ވަޒީފާގެ ފުރުޞަތު
ނަންބަރު: 170-HR/I/2016/28
ޕަބްލިޝްކުރި ތާރީޚް: 16 ފެބުރުވަރީ 2016
ޕަބްލިޝްކުރި ގަޑި: 14:50
ސުންގަޑި: 28 ފެބުރުވަރީ 2016 12:00
ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީ
ދިވެހިރާއްޖެ
ސީނިއަރ އެޑްމިނިސްޓްރޭޓިވް އޮފިސަރ

އިޢުލާން

ވަޒީފާގެ ފުރުޞަތު:

މަޤާމު:

ސީނިއަރ އެޑްމިނިސްޓްރޭޓިވް އޮފިސަރ

ބޭނުންވާ އަދަދު: 1 (އެކެއް)

މުސާރަ:

މަހަކު -/6،295 ރުފިޔާ

ސަރވިސް އެލަވަންސް:

މަހަކު -/2،250 ރުފިޔާ

އޮފީސް:

 ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީ

މަޤާމުގެ ރޭންކް:

MS2-1

މަޤާމުގެ ކްލެސިފިކޭޝަން:

އޮފިސަރ ގްރޭޑް 2

 

 

މަޤާމުގެ ޝަރުޠުތައް:

  1. އެޑްމިނިސްޓްރޭޝަން/މެނޭޖްމަންޓުގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5/4 ގެ ސަނަދެއް ހާސިލުކޮށްފައިވުން.
  2. މަތީ ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'އީ' ގްރޭޑް ލިބިފައިވުމާއެކު، އޭގެ އިތުރުން، ހަޔަރ ސެކެންޑްރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން.
  3. ސާނަވީ އިމްތިޙާނުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައިވުމާއެކު، އޭގެ އިތުރުން، ސެކެންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުމާއެކު، އެޑްމިނިސްޓްރޭޝަން/މެނޭޖްމަންޓުގެ ދާއިރާއެއްގައި 4 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

 

 

 

 

 

މަޤާމުގެ މަސްއޫލިއްޔަތު:

  • އިދާރީ މުވައްޒަފުންނާ ގުޅޭ މަސައްކަތްތައް ރާވައި ހިންގުން.
  • މުވައްޒަފުންގެ ހާޒިރީއާއި، އިތުރުގަޑީގެ ހާޒިރީ ބެލެހެއްޓުމުގެ ކަންތައްތައް ސުޕަވައިޒްކުރުމާއި، ހާޒިރީއާއި އިތުރުގަޑިއާ ގުޅޭގޮތުން މުވައްޒަފުންނަށް ދިމާވާ މައްސަލަތައް ޙައްލުކުރުން.
  • ސެކްޝަނުގެ އެކިއެކި ބައްދަލުވުންތައް އިންތިޒާމުކުރުމާއި، އެ ބައްދަލުވުންތަކުގެ ޔައުމިއްޔާ ލިޔުން ފަދަ ކަންތައްތައް ބެލެހެއްޓުން.
  • ޑިއުޓީ ތާވަލުގައިވާގޮތުގެމަތިން އޮފީސް ހުޅުވައި ލެއްޕުން.
  • ހުރިހާ  ފެކަލްޓީތަކުން  މަޢުލޫމާތު  ހޯދައިގެން،  ޔުނިވަރސިޓީގެ  ޔައުމިއްޔާ  ޤަވާޢިދުން  ދުވަހުން  ދުވަހަށް ލިޔެ، އެ ޔައުމިއްޔާގައި ސޮއިކުރުވުމަށްފަހު ފައިލްކޮށް ބެލެހެއްޓުން.
  • މުވައްޒަފުން ތަމްރީނުކުރުމުގެ ކަންތައްތަކުގައި އެހީތެރިވުން.
  • މުވައްޒަފުންގެ އިތުރުގަޑީގެ ރިޕޯޓް ކޮންމެ މަހަކު ހެދުން.
  • އޮފީހަށް އަންނަ ސިޓީތަކާއި އެހެނިހެން ތަކެތި ބަލައިގަތުމާއި، ފޮނުވުމާއި، ސިޓީތަކާއި އެހިނެހެން ލިއުންތައް ލިޔެ ފޮނުވަންޖެހޭ ފަރާތަކަށް ފޮނުވުން.
  • ޔުނިވަރސިޓީގެ މީޓިންގތައް ކަނޑައެޅިފައިވާ ދުވަސްތަކުގައި ހާޒިރުވުން.
  • ސަލާމްބުނާ މުވައްޒަފުންނާއި އަހަރީ ޗުއްޓީގައި ތިބޭ މުވައްޒަފުންގެ މަސައްކަތް، ވެރިން އަންގަވާގޮތެއްގެމަތިން ކުރުން.
  • މަތީގައިވާ ކަންތައްތަކުގެ އިތުރުން، ޔުނިވަރސިޓީގެ ރަސްމީ މަސައްކަތްތަކާ ގުޅޭގޮތުން ހަވާލުކުރެވޭ ކަންތައްތައް ކުރުން.

