ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)200-A/200/2026/59
ޕަބްލިޝްކުރި ތާރީޚް: 15 ސެޕްޓެންބަރު 2026
ޕަބްލިޝްކުރި ގަޑި: 21:10
ސުންގަޑި: 23 ސެޕްޓެންބަރު 2026 13:30
ވަޒީފާއާބެހޭ ޓްރައިބިއުނަލް
ދިވެހިރާއްޖެ
ލީގަލް އޮފިސަރ (ރަޖިސްޓްރޭޝަން އެންޑް ލީގަލް ޑިވިޜަން)

މަޤާމު:

ލީގަލް އޮފިސަރ

ބޭނުންވާ އަދަދު:

01

މަޤާމުގެ ގިންތި:

ދާއިމީ

މަޤާމުގެ ރޭންކު:

އީ.އެކްސް .1

ވަޒީފާ އަދާކުރަން ޖެހޭ ތަން:

ވަޒީފާއާބެހޭ ޓްރައިބިއުނަލް، ކ.މާލެ

މަސައްކަތްކުރަންޖެހޭ ޑިވިޜަން:

ރަޖިސްޓްރޭޝަން އެންޑް ލީގަލް ޑިވިޜަން

މުސާރަ:

10،500.00 ރުފިޔާ

ސަރވިސް އެލަވަންސް:

މުސާރައިގެ %25 (2،625.00 ރުފިޔާ)

ނޮން-ޕްރެކްޓިސް އެލަވަންސް:

މުސާރައިގެ %45 (4،725.00 ރުފިޔާ)

ލިވިންގ އެލަވަންސް:

3,000.00 ރުފިޔާ

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  1. ޓްރައިބިއުނަލަށް ބޭނުންވާ ޤާނޫނީ ދިރާސާތައް ކުރުމާއި ޤާނޫނީ ލިޔުންތައް ޑްރާފްޓްކުރުން.
  2. މަތީ މަރުޙަލާގެ ކޯޓުތަކުން ނިންމާ ނިންމުންތައް ބަލައި ދިރާސާކުރުން.
  3. އެމްޕްލޯއިމަންޓް ޑިސްޕިއުޓް ރިޒޮލިއުޝަން ޑިވިޜަނާއި އިންޑަސްޓްރިއަލް ޑިސްޕިއުޓް ރިޒޮލިއުޝަން ޑިވިޜަން އަދި ރަޖިސްޓްރޭޝަން ސެކްޝަނުގެ ލީގަލް އޮފިސަރުންގެ ޚިދުމަތް ނުލިބޭ ދުވަސްތަކުގައި ހަވާލުކުރެވޭ ގޮތެއްގެ މަތިން އެ މަޤާމެއްގެ ޒިންމަތަކާއި މަސްއޫލިއްޔަތުތައް އަދާކުރުން.
  4. ސަޕޯޓް ސަރވިސް ޑިވިޜަނުގެ އިދާރީ ކަންކަމުގައި ބޭނުންވާ ޤާނޫނީ އެހީތެރިކަން ފޯރުކޮށްދިނުން.
  5. އެމްޕްލޯއިމަންޓް ޑިސްޕިއުޓް ރިޒޮލިއުޝަން ޑިވިޜަނާއި އިންޑަސްޓްރިއަލް ޑިސްޕިއުޓް ރިޒޮލިއުޝަން ޑިވިޜަން އަދި ރަޖިސްޓްރޭޝަން އެންޑް ލީގަލް ޑިވިޜަނުގެ ލީގަލް އޮފިސަރެއްގެ މަސްއޫލިއްޔަތުތައް ޙަވާލުކުރުމުން، ޙަވާލުކުރެވޭ މުއްދަތަށް އެ މަޤާމުގެ މަސްއޫލިއްޔަތުތައް އަދާކުރުން.
  6. ޓްރައިބިއުނަލުގެ މައްސަލަތައް ޒަމާނާ އެއްގޮތަށް ހަލުވިކަމާއި ފުރިހަމަކަމާއެކު ބެލުމުގައި ޢަމަލުކުރެވޭނޭ ގޮތްތައް ހޯދައި، އެކަމާގުޅޭ ހުށަހެޅުންތައް ތައްޔާރުކޮށް، ކަމާ ގުޅުންހުރި ސެކްޝަންތަކަށް ހިއްސާކުރުން. 
  7. ސެކްޝަނުގެ މަސައްކަތްތަކާ ގުޅޭ ތަފާސްހިސާބު ރިޕޯޓްތައް ތައްޔާރުކުރުން.
  8. ޓްރައިބިއުނަލުން ބަލައި ނިންމާ މައްސަލަތަކުގެ މާސްޓަރ ފައިލް (ސޮފްޓް ފޯލްޑަރ އަދި މައްސަލަ ނިމުނުގޮތުގެ ރިޕޯޓު ހިމެނޭހެން) ރައްކާތެރިކަމާއެކު ފައިލްކޮށް ބެލެހެއްޓުން.
  9. އެހެން އިދާރާތަކުން ކޮމެންޓް ނުވަތަ ޚިޔާލަށް އެދި ހުށަހަޅާ އެކިއެކި ޤާނޫނީ ލިޔެކިޔުމަށް ކޮމެންޓްކުރުން.
  10. ޙަވާލުކުރެވޭ އެކިއެކި ލިޔުންތައް ޚުލާސާކުރުން، ތަރުޖަމާކުރުން އަދި އިމްލާ ކުށް ބެލުން.
  11. ޤާނޫނީ ދާއިރާއާ ގުޅުންހުރި ތަމްރީން ޕްރޮގްރާމްތަކާއި ހޭލުންތެރިކުރުވުމުގެ ޕްރޮގްރާމްތައް ރާވައި ހިންގުން.
  12. އެމްޕްލޯއިމަންޓް ޑިސްޕިއުޓް ރިޒޮލިއުޝަން ޑިވިޜަނާއި، އިންޑަސްޓްރިއަލް ޑިސްޕިއުޓް ރިޒޮލިއުޝަން ޑިވިޜަނާއި، ރަޖިސްޓްރޭޝަން އެންޑް ލީގަލް ޑިވިޜަނުގެ މުވައްޒަފުންގެ މަސައްކަތް މޮނީޓަރކޮށް އިވެލުއޭޓްކުރުމުގައި ރަޖިސްޓްރާރއަށް އެހީތެރިކަން ފޯރުކޮށްދިނުން.

