

ވަޒީފާ އަދާކުރަންޖެހޭ ތަނާއި ރަށް: ބ. މާޅޮހު މަދަރުސާ

މަޤާމުގެ ގިންތި: ދާއިމީ

މުސާރަ: -/7،035 ރުފިޔާ

ސަރވިސް އެލަވަންސް: -/2،000 ރުފިޔާ

މަޤާމުގެ ޝަރުޠުތައް:    

1. އެކައުންޓިން/ ފައިނޭންސް/ ބިޒްނަސް އެޑްމިނިސްޓްރޭޝަން/ މެނޭޖްމެންޓް/ ސްކޫލް މެނޭޖްމެންޓް/ ކިޔަވައިދިނުމުގެ ދާއިރާ/ އިންފޮމޭޝަން ޓެކްނޮލޮޖީ/ ހިއުމަން ރިސޯސް މެނޭޖްމެންޓާ ގުޅޭ ދާއިރާއަކުން ދަށްވެގެން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު/ އެކައުންޓިންގ/ ފައިނޭންސް/ބިޒްނަސް އެޑްމިނިސްޓްރޭޝަން/ މެނޭޖްމެންޓް/ސްކޫލް މެނޭޖްމެންޓް/ ކިޔަވައިދިނުމުގެ ދާއިރާ/ އިންފޮމޭޝަން ޓެކްނޮލޮޖީ/ ހިއުމަން ރިސޯސް މެނޭޖްމެންޓުގެ ދާއިރާއެއްގައި، 6 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ؛

2. އެކައުންޓިންގ/ ފައިނޭންސް/ ބިޒްނަސް އެޑްމިނިސްޓްރޭޝަން/ މެނޭޖްމެންޓް/ ސްކޫލްމެނޭޖްމެންޓް/ ކިޔަވައިދިނުމުގެ ދާއިރާ/ އިންފޮމޭޝަން ޓެކްނޮލޮޖީ/ހިއުމަން ރިސޯސް މެނޭޖްމަންޓާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، އެކައުންޓިންގ/ ފައިނޭންސް/ ބިޒްނަސް އެޑްމިނިސްޓްރޭޝަން/ މެނޭޖްމެންޓް/ ސްކޫލް މެނޭޖްމެންޓުގެ ދާއިރާއެއްގައި 4 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ؛

3. އެކައުންޓިން/ ފައިނޭންސް/ ބިޒްނަސް އެޑްމިނިސްޓްރޭޝަން/ މެނޭޖްމެންޓް/ ސްކޫލްމެނޭޖްމެންޓް/ކިޔަވައިދިނުމުގެ ދާއިރާ/ އިންފޮމޭޝަން ޓެކްނޮލޮޖީ/ ހިއުމަން ރިސޯސް މެނޭޖްމެންޓާ ގުޅޭ ދާއިރާއަކުން ދިވެހި ރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 6 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އހަރުދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. ނުވަތަ؛

4. އެކައުންޓިން/ ފައިނޭންސް/ ބިޒްނަސް އެޑްމިނިސްޓްރޭޝަން/ މެނޭޖްމެންޓް/ސްކޫލް މެނޭޖްމެންޓް/ކިޔަވައިދިނުމުގެ ދާއިރާ/ އިންފޮމޭޝަން ޓެކްނޮލޮޖީ/ހިއުމަން ރިސޯރސް މެނޭޖްމެންޓާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ގުޅުންހުރި އެހެން ދާއިރާއަކުން ލެވެލް 6 ގެ ސަނަދެއް ނުވަތަ އެއަށްވުރެ މަތީސަނަދެއް ހާސިލުކޮށްފައިވުން. 

މަޤާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް

1. ސަރުކާރުގެ ފައިސާއާބެހޭ އާންމު ގަވާއިދުތަކާއި ހަމަތަކުގެމަތިން ސްކޫލަށް ބޭނުންވާ ހުރިހާ ޚަރަދުތަކެއް ކުރަމުން ގެންދެވޭގޮތް ބެލުމާއެކު، މި ޚަރަދުތައް ކުރެވޭ ގޮތާއި، ޚަރަދުތައް ހިނގާ ނުހިނގާގޮތް ބެލެހެއްޓުން.

2. އެ އަހަރަކަށް ހަމަޖެހިފައިވާ ބަޖެޓުން ޚަރަދުތައް ހަމަޖެއްސޭތޯ ބެލުމުގެގޮތުން ކުރެވެންހުރި ހުރިހާ މަސައްކަތްތަކެއް ކުރުން.

3. ސްކޫލުގެ ބަޖެޓަށް ބޭނުންވާ ފައިސާ ބަޖެޓަށް އިތުރުކުރުމުގެގޮތުން ކުރެވެންހުރި ހުރިހާ މަސައްކަތްތަކެއް ކުރުން.

