ދިވެހިރާއްޖެ
ރ.ރަސްމާދޫމެޖިސްޓްރޭޓްކޯޓުގެފާޙާނާރަށުގެނަރުދަމާނިޒާމާއިއަމިއްލަތަކެތީގައިގުޅުއިދިނުމުގެމަސައްކަތުގެއަގު (ކޯޓޭޝަން) ހުށަހެޅުމުގެދަޢުވަތު
މިކޯޓުގެ ގޯތިތެރޭގައި ސަބްޖަންކްޝަނަކާއި ނެޓް ޖަންކްޝަނެއް ބަހައްޓައި ކޯޓުގެ ފާޚާނާތައް ރަށުގެ ނަރުދަމާ ނިޒާމާއި އަމިއްލަ ތަކެތީގައި ގުޅައިދިނުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.
މި މަސައްކަތްކުރުމަށް ޝައުޤުވެރިވާ ފަރާތްތަކުން، މި އިއުލާނާއި އެޓޭޗްކުރެވިފައިވާ މަޢުލޫމާތު ކަރުދާހުގައިވާ ގޮތަށް މި މަސައްކަތް ކޮށްދޭނެ އަގު އަދި މުއްދަތު އެނގޭނެގޮތަށް ކޯޓޭޝަން ހުށަހެޅުން އެދެމެވެ.
މިމަސައްކަތަށް ކޯޓޭޝަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލެވިފައިވަނީ، ވިޔަފާރި ރަޖިސްޓަރީކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު: 18/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަންބަރު: 19/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށެވެ.
މިމަސައްކަތާއި ގުޅޭ މަޢުލޫމާތު ޝީޓް މިއިޢުލާނާއެކު އެޓޭޗް ކުރެވިފައިވާނެއެވެ. ކޯޓޭޝަން ބަލައިގަތުމަށް ހަމަޖެހިފައިވަނީ 2026 ސެޕްޓެންބަރު 24 ވަނަ ދުވަހުގެ 14:00 ގައި މިކޯޓުގައެވެ.
ވީމާ، މިމަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވެ ވަޑައިގަންނަވާ ފަރާތްތަކުން މަތީގައި ދެންނެވިފައިވާ ގަޑިއަށް މިކޯޓަށް ވަޑައިގެން ކޯޓޭޝަން ހުށަހެޅުއްވުން އެދެމެވެ.
16 ސެޕްޓެންބަރު 2026