ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)D03-HC/2026/08
ޕަބްލިޝްކުރި ތާރީޚް: 15 ސެޕްޓެންބަރު 2026
ޕަބްލިޝްކުރި ގަޑި: 16:32
ސުންގަޑި: 23 ސެޕްޓެންބަރު 2026 14:00
ކެނދިކުޅުދޫ ޞިއްޙީ މަރުކަޒު
ދިވެހިރާއްޖެ
ހެލްތުކެއަރ އެޑްމިނިސްޓްރޭޝަން އޮފިސަރ ( ކަސްޓަމަރ ސާވިސް )

މި ސިއްޙީމަރުކަޒުގައި މަސައްކަތް ކުރެއްވުމަށް ޝައުގުވެރިވާ ފަރާތްތަކަށް މަރުޙަބާ ދަންނަވަމެވެ. މި ވަޒީފާއަށް ބޭނުންވަނީ މަސައްކަތަށް ޝައުގުވެރިކަން ހުރި ޤާބިލް ފަރާތެކެވެ.

 

 

މަޤާމު:

ހެލްތު ކެއަރ އެޑްމިނިސްޓްރޭޝަން އޮފިސަރ ( ކަސްޓަމަރ ސާރވިސް )

 

މަޤާމުގެ ނަންބަރު:

J-459483 – J-459482

 

ބޭނުންވާ އަދަދު:

2 (ދޭއް)

 

މަޤާމުގެ ގިންތި:

ދާއިމީ

 

މަޤާމުގެ ރޭންކު:

ރޭންކު 5 ސްޓެޕް 1

 

މަޤާމުގެ ކްލެސިފިކޭޝަން:

-

 

ވަޒީފާ އަދާކުރަން ޖެހޭ ތަން:

ކެނދިކުޅުދޫ ޞިއްޙީމަރުކަޒު، ނ. ކެނދިކުޅުދޫ ދިވެހިރާއްޖެ

 

މުސާރަ:

-/9700 ރ  

 

ސަރވިސް އެލަވަންސް:

-/2910 ރ  

 

އެހެނިހެން އެލަވަންސް:

1 ދިވެހި ރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން

2. ދައުލަތުގެ ޕޭފްރޭމް ވޯކުގެ މިންގަނޑުތައް (1 ނޮވެމްބަރ 2025 އެއްގޮތައް) އިތުރުގަޑީގެ ފައިސާއާއި އެހެނިހެން އިނާޔަތްތައް

3. ހާޒިރީ އިނާޔަތް : ހާޒިރުވާ ކޮންމެ ދުވަހަކަށް -/80 ރުފިޔާ  

 