އުޖޫރައާއި ޢިނާޔަތްތައް:

އިތުރުގަޑީގައި މަސައްކަތްކުރާނަމަ، ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ.

ސިޓީއާއެކު ހުށަހަޅަންޖެހޭ ލިޔެކިޔުންތައް:

  • މި ޔުނިވަރސިޓީގެ ވަޒީފާއަށް އެދޭ ފޯމު (މި ޔުނިވަރސިޓީގެ ރިސެޕްޝަނުން މި ފޯމު ލިބެން ހުންނާނެއެވެ.)
  • ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ސާފު ކޮޕީ (އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑު ޖަހާފައިވާ އަސްލު)
  • ވަޒީފާގައި އުޅޭ ނުވަތަ އުޅެފައިވާ ފަރާތެއްނަމަ، އަދާކުރާ ނުވަތަ އަދާކުރި ވަޒީފާގެ މަސްއޫލިއްޔަތު އެނގޭނެ ރަސްމީ ލިޔުމެއް (އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑު ޖަހާފައިވާ އަސްލު)
  • ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ މަސައްކަތް ބެލެހެއްޓި ސުޕަވައިޒަރަކު، އެފަރާތެއްގެ މަސައްކަތާމެދު ދެކޭގޮތުގެ ލިޔުމެއް.
  • ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކާއި ޓްރާންސްކްރިޕްޓްތަކުގެ ކޮޕީ (އެކްރިޑިޓްކޮށްފައިވާ ސަނަދާއި، އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހަކުން ތައްގަނޑު ޖަހާފައިވާ އަސްލު)
  • ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއެކު)

ނޯޓް:

  • އިޢުލާނުގެ މުއްދަތުގެ ތެރޭގައި ފޮނުވާ އެއްވެސް އެޕްލިކޭޝަނަކަށް، އިޢުލާނުގެ މުއްދަތު ހަމަނުވަނީސް ޢަމަލެއް ނުކުރާނެއެވެ.
  • އިޢުލާނުގައި ބަޔާންކުރެވިފައިވާ ހުރިހާ ލިޔެކިޔުންތައް އެޕްލިކޭޝަނާއެކު ފޮނުވަން ޖެހޭނެއެވެ.
  • އިޢުލާނުގައި ބަޔާންކޮށްފައިވާ ލިޔެކިޔުންތައް ފުރިހަމަނުވާ އެޕްލިކޭޝަންތައް ބާޠިލުވާނެއެވެ.
  • އިންޓަވިޔު ކުރެވޭނީ، އިޢުލާނުގައި ބަޔާންކުރެވިފައިވާ މަޤާމަށް ޝަރުޠު ހަމަވާ ކެންޑިޑޭޓުންގެ ތެރެއިން ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކާ އެކަންޏެވެ.
  • މަޤާމަށް ނުހޮވޭ ކެންޑިޑޭޓުންނަށް ސިޓީ ފޮނުވޭނީ، އިންޓަވިއުކޮށް ނިމުމަށް ފަހުގައެވެ.
  • މި  މަޤާމަށް  ހޮވޭ  މުވައްޒަފަކު  މަސައްކަތްކުރަން  ޖެހޭނީ،  ހެނދުނު  8:00 އާއި 23:00 އާ ދެމެދުގައި، 7 ގަޑިއިރުއެވެ.

ސިޓީ ފޮނުވަންވީ ތާރީޚު:   

2016 ފެބުރުވަރީ 28 ވަނަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން، ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީއަށް.

އިތުރު މަޢުލޫމާތު:

  • މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ، 3322718 ނަންބަރު ފޯނާއެވެ.
  • މި މަޤާމަށް ހޮވޭ ކެންޑިޑޭޓަކު ވަޒީފާއަށް ނުކުންނަ ތާރީޚުން ފެށިގެން ފުރަތަމަ 3 މަސްދުވަސް ބެލޭނީ، ވަޒީފާގެ ޕްރޮބޭޝަން މުއްދަތުގެ ގޮތުގައެވެ. މި މުއްދަތުގެ ތެރޭގައި، މުވައްޒަފުގެ މަސައްކަތުގެ ފެންވަރާއި، މަސައްކަތްތަކުގެ އަޚުލާޤަށް ބަލައި،  އެއްވެސް ނޯޓިހެއް ދިނުމަކާނުލައި، ވަޒީފާގެ އެއްބަސްވުން އުވާލައި، މުވައްޒަފު ވަޒީފާއިން ވަކިކުރުމުގެ އިޚުތިޔާރު ޔުނިވަރސިޓީއަށް ލިބިގެންވެއެވެ.

7 ޖުމާދަލްއޫލާ 1437

16 ފެބުރުވަރީ 2016