ދިވެހިރާއްޖެ
އިޢުލާން
ތިނަދޫ ސިޓީން ދޫކުރުމަށް ހަމަޖެހިފައިވާ ކޮންޑިޝަނަލް ގޯތި ތަކުގެ ތެރެއިން ނުދެވި ހުރި 24 ގޯތި ދޫކުރުން
ތިނަދޫ ސިޓީން ދޫކުރުމަށް ހަމަޖެހިފައިވާ 200 ކޮންޑިޝަނަލް ގޯތީގެ ތެރެއިން ނުދެވި ބާކީ ހުރި 24 ގޯތި ޕޮއިންޓް ލިބުނު ތަރުތީބުން ކެޓަގަރީ "އޭ" އިން ދޫކުރުމަށް 13 ޖުލައި 2026ވަނަ ދުވަހު ބޭއްވުނު ކައުންސިލްގެ 05 ވަނަ ދައުރުގެ 08 ވަނަ ބައްދަލުވުމުން ވަނީ ނިންމަވާފައެވެ. މިގޮތުން 74 ޕޮއިންޓަށްވުރެ މަތިން ލިބިފައިވާ ފަރާތްތަކަށް (75 ޕޮއިންޓް ލިބިފައިވާ 11 ފަރާތާއި ، 74 ޕޮއިންޓް ލިބިފައިވާ 11 ފަރާތް) ގޯތި ލިބޭނެކަން މިހާރު ވަނީ ޔަޤީންކުރެވިފައެވެ.
އެހެންކަމުން، ކެޓަގަރީ "އޭ" އިން 73 ޕޮއިންޓް ލިބިފައިވާ 07 ފަރާތުގެ ތެރެއިން ބާކީ އޮތް 02 ގޯތި ލިބޭ ފަރާތްތައް ކަނޑައެޅުމަށްޓަކައި ބާއްވާ ޚާއްޞަ ގުރުއަތުލުން ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.
އަދި މި ގުރުއަތުލުމަށްފަހު، ގޯތި ލިބޭ ފަރާތްތަކަށް ގޯތި ލިބޭ ސަރަޙައްދު (ލޮކޭޝަން) ކަނޑައެޅުމުގެ ގުރުއަތުލުން ވެސް ކުރިއަށްދާނެއެވެ
ގުރުއަތުލުމުގައި ބައިވެރިވުމަށް:
1- ގުރުއަތުލުމަށް ހާޟިރުވާ ފަރާތަކީ ގޯއްޗަށް އެދުނު ފަރާތް ނޫންނަމަ، އެ ފަރާތަކީ ބަދަލުގައި ފޮނުވާފައިވާ ފަރާތެއްކަން އަންގައިދޭ ލިޔުމަކާއި ( ބަދަލުގައި ފޮނުވާ ފަރާތުގެ އައިޑީކާޑުގެ ސާފު ކޮޕީ) ގޯތި ލިބޭ ފަރާތުގެ އައިޑީކާޑުގެ ސާފު ކޮޕީއެއް ގެންނަން ވާނެއެވެ.
2-ގުރުއަތުލުމަށް ހާޟިރު ނުވެވޭނަމަ ނުވަތަ ބަދަލުގައި މީހަކު ނޮފޮނުވޭނަމަ ، ގުރުއަތުލުން ކުރިއަށް ގެންގޮސް ނިންމާނީ ތިނަދޫ ސިޓީ ކައުންސިލުގެ ބެލުމުގެ ދަށުންނެވެ.
މި ގުރުއަތުލުން އޮންނާނީ 2026 ސެޕްޓެމްބަރ 22 ވާ އަންގާރަ ދުވަހުގެ 10:00ގައި ތިނަދޫ އާބާދީ މަރުކަޒުގައެވެ.
ވީމާ، މި ކަން އާންމުކޮށް އަންގައި އިޢުލާންކުރަމެވެ.