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  1. އޮފީހަށް އަދި ރިސެޕްޝަނަށް އަންނަ ފޯންކޯލްތަކަށް ރީތިބަހުން ޖަވާބްދާރީ ވުމާއި ޚިދުމަތްތެރިގޮތުގައި ފޯނުގެ ޚިދުމަތް ފޯރުކޮށްދިނުން
  2. އާސަންދަ/ އެލައިޑް/ ޕޮލިސް އަދި އެހެނިހެން ފަރާތްތަކަށް ޚިދުމަތް ދިނުމަށްފަހު ކަނޑައެޅުފައިވާއަގާއި އެއްގޮތައް ބިލްތައްޔާރުކުރުން
  3. އާސަންދަ / އެލައިޑް / އަދި ޕޮލިސް އަދި އެހެނިހެން ފަރާތްތަކަށް ޚިދުމަތް ދިނުމަށްފަހު ކަނޑައެޅިފައިވާ އަގާއި އެއްގޮތައް ތައްޔާރުކުރެވިފައިވާބިލްތައް ( އައިޕީޑީ އޯޕީޑީ )ކޮންމެ ރެއެއްގެ 12.00 ގެ ކުރިން ނިންމާރިޕޯޓްތައްޔާރުކުރުން
  4. ކެނސަލްކުރެވޭ ބިލްތައކުގައި ސަބަބުލިޔެ ވެރިޔަކު ލައްވާ ސޮއި ކުރުވުން
  5. ޑެއިލީ ސޭލްސް، ޓްރާންސެކްޝަންކެންސަލް ރިޕޯޓް އަދި އިންވޮއިސް ( ކޭޝް ، ކުރެޑިޓް ) ތައް ބިލްތަކާއި އެކު ކައުންޓަރަށް ލިބިފައިހުންނަ ފައިސާ އާއި ލިޔެކިޔުންތަކާއި ތަކެތި ކޮންމެދުވަހެއްގެވެސް ހެނދުނު 8:30 ގެ ކުރިން ހޮސްޕިޓަލްގެ އޮފީހާ ޙަވާލްކުރުން
  6. މަރުކަޒުގެ ރިސެޕްޝަންކައުންޓގައި ،ކަބަޑުގައިވާ ފައިސާ / ފައިސާބަލައިގެން ޖަހާތައްގަނޑު އަދި ތަޅުދަނޑި ރައްކާތެރިކަމާއިއެކު ބެލެހެއްޓުން
  7. އެންބިއުލާންސްތަކުގެ ޚިދުމަތައް އެދޭ ފަރާތްތަކަށް އެޚިދުމަތް ލިބޭނެ މަގުފަހިކޮށް ދިނުމަށްފަހު ކަނޑައެޅިފައިވާ އަގުނަގާ އެންބިއުލާންސްތަކުގެ ރިޕޯޓް ހަފްތާއިން ހަފްތާއަށް ( އާދީއްތައިން ހޮނިހިރަށް ) ތައްޔާރުކުރުމަށްފަހު ކޮންމެ އާދީއްތަ ދުވަހެއްގެ ހެނދުނު 8:30 ގެ ކުރިން ރެވެނިއުމަސައްކަތްކުރައްވާ މުވައްޒިފާ ރިޕޯޓް ޙަވާލްކުރުން
  8. ކައުންޓާރގައި މަސައްކަތްކުރައްވާ މުވައްޒިފަކު ސަލާމްބުނެ އަދި ތަނަށްދަތިވެއްޖެހާލަތެއްގައި ތަނުންހަވާލު ކުރެވޭ މަސައްކަތްތައް ކުރުން
  9. މަރުކަޒުން ހިންގާ ހެލްތު ޕްރޮމޯޝަނަލް އެކްޓިވިޓީތަކުގައި އަމަލީ ގޮތުން ބައިވެރިވުމާއި މުވައްޒިފުންގެ މެދުގައި ހިންގޭ އެކިއެކި ހަރަކާތް ތަކުގައި އިސްނެގުމާއި ބައިވެރިވުން
  10. ކްރެޑިޓްގެ ދަށުން ދެވޭ ޚިދުމަތްތަކަށް، ކޮންމެދުވަހަކު ހެދޭ ބިލްތަކަށް އެބިލްތަކުގެ އަސްލާއި އެއްގޮތައް އިންވޮއިސް ހެދުން
  11. ޚިދުމަތް ދެވުނު ފަރާތުގެ އެކައުންޓަށް ބިލުތައް އެންޓަރ ކުރެވިފައިވޭތޯ ބަލާ ކެންސަލު ކުރަންޖެހޭ ޓްރާންސެކްޝަންތައް ކެންސަލު ކުރުން
  12. ޑޮކްޓަރަށްދައްކަން އަންނަ ބަލިމީހުންނަށް ދޫކުރެވިފައިވާ ނަންބަރުގެ ތަރުތީބުން ބަލިމީހުން ބެލުމުގައި ޑޮކްޓަރަށް އެހީވުން
  13. ޑޮކްޓަރާ ބަލިމީހާއާއި ދެމެދު ދެކެވޭ ވާހަކަތައް ދެފަރާތައްވެސް ރަންގަޅަށް ސާފްވާނޭގޮތައް ކިޔައިދީ ، ބަލިމީހާ އެގްޒެމިން ކުރުމުގައި ޑޮކްޓަރާއި ބަލިމީހާއަށް އެހީތެރިވެދިނުން
  14. ޔުނިޓް މުވައްޒިފުންގެ ޑިޔުޓީ ރޯސްޓާ ތައް ތައްޔާރުކުރުމާއި އެންޓަކުރުމާއި އިދާރީ ގޮތުން ކުރަންޖެހޭ މަސައްކަތްތައް ކުރަންޖެހޭ ހާލަތްތަކުގައި ކުރުން
  15. ރިފަރކުރާ ބަލިމީހުންގެ ކަންތައްތަކުގައި ފުރިހަމަކުރަންޖެހޭ ލިޔެކިޔުންތައް ފުރިހަމަކޮށް އެކަމާއި ގުޅިގެން ކުރަންޖެހޭ އެންމެހާކަންކަން ކުރުން
  16. ޞިއްޙީ މަރުކަޒުން އިންތިޒާމްކޮށްގެން ކުރިޔަށް ގެންދާ އެންމެހާ އިވެންޓްތަކާއި ޙަރަކާތްތަކުގައި އަމަލީ ގޮތުން ބައިވެރިވުން
  17. ތަނުގެ ވެރިޔަކު ނުވަތަ ސެކްޝަން އިންޗާޖް ޙަވާލްކުރާ މަސައްކަތްތައް ކުރުން
  18. ހޮސްޕިޓަލާއި އެހެނިހެން މުއައްސަސާތަކަށް ފޮނުވަންޖެހޭ ލިޔެކިޔުންތައް ސްޕަވައިޒަރުގެ ލަފާގެމަތިން ވަގުތުން ވަގުތައް ފޮނުވާ  ލިބޭ ސިޓީ މެސެޖް އެންޓްރީކޮށް ފައިލް ކުރަންޖެހޭ ލިޔުންތައް ހަރުދަނާ ގޮތެއްގައި ފައިލްކޮށް ބެލެހެއްޓުން
  19. ތަނަށް ހޯދަންޖެހޭ މުދަލާއި ތަކެތި ކަނޑައެޅިފައިވާ އުސޫލާއި އެއްގޮތައް ހޯދާ ސްޓޮކް ބެލެހެއްޓުން  
  20. ވިއުގަ މެދުވެރިކޮށް ކުރަންޖެހޭ އެންމެހާ ކަންކަން ކުރުން
  21. މުވައްޒިފުންގެ ހާޟިރީ ބަލަހައްޓާ ސިސްޓަމް ( ކެޕްލަރ ) އާއި ގުޅިގެން ކުރަންޖެހޭ ކަންކަންކުރުމާއި ދިމާވާ މައްސަލަތައް ހައްލު ކުރުމުގައި މުވައްޒިފުންނަށް އެހީތެރިވެދިނުން
  22. މުވައްޒިފުންގެ މުސާރައާއި ގުޅިގެން ކުރަންޖެހޭ އެންމެހާ ކަންކަން ކުރުމާއި ވަކި ތާރީޚްތަކަށް ފޮނުވަންޖެހޭ އެންމެހާ ލިޔެކިޔުމާއި ރިޕޯޓްތައް ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވުން
  23. ޕަބްލިކް ހެލްޔުނިޓުން ހިންގާ އެވެއަރނެސް ޕްރޮގްރާމްތަކުގައި އެހީތެރިވުން
  24. އާންމުންނަށް އެގެންޖެހޭ އެންމެހާ އެނައުންސްމަންޓްތަކާއި އެންގުންތައް ސޯސަލް މީޑިޔާ މެދުވެރިކޮށް އަދި ނޯޓިސްބޯޑްގައި ފެންނާނޭހެން ބެހެއްޓުން
  25. ޞިއްޙީ އިމަޖރެންސީ ތަކާއި ޕެންޑަމިކް އަދި ކާރިސާ ތަކުގައި ކުރަންޖެހޭ މަސައްކަތް ތަކުގައި އަމަލީ ގޮތުން ބައިވެރިވުން

