ދިވެހިރާއްޖެ
އިޢުލާން
ވަޒީފާގެ ފުރުޞަތު:
މަޤާމް: |
އެޑްމިނިސްޓްރޭޓަރ |
||
މަޤާމް ނަންބަރު: |
188-OD/22/2016/9 |
ބޭނުންވާ އަދަދު: |
1 (އެކެއް) |
މަޤާމުގެ ރޭންކް: |
އެމް. އެސް. 3 |
މަޤާމުގެ ކްލެސިފިކޭޝަން: |
ސ. ޓެކްނިކަލް އޮފިސަރ ގްރޭޑް 1 |
މަޤާމުގެ ގިންތި: |
ދާއިމީ |
ސެކްޝަން: |
އެޑްމިން |
މުސާރަ: |
-/7035 ރުފިޔާ |
މަސައްކަތްކުރަންޖެހޭ އޮފީސް: |
ގާފަރު ސްކޫލް، ކ. ގާފަރު |
މަޤާމުގެ ޝަރުޠުތައް: |
|
||
މަޤާމުގެ މަސްއޫލިއްޔަތު
|
1- ސަރުކާރުގެ ފައިސާއާބެހޭ އާންމު ގަވާއިދުތަކާއި ހަމަތަކުގެމަތިން ސްކޫލަށް ބޭނުންވާ ހުރިހާ ޚަރަދުތަކެއް ކުރަމުން ގެންދެވޭގޮތް ބެލުމާއެކު، މި ޚަރަދުތައް ކުރެވޭގޮތާއި ޚަރަދުތައް ހިނގާ ނުހިގާގޮތް ބެލެހެއްޓުން. 2- އެ އަހަރަކަށް ހަމަޖެހިފައިވާ ބަޖެޓުން ޚަރަދުތައް ހަމަޖެއްސޭތޯ ބެލުމުގެގޮތުން ކުރެވެންހުރި ހުރިހާ މަސައްކަތްތަކެއް ކުރުން. 3- ސްކޫލުގެ ބަޖެޓަށް ބޭނުންވާ ފައިސާ ބަޖެޓަށް އިތުރުކުރުމުގެގޮތުން ނުވަތަ އެއް އައިޓަމުން އަނެއް އައިޓަމަށް ބަދަލުކުރުމުގެގޮތުން ކުރަންޖެހޭ ކަންތައްތައް، ޕްރިންސިޕަލްގެ އިރުޝާދުގެދަށުން ކުރުން. 4- ސްކޫލުގެ މުވައްޒަފުންނާއި ޓީޗަރުންނަށް މުސާރައާއި އެހެނިހެން ފައިސާ ދިނުމާ ގުޅޭގޮތުން ވެރިއެއްގެ ހައިސިއްޔަތުން ބަލަހައްޓަންޖެހޭ ކަންތައްތައް ބެލެހެއްޓުން. 5- ކުރިއަށް އޮންނަ އަހަރަށް ލަފާކުރާ ބަޖެޓް ތައްޔާރުކުރުން 6- ސްކޫލުގެ އިދާރީ ކަންކަމާ ގުޅޭ މަސައްކަތްތައް ޕްރިންސިޕަލްގެ އިރުޝާދުގެދަށުން ހިންގުމާއި، އެކަންކަން ހަރުދަނާކުރުމަށް ކުރެވެންހުރި މަސައްކަތްތައް ކުރުން. 7- ކިޔަވައިދިނުމާ ސީދާ ގުޅުމެއްނެތް އެންމެހައި މުވައްޒަފުންގެ މަސައްކަތްތައް ބެލެހެއްޓުން. 8- ސްކޫލަށް ހޯދޭ މުދަލާއި ތަކެތީގެ އިންވެންޓްރީއާއި ސްޓޮކްގެ އެންމެހައި ކަންތައް ބެލެހެއްޓުން. 9- ސްކޫލުގެ އެންމެހައި އިމާރާތްތައް މަރާމާތުކުރުވުމާއި ބެލެހެއްޓުން. 10- ސްކޫލުގެ އެންމެހައި އިމާރާތްތަކާއި ގޯތިތެރެ އަބަދުވެސް ސާފުތާހިރުކޮށް ބޭއްވުމުގެ އިންތިޒާމުތައް ހަމަޖެއްސުން. 11- ސްކޫލުގެ އިމާރާތްތަކާއި ތަކެތި އެކިފަރާތްތަކަށް ކުއްޔަށް ދޫކުރުމާ ގުޅޭގޮތުން ކުރަންޖެހޭ ކަންތައްތައް ކުރުވުން. |
||
އިތުރު އެލަވަންސްތައް: |
- ސަރވިސް އެލަވަންސްގެގޮތުގައި މަހަކު -/2،000 ރުފިޔާ ލިބޭނެއެވެ. - އިތުރުގަޑީގައި މަސައްކަތްކުރާނަމަ، ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ. |
||
ވަޒީފާއަށް އެންމެ ޤާބިލް މީހަކު ހޮވުމަށް ބެލޭނެ ކަންކަން: |
|
||
އިންޓަވިއުކުރުން: |
މި މަޤާމަށް މީހަކު ނެގުމަށް ހަމަޖެހިފައިވަނީ ސަރުޠު ފުރިހަމަވާ ފަރާތްތަކާ އިންޓަވިޔު ކުރުމަށްފަހުގައެވެ. އިންޓަވިޔު އޮންނާނީ، އިޢުލާނުގެ މުއްދަތު ހަމަވާތާ 7 ދުވަހުގެ ތެރޭގައި ގާފަރު ސްކޫލުގައެވެ. |
||
ސެޓްފިކެޓްތަކާ ލިޔެކިޔުންތައް އެޓެސްޓްކުރުން: |
ވަޒީފާއަށް އެދި ހުށަހަޅާ ހުރިހާ ލިޔެކިޔުންތައް އެޓެސްޓްކުރުން އޮންނާނީ، އިންޓަވިއުކުރާ ފަރާތްތަކަށް އެކަންޏެވެ. ވީމާ، އިންޓަވިއުއަށް ހޮވޭ ފަރާތްތަކުން ހުރިހާ ލިޔެކިޔުންތަކުގެ އަސްލު ގެންނަންވާނެއެވެ. |
||
ހުށަހަޅަންޖެހޭ ލިޔުންތައް:
|
|
||
މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި: |
މި ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ، ގާފަރު ސްކޫލުގެ އޮފީހަށެވެ. ފޯމާއި ތަކެތި ހުށަހެޅުމުގެ ސުންގަޑިއަކީ، 2016 ފެބުރުވަރީ 22 ވާ ހޯމަދުވަހުގެ 14:00 އެވެ. |
||
އިތުރު މަޢުލޫމާތު: |
އިތުރު މަޢުލޫމާތު ސާފުކުރުމަށް، ރަސްމީ ގަޑީގައި، މި ސްކޫލުގެ 6640577 ނަންބަރު ފޯނާ ގުޅުން އެދެމެވެ. |
2 ޖުމާދުލްއޫލާ 1437