ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)330-A/330/2026/52
ޕަބްލިޝްކުރި ތާރީޚް: 17 ސެޕްޓެންބަރު 2026
ޕަބްލިޝްކުރި ގަޑި: 12:29
ސުންގަޑި: 23 ސެޕްޓެންބަރު 2026 14:00
މާލެއަތޮޅު ކާށިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު - އެސޯސިއޭޓް ކައުންސިލް އޮފިސަރ

އިޢުލާނު

މަޤާމު:

އެސޯސިއޭޓް ކައުންސިލް އޮފިސަރ

މަޤާމުގެ ނަންބަރު:

J-421217

ބޭނުންވާ އަދަދު:

1

މަޤާމުގެ ގިންތި:

ދާއިމީ

މަޤާމުގެ ރޭންކު:

ޕަބްލިކް ސަރވިސް ރޭންކު 4 – ސްޓެޕް 1

މަޤާމުގެ ކްލެސިފިކޭޝަން:

___

ވަޒީފާ އަދާކުރަން ޖެހޭ ތަން:

މާލެއަތޮޅު ކާށިދޫ ކައުންސިލްގެ އިދާރާ

މުސާރަ:

މަހަކު 8505.00 ރުފިޔާ

މަޤާމުގެ އެލަވަންސް:

މަހަކު 2555.00 ރުފިޔާ

އެހެނިހެން އެލަވަންސް:

1. ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދޭވޭ ޕެންޝަން ކޮންޓްރިބިއުޝަން.

2. ސިވިލް ސާރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ.

3. ހާޒިރީ އެލަވަންސްގެ ގޮތުގައި މަސައްކަތަށް ނިކުންނަ ކޮންމެ ދުވަހަކަށް 70.00 ރުފިޔާ.