މަޤާމުގެ ޝަރުޠުތައް:

 

  1. ޤާނޫނީ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 7 އިން ފެށިގެން މަތީ ސަނަދެއް ޙާޞިލުކޮށްފައިވުން.

 

ތަޢުލީމީ ދާއިރާ

  1. ޝަރީއާ އެންޑް ލޯ
  2. ލޯ

މަޤާމުގެ މަސައްކަތުގެ ދާއިރާތައް:

  1. ޤާނޫނީ ދާއިރާ

ހުށަހަޅަންޖެހޭ ލިޔުންތައް:

 

  1. ފުރިހަމަ ކޮށްފައިވާ ޓްރައިބިއުނަލުގެ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ ވެބްސައިޓުންނާއި، ޓްރައިބިއުނަލުގެ މަސައްކަތްތައް ހިންގާ އިމާރާތުގެ ކައުންޓަރުން އަދި ތިރީގައިވާ ލިންކުން ލިބެންހުންނާނެއެވެ.)

hthttps://employmenttribunal.gov.mv/wp-content/uploads/2026/02/Claim-Form-IDRD-FM-01-02.10.2025.docx

   2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް)

   3. ވަޒީފާއަށް އެދޭ ފަރާތުގެ މުއްދަތު ހަމަނުވާ ކާކުކަން އަންގާއިދޭ ފޮޓޯޖެހި ރަސްމީ ލިޔުމެއް (ދިވެހި          ރައްޔިތެއްކަން އަންގައިދޭ ކާޑު ނުވަތަ ޕާސްޕޯޓް) ގެ ކޮޕީ؛

   4.  ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ؛

(ހ) މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ

(ށ) ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

   5. މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ތިރީގައިވާ މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ:

(ހ) ދައުލަތުގެ އިދާރާއެއް ނުވަތަ ސަރުކާރު ހިއްސާވާ ކުންފުންޏެއް ނުވަތަ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ) ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްޢިއްޔާ ނުވަތަ ޖަމާޢަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.)

