ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)263/263/2026/68
ޕަބްލިޝްކުރި ތާރީޚް: 17 ސެޕްޓެންބަރު 2026
ޕަބްލިޝްކުރި ގަޑި: 09:33
ސުންގަޑި: 27 ސެޕްޓެންބަރު 2026 14:00
ތިލަދުންމަތީ ދެކުނުބުރީ ނެއްލައިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ޕޭސްޓްރީ ކޯހުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލުން

ޕޭސްޓްރީ ކޯހުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލުން

ހދ. ނެއްލައިދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ ފަރާތުން އިންތިޒާމުކޮށްގެން، 2026 އޮކްޓޫބަރު 04 ގައި ޕޭސްޓްރީ ކޯހެއް ހިންގުމަށް ވަނީ ހަމަޖެހިފައެވެ. މި ކޯހުގައި ތަފާތު 30 ވައްތަރެއްގެ ޕޭސްޓްރީ ތައްޔާރުކުރާނެ ގޮތް ދަސްކޮށްދެވޭނެއެވެ. ކޯހުގައި އުނގަންނައިދެވޭނެ ބައިތަކުގެ ތަފްޞީލު ތިރީގައިވާ ލިންކު މެދުވެރިކޮށް ލިބިވަޑައިގަންނަވާނެއެވެ. މި ކޯހުގައި ޢަމަލީ ގޮތުން ޕޭސްޓްރީ ހެދުމަށް ބޭނުންވާ އެންމެހައި ތަކެތި ފޯރުކޮށްދޭނީ ކޯސް އިންތިޒާމުކުރާ ފަރާތުންނެވެ. އަދި މި ކޯހުގައި ކިޔަވައިދެއްވާނީ "ކްރިއޭޓިވް ޕްރޮޑަކްޓްސް" ގެ ފަރާތުން ފާޠިމަތު ނާޝިދާއެވެ. މި ކޯހުގެ ބައިވެރިއެއްގެ އަތުން ކޯސް ފީއެއްގެ ގޮތުގައި ނެގުމަށް ހަމަޖެހިފައިވަނީ -/1500ރ (ފަނަރަސަތޭކަ ރުފިޔާ) އެވެ.

ވީމާ، މި ކޯހުގައި ބައިވެރިވެލައްވަން އެދިވަޑައިގަންނަވާ ފަރާތްތަކުން 2026 ސެޕްޓެންބަރު 27 ވާ އާދިއްތަ ދުވަހުގެ 14:00 ގެ ކުރިން، ތިރީގައިވާ ރަޖިސްޓްރޭޝަން ލިންކު މެދުވެރިކޮށް ފޯމު ފުރުއްވައި ނަންނޯޓު ކުރެއްވުން އެދެމެވެ

ވީމާ، މިކަން އާންމުކޮށް އެންގުމަށްޓަކައި ޢިއުލާން ކުރީމެވެ.

 

ކޯހުގައި ކިޔަވައިދެވޭނެ ބައިތަކުގެ ތަފްސީލް: https://gofile.me/7bF7a/yBw6bRdqD

ކޯހުގައި ބައިވެރިވުމަށް ނަން ނޯޓުކުރެއްވުމަށް:  ޕޭސްޓްރީ ކޯހުގައި ބައިވެރިވުމަށް އެދޭ ފޯމް – Fill out form

17 ސެޕްޓެންބަރު 2026