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  1. ކައުންސިލްގެ އިދާރާގެ އިންވެންޓްރީ ބެލެހެއްޓުމާއި، އިންވެންޓްރީ ނަންބަރ ތައްޔާރުކުރުމާއި، އިންވެންޓްރީގައި ހިމެނޭ ތަކެތީގައި އިންވެންޓްރީ ނަމްބަރުތައް ޖެހުމާއި،  އިންވެންޓްރީގެ ރިކޯޑުތައް ބެލެހެއްޓުން.
  2. އިންވެންޓްރީއިން ނެގޭ ހުރިހާ ތަކެތީގެ ރަޖިސްޓްރީ ބެލެހެއްޓުން.
  3. ކައުންސިލް އިދާރާއާއި ކައުންސިލްގެ ދަށުން ހިނގަމުންދާ ތަންތަނަށް ހޯދަންޖެހޭ އެންމެހާތަކެއްޗާއި ސްޓޮކަށް ހޯދަންޖެހޭ ތަކެތި ހޯދައި އަދި މުވައްޒަފުން ރިކުއެސްޓްކުރާ ޚިދުމަތްތައް  ޕްރޮކިއުމަންޓް މެދުވެރިކޮށް ހޯދާ ދިނުން.
  4. ކައުންސިލް އިދާރާގެ ސްޓޮކަށް ބޭނުންވާ ތަކެތި ހުސްނުވާނެ ގޮތަށް ހޯދުމުގެ މަސައްކަތް ރާވާ ހިންގާ ބެލެހެއްޓުން.
  5. ތަނަށް ބޭނުންވާ ތަކެތީގެ/ޚިދުމަތުގެ ރިކްއެސްޓް ހެދުމާއި އަގުބެލުމުގެ މަސައްކަތް ކުރުން.
  6. ކައުންސިލްގެ އިދާރާގެ ބެލުމުގެ ދަށުގައިވާ ތަކެތީގެ ތެރެއިން ނައްތާލަންޖެހޭ ތަކެއްޗާއި ނީލަންކިޔަންޖެހޭ ތަކެތި ފާހަގަކޮށް، އިދާރީގޮތުން ކުރަންހުރިމަސައްކަތް ނިންމާ ނީލަން ކިޔުމުގެ އިންތިޒާމްތައް ސެކްޝަންގެ ވެރިޔާގެ އިރުޝާދުގެ މަތީން ހަމަޖެއްސުން.
  7. ކައުންސިލް އިދާރާގެ ބެލުމުގެ ދަށުގައިވާ އުޅަނދުފަހަރާއި، ކައުންސިލްއިދާރާއާއި، އިދާރާގެ ބެލުމުގެ ދަށުގައިވާ އެހެނިހެން ޢިމާރާތްތަކުގެ މަރާމާތާއި، މިތަން ތަނަށް ބޭނުންވާ ތަކެތި ހޯދުމުގެ ކުރަންޖެހޭ އެންމެހާ މަސައްކަތްކުރުން.
  8. ކައުންސިލް އިދާރާގެ އިންވެންޓްރީގައި ހުރި ތަކެތި މާލިއްޔަތު ގަވާއިދާއިއެއްގޮތަށް އަނބުރާ ދައްކާގޮތަށް އެކިފަރާތްތަކަށް ދޫކޮށް، އެތަކެތި އަބުރާ ލިބޭކަން ކަށަވަރުކުރުން.
  9. މީގެ އިތުރުންވެސް އިދާރާގެ މަސައްކަތާގުޅިގެން އިދާރާގެ ވެރިން އަންގާ ކަންތައްތައް ކުރުން.
  10. ކައުންސިލުން ފާސްކުރާ ނިންމުންތައް ތަންފީޒުކުރުމަށް  ފުރިހަމަޔަށް އެއްބާރުލުންދީ އެފަދަ ނިންމުންތައް ތަންފީޒުކުރުމުގައި  އިދާރީގޮތުން ކުރަންޖެހޭއެއްމެހާކަންތައް ސެކެޓްރީ ޖަނަރަލް ނުވަތަ ސްޕަރވައިޒަރގެ ލަފަޔާއި އިރުޝާދުގެމަތީން ކުރުން.
  11. ކައުންސިލް އިދާރާގެ މަސައްކަތްތަކާއި ކައުންސިލް އިދާރާގެ ނިންމުންތައް ތަންފީޒުކުރުމާއިގުޅޭ އެއްމެހާކަންކަމުގައި ކައުންސިލަށާއި ސެކެޓްރީ ޖަނަރަލްއަށް ފުރިހަމަޔަށް ޖަވާބުދާރީވުން.
  12. ވަޒީފާ ބަޔާނުން ލާޒިމުކުރާ އެއްމެހާކަންތައްތައް ތަރައްޤީކޮށް ރޭވުމާއި ،ހިންގުމާއި، ބެލެހެއްޓުން.
  13. މުވައްޒަފުގެ މަސައްކަތުގެދާއިރާއިން އަންނަ ޓީމުތަކުގެ އެއްމެހާކަންތައް ބެލެހެއްޓުން.
  14. ވަޒީފާބަޔާނުން ލާޒިމުކުރާކަންތައްތަކައި ގުޅިގެންލިބޭ މެސެޖް، ސިޓީ ފަދަ ލިޔުންތަކަށް ސެކުޝަނުގެ ވެރިޔާގެ މަޝްވަރާގެމަތިން ޖަވާބު ދިނުމާއި އަޅަންޖެހޭ ފިޔަވަޅުތައް ޤަވާޢިދުން އަޅަމުން ގެންދިއުން.
  15. ވަޒީފާބަޔާނުން ލާޒިމުކުރާ ކަންތައްތަކައި ގުޅިގެން  ޢާއްމުކޮށް ރައްޔިތުންނަށް އަންގަންޖެހޭ ކަންތައްތައް އެންގުން.
  16. ވަކި މުވައްޒަފަކާއި ޙަވާލުކޮށްފައިނުވާ، ރަށުކައުންސިލުން ދޭންޖެހޭނެކަމަށް ގާނޫނަކުންކަޑައަޅާ ޚިދުމަތްތައް ކައުންސިލުން ކަޑައަޅާ އުޞޫލެއްގެމަތިން ދިނުން.
  17. ކަނޑައެޅިފައިވާ ޝެޑިއުލާއި އެއްގޮތަށް ކައުންސިލްގެ އިދާރާ ހުޅުވާ ލެއްޕުން.

މަޤާމުގެ ޝަރުޠުތައް:

  1. މަޤާމުގެ މަސައްކަތާ ގުޅުންހުރި ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސެޓްފިކެޓް 4 ނުވަތަ އެޑްވާންސްޑް ސެޓްފިކެޓެއް ހާސިލްކޮށްފައިވުން.

ނުވަތަ،

   2. މަތީ ސާނަވީ ނުވަތަ އެއާ އެއްފެންވަރުގެ އިމްތިހާނަކުން 2 މާއްދާއިން ދަށްވެގެން 'އީ' ގްރޭޑް ލިބިފައިވުމާއެކު،  'ސެކަންޑްރީ ސްކޫލް' ނުވަތަ 'ހަޔަރ ސެކަންޑްރީ ސްކޫލް' ސެޓްފިކެޓް އިމްތިހާނުގައި 'ދިވެހި' މިމާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން.