(ނ) ދައުލަތުގެ އުވައިލައިފައިވާ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމްޢިއްޔާ ނުވަތަ ޖަމާޢަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެން ނެތް ނަމަ، 'ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ ވަޒީފާތަކަށް މީހުން ހޮވުމާއި ޢައްޔަނުކުރުމުގެ އުޞޫލު 2024' ގެ ޖަދުވަލު 4 ގައިވާ "އުވާލާފައިވާ ތަންތަނުގެ ތަޖުރިބާ އަންގައިދޭ ރެފަރެންސް ޗެކްފޯމް".

(ރ) ވަޒީފާއާބެހޭ ޓްރައިބިއުނަލުގައި މަސައްކަތްކުރަމުންދާ މުވައްޒަފަކު، ޓްރައިބިއުނަލުގައި އަދާކުރަމުންދާ/އަދާކުރި މަޤާމާ ގުޅޭ ލިޔުންތައް ހުށަހަޅާކަށް ނުޖެހޭނެއެވެ.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

އަސާސީ ޝަރުތު ހަމަވުން

30

އަސާސީ ޝަރުތަށްވުރެ އިތުރަށް ލިބިފައިވާ ތަޢުލީމު

5

އަސާސީ ޝަރުތަށްވުރެ އިތުރަށް ލިބިފައިވާ ތަޖުރިބާ

5

އެސެސްމަންޓް

15

ޕްރެޒެންޓޭޝަން

10

އިންޓަވިއު

30

ޓްރައިބިއުނަލުގައި މަސައްކަތްކުރާ މުވައްޒަފުންނަށް އެޕްރައިޒަލްއަށް ބިނާކޮށް ދޭ މާރކްސް

5

ޖުމުލަ

100

 

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 23ސެޕްޓެންބަރު 2026 ގެ 13:30 ގެ ކުރިން، ވަޒީފާއާބެހޭ ޓްރައިބިއުނަލަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް [email protected] މެދުވެރިކޮށް ވެސް ބަލައިގަނެވޭނެއެވެ.

އިޢުލާން ޝާއިޢުކުރުމަށް ފަހު، އިޢުލާނުގެ މުއްދަތު ހަމަވާ ތާރީޚަކީ ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ކަނޑައެޅިއްޖެނަމަ، ދުވަސް އިތުރުކޮށް ޖެހިގެން އަންނަ ސަރުކާރު ރަސްމީ ދުވަހުގެ ރަސްމީ ގަޑި ހަމަވުމާ ހަމައަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

ޝޯޓްލިސްޓުކުރުން:

 

ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ޝަރުތު ހަމަވާ ފަރާތްތަކުގެ ޢަދަދު 08 (އަށެއް) އަށްވުރެ ގިނަ ނަމަ، 'ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ ވަޒީފާތަކަށް މީހުން ހޮވުމާއި ޢައްޔަނުކުރުމުގެ އުޞޫލު 2024' ގައި ކަނޑައަޅާފައިވާ ފަދައިން ޝޯޓްލިސްޓްކުރެވޭނެއެވެ.

"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް" އާންމުކުރުން

އިންޓަރވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 7 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލި ފަރާތްތަކަށް ޕޮއިންޓު ލިބުނުގޮތުގެ ޝީޓު" އާންމުކޮށް ފެންނާނެހެން ޓްރައިބިއުނަލުގެ ވެބްސައިޓުގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް" އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް، 'ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ ވަޒީފާތަކަށް މީހުން ހޮވުމާއި ޢައްޔަނުކުރުމުގެ އުޞޫލު 2024' ގައިވާ ގޮތުގެ މަތިން މި ޓްރައިބިއުނަލަށް ހުށަހަޅަންވާނެއެވެ.

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ މި ޓްރައިބިއުނަލުގެ ނަންބަރު 3027801 އަށެވެ. އަދި އީމެއިލް ކުރާނީ [email protected]  އަށެވެ.

ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ ވަޒީފާތަކަށް މީހުން ހޮވުމާއި ޢައްޔަނުކުރުމުގެ އުޞޫލު 2024' ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ ވެބްސައިޓު (https://employmenttribunal.gov.mv/) އިން ލިބެން ހުންނާނެއެވެ.

15 ސެޕްޓެންބަރު 2026