ދިވެހިރާއްޖެ
މިރަށު ބޮޑުތަކުރުފާނުމަގުގެ އިރުމަތީ ފަރާތުން، ނަފާ-6 ކުލީބިމުގެ ދެކުނު ފަރާތުން، ގެރިބަކަރި/ކުކުޅު ގެންގުޅުމުގެ ވިޔަފާރި ބޭނުންތަކަށް 4000 އަކަފޫޓުގެ 2(ދޭއް) ބިން، 10 އަހަރު ދުވަހުގެ މުއްދަތަށް ކުއްޔަށް ދޫކުރުމަށް މިކައުންސިލުންވަނީ ނިންމާފައެވެ. މި ބިމަށް ކުރިމަތިލެވޭނީ ލ. ކަލައިދޫގެ އުމުރުން 18 އަހަރުން މަތީގެ ރަށްވެހިންނަށާއި، ލ. ކަލައިދޫގެ ރަށްވެއްސެއްގެ ނަމުގައި ރަޖިސްޓްރީކޮށްފައިވާ ކުންފުނިތަކަށާއި، ކޯޕަރޭޓިވްސްތަކަށާއި، ޕާރޓްނަރޝިޕްތަކަށާއި އަދި މިފަދަ ވިޔަފާރިއެއްކުރުމަށް އަމިއްލަ ފަރުދުންގެ ވިޔަފާރިއެއް ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކަށެވެ.
މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 17 ސެޕްޓެމްބަރ 2026 ވާ ބުރާސްފަތި ދުވަހުން ފެށިގެން 23 ސެޕްޓެމްބަރ 2026 ވާ ބުދަ ދުވަހުގެ 13:00 ދެމެދުގައި ބީލަމުގައި ރަޖިސްޓަރީ ވުމަށްއެދޭ ފޯމް ފުރުއްވައި، ބީލަމުގައި ބައިވެރިވުމުގެ ފީގެ ދެއްކި ސްލިޕާއެކު، މިއިދާރާގެ ކައުންޓަރަށް ނުވަތަ ކައުންސިލްގެ މެއިލް އެޑްރެސް: [email protected] އަށް މެއިލް ކޮށްދެއްވުން އެދެމެވެ. ފޯމް މި އިދާރާގެ ކައުންޓަރުންނާއި މިއިޢުލާން ލިންކުން ލިބިވަޑައިގަންނާވާނެއެވެ. މަޢުލޫމާތު ދިނުމުގެ ސެޝަން އޮންނާނީ 24 ސެޕްޓެމްބަރ 2026 ވާ ބުރާސްފަތި ދުވަހުގެ 13:00 މި އިދާރާގެ މީޓިންގ ރޫމްގައެވެ. މައުލޫމާތު ދިނުމުގެ ސެޝަންގައި ބައިވެރިވުން ކޮންމެހެން ލާޒިމެއްނޫނެވެ. އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ 27 ސެޕްޓެމްބަރ 2026 ވާ އާދިއްތަ ދުވަހު 13:00ގައި މި އިދާރާގެ މީޓިންގ ރޫމްގައެވެ. އަންދާސީ ހިސާބު ހުށަހެޅުމަށް ގަޑިޖެހިގެން އަންނަ ފަރާތްތަކުގެ ބިޑުބަލައި ނުގަނެވޭނެ ވާހަކަ ދަންނަވަމެވެ. އަދި ހުށަހަޅަންޖެހޭ ލިޔުންތަކާއި މަޢުލޫމާތު ފުރިހަމަނުވާ ބިޑުތައް ބާތިލް ކުރެވޭނެ ވާހަކަވެސް ދެންނެވީމެވެ. މިއިއުލާނާއި ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ބޭނުންވާ ފަރާތްތަކުން ރަސްމީ ގަޑީގައި މިއިދާރާގެ ނަމްބަރ 6800730 ފޯނާ ގުޅުއްވުން އެދެމެވެ
ވީމާ، މިކަން އަންގާ އިޢުލާން ކުރީމެވެ.
17 ސެޕްޓެމްބަރ 2026