މަޤާމްގެ ތަޢުލީމާ ރޮނގުތައް:

  1. އެކައުންޓިންގ 
  2. އެޑްމިނިސްޓްރޭޝަން 
  3. އެގްރިކަލްޗަރަލް ސައިންސް 
  4. އެންތްރޯޕޮލޮޖީ 
  5. އާކިޓެކްޗަރ 
  6. ބިލްޑިންގ މެއިންޓެނަންސް 
  7. ބިޒްނަސް 
  8. ބިޒްނަސް އެޑްމިނިސްޓްރޭޝަން 
  9. ބިޒްނަސް މެނޭޖްމަންޓް 
  10. ސިވިލް އިންޖިނިއަރިންގ 
  11. ކޮމާރސް 
  12. ކޮމިޔުނިޓީ ޑިވެލޮޕްމަންޓް 
  13. ކޮމްޕިއުޓަރ ސައިންސް 
  14. ކައުންސިލް އެޑްމިނިސްޓްރޭޝަން 
  15. ކަލްޗަރ އެންޑް ހެރިޓޭޖް 
  16. ޑިމޮގްރަފީ 
  17. ޑިވެލޮޕްމަންޓް ސްޓަޑީޒް 
  18. ދިވެހި ލެންގްއޭޖް 
  19. އިކޮނޮމިކްސް 
  20. އެޑިއުކޭޝަން 
  21. އިލެކްޓްރިކަލް އެންޑް އިލެކްޓްރޯނިކްސް 
  22. އިލެކްޓްރިކަލް އިންސްޓޮލޭޝަން އެންޑް މެއިންޓެނަންސް 
  23. އިލެކްޓްރީޝަން 
  24. އިލެކްޓްރޯނިކަލް ޓެކްނޯލޮޖީ 
  25. އިލެކްޓްރޯނިކްސް އެންޑް ކޮމިއުނިކޭޝަން ޓެކްނީޝަން 
  26. އިލެކްޓްރޯނިކްސް ޓެކްނޮލޮޖީ 
  27. އިންޖިން ރިޕެއަރ އެންޑް މެއިންޓަނަންސް 
  28. އެންވަޔަރަންމަންޓަލް ސައިންސް 
  29. ފައިނޭންސް 
  30. ގަވަރނަންސް 
  31. ގަވަރނަންސް އެންޑް ޑިވެލޮޕްމަންޓް 
  32. ހެވީ މެޝިން އޮޕަރޭޝަންސް 
  33. ހޮސްޕިޓަލިޓީ އެންޑް ޓޫރިޒަމް 
  34. ހިއުމަން ރިސޯސް 
  35. އިންފޮމޭޝަން ޓެކްނޮލޮޖީ 
  36. އިންޓަނޭޝަނަލް ރިލޭޝަންސް 
  37. ލޯ 
  38. ލީޑަރޝިޕް 
  39. ލައިބްރަރީ ސައިންސް 
  40. ލޯކަލް ގަވަރނަންސް 
  41. މެއިންޓެނަންސް އެންޑް އިލެކްޓްރިކަލް އިންޖިނިއަރިންގ 
  42. މެއިންޓެނަންސް އިންޖިނިއަރިންގ 
  43. މެއިންޓަނަންސް އިންޖިނިއަރިންގ މެނޭޖްމަންޓް 
  44. މެނޭޖްމަންޓް 
  45. މެރީން ސައިންސް 
  46. މާކެޓިންގ 
  47. އޮފީސް އެޑްމިނިސްޓްރޭޝަން 
  48. ޕޮލިސީ ސްޓަޑީޒް 
  49. ޕޮލިޓިކަލް ސައިންސް 
  50. ޕްރޮޖެކްޓް މެނޭޖްމަންޓް 
  51. ޕަބްލިކް އެޑްމިނިސްޓްރޭޝަން 
  52. ޕަބްލިކް މެނޭޖްމަންޓް 
  53. ޕަބްލިކް ޕޮލިސީ 
  54. ޕަބްލިކް ރިލޭޝަންސް 
  55. ރިލިޖަސް ސަރވިސަސް 
  56. ޝަރީޢާ އެންޑް ލޯ 
  57. ސޯޝަލް ސައިންސް 
  58. ސޯޝަލް ވޯރކް 
  59. ސޯޝިއޮލޮޖީ 
  60. ސްޕޯޓްސް މެނޭޖްމަންޓް 
  61. ސްޓެޓިސްޓިކްސް 
  62. ސްޓްރަކްޗަރަލް އިންޖިނިއަރިންގ 
  63. ސަސްޓެއިނަބަލް ޑިވެލޮޕްމަންޓް 
  64. އަރބަން ޕްލޭނިންގ 
  65. އާބަން ސްޓަޑީޒް

މަޤާމްގެ މަސައްކަތުގެ ދާއިރާތައް:

  • އެޑްމިނިސްޓްރޭޝަނާގުޅޭ ފަންނީ މަސައްކަތްތަކާއި ދިރާސާ ކުރުމުގެ މަސައްކަތްތަކާއި އިދާރީ މަސައްކަތްތައް.