4. ސްކޫލުގެ މުވައްޒަފުންނާއި ޓީޗަރުންނަށް މުސާރައާއި އެހެނިހެން ފައިސާ ދިނުމާ ގުޅޭގޮތުން ވެރިއެއްގެ ހައިސިއްޔަތުން ބަލަހައްޓަންޖެހޭ ކަންތައްތައް ބެލެހެއްޓުން.

5. ކުރިއަށް އޮންނަ އަހަރަށް ލަފާކުރާ ބަޖެޓް ތައްޔާރުކުރުން.

6. ސްކޫލުގެ އިދާރީ ކަންކަމާ ގުޅޭ މަސައްކަތްތައް، ޕްރިންސިޕަލްގެ އިރުޝާދުގެ ދަށުން ހިންގުމާއި، އެކަންކަން ހަރުދަނާކުރުމަށް ކުރެވެންހުރި މަސައްކަތްތައް ކުރުން.

7. ކިޔަވައިދިނުމާ ސީދާ ގުޅުމެއްނެތް އެންމެހައި މުވައްޒަފުންގެ މަސައްކަތް ބެލެހެއްޓުން.

8. ސްކޫލަށް ހޯދޭ މުދަލާއި ތަކެތީގެ އިންވެންޓްރީއާއި ސްޓޮކްގެ އެންމެހައި ކަންތައް ބެލެހެއްޓުން.

9. ސްކޫލުގެ އެންމެހައި އިމާރާތްތައް މަރާމާތުކުރުވުމާއި ބެލެހެއްޓުން.

10. ސްކޫލުގެ އެންމެހައި އިމާރާތްތަކާއި ގޯތިތެރެ އަބަދުވެސް ސާފުތާހިރުކޮށް ބޭއްވުމުގެ އިންތިޒާމުތައް ހަމަޖެއްސުން.

11. ސްކޫލުގެ އިމާރާތްތަކާއި ތަކެތި އެކިފަރާތްތަކަށް ކުއްޔަށް ދޫކުރުމާ ގުޅޭގޮތުން ކުރަންޖެހޭ ކަންތައްތައް ކުރުވުން. 

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

1. ވަޒީފާގެ ޝަރުޠު: ވަޒީފާއަށް ކަނޑައެޅިފައިވާ ޝަރުޠު ފުރިހަމަވުން (ވަޒީފާގެ ޝަރުޠު ފުރިހަމަ ނުވާނަމަ، ޑިސްކޮލިފައިވާނެ)

2. ތަޢުލީމާއި ތަމްރީނު: ލިބިފައިވާ އިތުރު ތަޢުލީމާއި، ވަޒީފާއާ ގުޅުންހުރި ކުރުމުއްދަތުގެ ތަމްރީނުތައް.

3. ތަޖުރިބާ: ވަޒީފާއާ ގުޅުންހުރި ތަޖުރިބާއާއި އެހެނިހެން ތަޖުރިބާ.

4. ލިބިފައިވާ ހުނަރު: އިންޓަރވިއު / ޕްރެކްޓިކަލްސް

އިންޓަރވިއުއާއި ޕްރެކްޓިކަލްސް އޮންނާނެ ތަނާއި، މުއްދަތު:    

މި މަޤާމަށް މީހަކު ހޮވުމަށް ބާއްވާ އިންޓަރވިއުއާއި ޕްރެކްޓިކަލްސް، އިޢުލާނުގެ މުއްދަތު ހަމަވާތާ ފަސްދުވަހުގެ ތެރޭގައި ބ. މާޅޮހު މަދަރުސާގައި އޮންނާނެއެވެ. ގަޑި އަންގައިލެވޭނެއެވެ.

މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި:

މި ވަޒީފާއަށް އެދޭ ފަރާތްތަކުން، ވަޒީފާއަށް އެދޭ ފޯމު ފުރިހަމަކުރުމަށްފަހު، ފޯމާއެކު ހުށަހަޅަންޖެހޭ ލިޔުންތައް، 2016 ފެބުރުވަރީ 28ވާ އާދީއްތަ ދުވަހުގެ 13:00 ގެ ކުރިން، މި އިދާރާއަށް ހުށަހެޅުން އެދެމެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް: 

1. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވިއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒިފާ އަދާކުރާ އޮފީހުގެ ލިޔުމެއް.

2. ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީން ދެނެގަތުމަށް ބޭނުންވާ ލިޔުންތަކާއި، މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.

3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ އެޓެސްޓްކޮށްފައިވާ ކޮޕީއެއް.

4. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ސީވީ)

އިތުރު މަޢުލޫމާތު:

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ، 6600020 ނަންބަރު ފޯނާއެވެ. 

07 ޖުމާދަލްއޫލާ 1437

16 ފެބުރުވަރީ 2016