ދިވެހިރާއްޖެ
ޕްރިންސިޕަލް އެޑްވައިޒަރ ލައިސަންސްދޫކުރުން
އަންނަނިވި ތާވަލުގައި ބަޔާންކޮށްފައިވާ ފަރާތަށް 16 ސެޕްޓެމްބަރު 2026 އިން ފެށިގެން 5 (ފަހެއް) އަހަރު ދުވަހަށް، ޤާނޫނު ނަންބަރު 2006/2 (ދިވެހިރާއްޖޭގެ މާލީ ސެކިއުރިޓީޒްއާބެހޭ ޤާނޫނު)ގެ ދަށުން،ޕްރިންސިޕަލް އެޑްވައިޒަރ ލައިސަންސް ދޫކޮށްފައިވާކަން، އާންމުކޮށް އަންގައި އިޢުލާން ކުރަމެވެ.
|
# |
ލައިސަންސްގެ ބާވަތް |
ލައިސަންސް ލިބިފައިވާފަރާތް |
|
1 |
ޕްރިންސިޕަލް އެޑްވައިޒަރ ލައިސަންސް |
މޯރޓީޒާ ކެޕިޓަލް ލިމިޓެޑް (FC-0007/2016) |
މީގެ އިތުރުން، މިއޮތޯރިޓީ އިން ދޫކޮށްފައިވާ ލައިސަންސް ލިބިގެން މިހާރު މާރކެޓުގައި ހަރަކާތްތެރިވަމުންދާ އެންމެހާ ފަރާތްތަކުގެ މަޢުލޫމާތު، ލައިސަންސް ދޫކުރެވިފައިވާ ފަރާތްތައް؛ މި ނަމުގައި އޮތޯރިޓީގެ ވެބްސައިޓުގައި މި ކަމަށް ޚާއްޞަކުރެވިފައިވާ ސަފުހާގައި ހާމަކޮށްފައިވާނެ އެވެ.
05 ރަބީޢުލް އާޚިރު 1448