 

 

މަޤާމުގެ ޝަރުޠުތައް:

  1. މަޤާމުގެ މަސައްކަތާ ގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ޑިޕްލޮމާ ނުވަތަ ލެވެލް 6 ގެ / އެޑްވާންސްޑް ޑިޕްލޮމާ / އެސޯސިއޭޓް ޑިގްރީ  ޙާޞިލްކޮށްފައިވުން.

 

 

ތަޢުލީމީ ރޮނގުތައް

  1. އެކައުންޓިންގ  
  1. އެކައުންޓިންގ އެންޑް ފައިނޭންސް  
  2. އެޑްމިނިސްޓްރޭޝަން  
  3. އޮޑިޓިންގ  
  4. ބިޒްނަސް  
  5. ބިޒްނަސް އެޑްމިނިސްޓްރޭޝަން  
  6. ބިޒްނަސް މެނޭޖްމަންޓް  
  7. ކޮމާރސް  
  8. ފައިނޭންސް  
  9. ފައިނޭންޝަލް މެނޭޖްމަންޓް  
  10. ފައިނޭންޝަލް ޕްލޭނިންގ  
  11. ހިޔުމަން ރިސޯސް މެނޭޖްމަންޓް  
  12. އިންޓަރނަލް އޮޑިޓިންގ  
  13. އިސްލާމިކް ބޭންކިންގ އެންޑް ފައިނޭންސް  
  14. އިސްލާމިކް ފައިނޭންސް  
  15. މެނޭޖްމަންޓް  
  16. ނާސިންގ  
  17. ޕަބްލިކް އެޑްމިނިސްޓްރޭޝަން  
  18. ޕަބްލިކް އެޑްމިނިސްޓްރޭޝަން އެންޑް މެނޭޖްމަންޓް  
  19. ޕަބްލިކް ފައިނޭންސް
  20. ޕަބްލިކް މެނޭޖްމަންޓް 