ހުށަހަޅަންޖެހޭ ލިޔުންތައް:

 

  1. ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި އިދާރާގެ ވެބްސައިޓުންނާއި ކައުންޓަރުން އަދި ތިރީގައިވާ ލިންކުން ލިބެންހުންނާނެއެވެ.)  https://www.csc.gov.mv/download/2023/51/Annex%202%20-%20Application%20form1pnd4eve.a2u.docx
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް).
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތުހަމަވެފައިވީ ނަމަވެސް) ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާ ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ)  މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ

(ށ)  ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

   6. މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ތިރީގައިވާ މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ:

(ހ)   ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ)   ސިވިލް ސަރވިސްގެ ތަޖުރިބާގެ ތެރެއިން https://myaccount.csc.gov.mv/ އިން ފެންނަންނެތް ތަޖުރިބާގެ މުއްދަތުތައް ހާމަކޮށްދިމުގެ ގޮތުން އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ނ)   އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ރ)  ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.)

(ބ)  ދަޢުލަތުގެ އުވައިލައިފައިވާ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ރެކްރޫޓްމަންޓް އުޞޫލުގެ ޖަދުވަލު 8 ގައިވާ "އުވާލާފައިވާ ތަންތަނުގެ ތަޖުރިބާ އަންގައިދޭ ރެފަރެންސް ޗެކްފޯމް".

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

1. އަސާސީ ޝަރުތުހަމަވުން – (%30)

2. އަސާސީ ޝަރުތަށްވުރެ އިތުރަށް ލިބިފައިވާ ތަޢުލީމު – (% 05)

3. އަސާސީ ޝަރުތަށްވުރެ އިތުރަށް ލިބިފައިވާ ތަޖުރިބާ – (% 05)

4. އެސެސްމަންޓް (އިމްތިހާން ނުވަތަ ޕްރެކްޓިކަލް) – (% 25)

5. އިންޓަރވިއު – (% 35)

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 23 ސެޕްޓެމްބަރު 2026 ގެ 14:00 ގެ ކުރިން، މާލެއަތޮޅު ކާށިދޫ ކައުންސިލްގެ އިދާރާ އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީ-މެއިލް [email protected] މެދުވެރިކޮށް ވެސް ބަލައިގަނެވޭނެއެވެ. އީމެއިލް މެދުވެރިކޮށް އެޕްލިކޭޝަން ފޮނުވާއިރު އެޕްލިކޭޝަން ފޯމާއިއެކުހުށަހަޅާ ހުރިހާ ޑޮކިއުމަންޓެއް އެއް ފައިލްއަކަށް ޕީ.ޑީ.އެފް ކުރުމަށްފަހު، އީމެއިލްކުރެއްވުމަށް ދަންނަވަމެވެ.

އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

 

ޝޯޓްލިސްޓުކުރުން:

 

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓު ލިބޭފަރާތްތައް ޝޯޓްލިސްޓުކުރެވޭނެއެވެ.

 

އިންޓަރވިއު (އިމްތިޙާނާއި ޕްރެޒެންޓޭޝަން އޮންނަ ނަމަ، އެ ބައި ވެސް ހިމެނުން) އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އަދި އިމްތިހާން އޮންނާނީ، 27 ސެޕްޓެމްބަރު 2026 އާއި 12 އޮކްޓޯބަރު 2026 އާ ދެމެދު، މާލެއަތޮޅު ކާށިދޫ ކައުންސިލްގެ އިދާރާ ގައެވެ.

"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކުރުން

އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކޮށް ފެންނާނެހެން މި އިދާރާގައި އަދި އިދާރާގެ ވެބްސައިޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ޝީޓު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ.

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6640996 ނުވަތަ 6645377 އަށެވެ. އީ-މެއިލް ކުރާނީ [email protected]  އަށެވެ.

ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލުތަކާ ގުޅުންހުރި އެންމެހައި ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ އުޞޫލުތައް > "ރެކްރޫޓްމެންޓް އުޞޫލު" (https://www.csc.gov.mv/Policy/Index/51) އިން ލިބެން ހުންނާނެއެވެ.

17 ސެޕްޓެންބަރު 2026