މަސައްކަތް
ނަންބަރު: 598-A/2026/16
ޕަބްލިޝްކުރި ތާރީޚް: 16 ސެޕްޓެންބަރު 2026
ޕަބްލިޝްކުރި ގަޑި: 14:11
ސުންގަޑި: 23 ސެޕްޓެންބަރު 2026 10:30
މާލެއަތޮޅު ގުރައިދޫ މެޖިސްޓްރޭޓް ކޯޓު
ދިވެހިރާއްޖެ
މި ކޯޓުގެ ކުޑަދޮރުތަކުގައި ބްލައިންޑްސް ހަރުކުރުން

އަންދާސީ ހިސާބު ބޭނުންވެއްޖެ

 

މިކޯޓުގެ ކުޑަދޮރުތަކުގައި އަމިއްލަތަކެތީގައި ބްލައިންޑްސް ހަރުކޮށްދޭނެ ފަރާތެއް ހޯދަން ބެނުންވެއެވެ.

މިމަސައްކަތްތައް ކޮށްދެއްވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2026 ސެޕްޓެމްބަރ 23 ވާ ބުދަ ދުވަހުގެ ހެނދުނު 10:30 އަށް މިކޯޓަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2026 ސެޕްޓެމްބަރ 28 ވާ ހޯމަ ދުވަހުގެ ހެނދުނު 11:00 އަށް މިކޯޓަށް ދުރުވެ އަންދާސީ ހިސާބު ހުށަހެޅުއްވުންއެދެމެވެ. ގަޑިޖެހުމަށްފަހު ހުށައަޅުއްވާ އަންދާސީ ހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ. މިއިޢުލާނާ ގުޅިގެން އަންދާސީ ހިސާބު ހުށަހެޅުމަށް ފުރުސަތު ހުޅުވާލެވިފައިވަނީ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު: 2014/18) ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށާއި އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަންބަރު: 2014/19) ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށެވެ.

މިމަސައްކަތާއި ގުޅިގެން އިތުރު މަޢުލޫމާތެއް ސާފުކުރެއްވުމަށް ބޭނުންވެލައްވާނަމަ، ރަސްމީގަޑީގައި މިކޯޓުގެ ނަންބަރު 6640332 ފޯނާއި ގުޅުއްވުންއެދެމެވެ.

16 ސެޕްޓެންބަރު 2026