ބީލަން
ނަންބަރު: (IUL)374-D/374/2026/49
ޕަބްލިޝްކުރި ތާރީޚް: 17 ސެޕްޓެންބަރު 2026
ޕަބްލިޝްކުރި ގަޑި: 17:16
ސުންގަޑި: 28 ސެޕްޓެންބަރު 2026 11:00
ނިލަންދެއަތޮޅު އުތުރުބުރީ ނިލަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މިއިދާރާއިން ދޭ ކުރެހުމާއި މައުލޫމާތާއި އެއްގޮތަށް ފ.ނިލަންދޫ ދަންމަރު ގޯތީގެ ހުޅަނގު ދެކުނުން އިމާރާތްކުރާ ޓްރާންސްފޯމާރ ހަޓުގެ ކޮންކްރީޓް ސިމެންތީގެ އެންމެހައި މަސައްކަތްތައް މައިގަނޑު ތަކެތި ދިނުމުން (ހިލަ، ހިލަވެލި،ސިމެންތި،ގަނގަނޑު) ކޮށްދޭނެ ފަރާތެއް ހޯދުމަށް ކ

މިއިދާރާއިން ދޭ ކުރެހުމާއި މައުލޫމާތާއި އެއްގޮތަށް ފ.ނިލަންދޫ ދަންމަރު ގޯތީގެ ހުޅަނގު ދެކުނުން އިމާރާތްކުރާ ޓްރާންސްފޯމާރ ހަޓުގެ ކޮންކްރީޓް ސިމެންތީގެ އެންމެހައި މަސައްކަތްތައް މައިގަނޑު ތަކެތި ދިނުމުން (ހިލަ، ހިލަވެލި،ސިމެންތި،ގަނގަނޑު) ކޮށްދޭނެ ފަރާތެއް ހޯދުމަށް ކޮށްފައިވާ މި އިދާރާގެ ނަންބަރު : (IUL)374-D/374/2026/41   (02 ސެޕްޓެންބަރު 2026 ) އިއުލާނު ގުޅިގެން ހުށަހަޅާފައިވާ އަންދާސީ ހިސާބުތަށް ފުރިހަމަ ނުވުމުގެ ސަބަބުން ހަވާލާދީފައިވާ އިއުލާނު ބާތިލުކޮށް އަލުން އެފުރުސަތު ހުޅުވާލަމެވެ.

މި މަސައްކަތްތަކުގެ  ތަފުސީލު، މަޢުލޫމާތު ކަރުދާހުގައި ހިމަނާފައިވާނެއެވެ. މަޢުލޫމާތު ކަރުދާސް މިއިދާރާގެ ކައުންޓަރުންނާއި، ވެބްސައިޓުން (www.faafnilandhoo.gov.mv) ނާއި، ފޭސްބުކް ޕޭޖުން (Faafu Nilandhoo Council Idhaaraa) އަދި ގެޒެޓުން ލިބެން ހުންނާނެއެވެ.  މިއިދާރާއަށް ވަޑައިގެން މަޢުލޫމާތު ކަރުދާސް ނަންގަވަން ބޭނުންފުޅުވާ ފަރާތްތަކަށް 2026 ސެޕްޓެންބަރ 20 ވަނަ ދުވަހުން ފެށިގެން ރަސްމީ ގަޑީގައި މަޢުލޫމާތު ކަރުދާސް ލިބޭނެ އިންތިޒާމް ހަމަޖެހިފައިވާނެއެވެ.

ވީމާ، މިމަސައްކަތްތައް ކުރުމަށް ޝައުޤުވެރިވެ ވަޑައިގަންނަވާ ފަރާތްތަކުން 2026 ސެޕްޓެންބަރ 28 ވާ ބުރާސްފަތި ދުވަހުގެ 11:00 އަށް މިކައުންސިލަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. އަންދާސީ ހިސާބު ހުށަހަޅުއްވާނީ މިއިދާރާއިން ދޫކުރާ ނަމޫނާއާއި އެއްގޮތަށެވެ. އަންދާސީ ހިސާބު ހުށަހަޅާ ފޯމުގެ ނަމޫނާ މިއިދާރާގެ ވެބްސައިޓުންނާއި ފޭސްބުކް ޕޭޖުންނާއި ގެޒެޓުން ނެގެން  ހުންނާނެއެވެ.

ނޯޓު: އަންދާސީ ހިސާބު ހުށަހެޅުއްވަން ހަމަޖައްސާފައިވާ ދުވަހަކީ ސަރުކާރު ބަންދު ދުވަހެއް ކަމުގައި ވާނަމަ، އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ވަޑައިގަންނަވާނީ ޖެހިގެން އަންނަ ރަސްމީ ދުވަހު އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ހަމަޖެހިފައިވާ ގަޑީގައެވެ.

27 ރަބީޢުލްއާޚިރު 1448

17 ސެޕްޓެންބަރ 2026

17 ސެޕްޓެންބަރު 2026