 

 

 

މަޤާމުގެ މަސައްކަތުގެ ދާއިރާ

  • އިދާރީ ހިންގުމާގުޅޭ މަސައްކަތްތަކާއި އެޑްމިނިސްޓްރޭޝަނާ، ހިއުމަން ރިސޯސްއާއި، ފައިނޭންސްއާ ގުޅޭ ފަންނީ މަސައްކަތްތަކާއި ދިރާސާ ކުރުމުގެ މަސައްކަތްތަކާއި އިދާރީ މަސައްކަތްތައް

 

ހުށަހަޅަންޖެހޭ ލިޔުންތައް:

 

  1. ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި އިދާރާގެ ވެބްސައިޓުންނާއި ކައުންޓަރުން އަދި ތިރީގައިވާ ލިންކުން ލިބެންހުންނާނެއެވެ.)  https://www.csc.gov.mv/download/2023/51/Annex%202%20-%20Application%20form1pnd4eve.a2u.docx
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް).
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތުހަމަވެފައިވީ ނަމަވެސް) ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާ ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ)  މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ

(ށ)  ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

  1. މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ތިރީގައިވާ މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ:

(ހ)   ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ)   ސިވިލް ސަރވިސްގެ ތަޖުރިބާގެ ތެރެއިން https://myaccount.csc.gov.mv/ އިން ފެންނަންނެތް ތަޖުރިބާގެ މުއްދަތުތައް ހާމަކޮށްދިމުގެ ގޮތުން އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ނ)   އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ރ)  ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.)

(ބ)  ދަޢުލަތުގެ އުވައިލައިފައިވާ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ރެކްރޫޓްމަންޓް އުޞޫލުގެ ޖަދުވަލު 8 ގައިވާ "އުވާލާފައިވާ ތަންތަނުގެ ތަޖުރިބާ އަންގައިދޭ ރެފަރެންސް ޗެކްފޯމް".

 

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

މި ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް 2021 (ދެވަނަ އިޞްލާޙު) ގެ 12 ވަނަ ނަންބަރުގައި ހިމަނާފައިވާނެއެވެ.

 

އަސާސީ  ޝަރުތު ހަމަވުން

30

އަސާސީ ޝަރުޠަށްވުރެ އިތުރަށް ލިބިފައިވާ ތަޢުލީމު

5

އަސާސީ ޝަރުޠަށްވުރެ އިތުރަށް ލިބިފައިވާ ތަޖުރިބާ

5

އެސެސްމަންޓް އިމްތިޙާނު ނުވަތަ ޕްރެކްޓިކަލް

20

ކޯ ނުވަތަ ޕްރިފަރޑް ޑިސިޕްލިން އާގުޅޭ ސަނަދަށް ދެވޭޕޮއިންޓު

5

އިންޓަރވިއު

35

 ނޯޓް: މަޤާމަށް އައްޔަންކުރުމަށް ވަޒީފާއަށް އެދިފައިވާ ފަރާތަށް A2 ޝީޓުން މުޅިއެކު ޖުމްލަ 70 ނުވަތަ އެއަށްވުރެ މަތިން ޕޮއިންޓް ލިބެންވާނެއެވެ.

 

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 23 ސެޕްޓެމްބަރ 2026 ވާ ބުދަ ދުވަހުގެ 14.00 ގެ  ގެ ކުރިން، ކެނދިކުޅުދޫ ސިއްޙީމަރުކަޒަށެވެ.  ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީ-މެއިލް ([email protected] ) މެދުވެރިކޮށް ވެސް ބަލައިގަނެވޭނެއެވެ.

އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

ނޯޓް : އީމެއިލް މެދުވެރިކޮށް އެޕްލިކޭޝަން ހުށައަޅުއްވާނަމަ ހުރިހާ ޑޮކިޔުމެންޓެއް އެއް ފައިލަކަށް ޕީޑީއެފް ކުރެއްވުމަށްފަހު ، ފައިލްގައި އެޕްލިކޭޝަން ހުށައަޅާ ފަރާތުގެ ނަންޖެއްސެވުމަށްފަހު އީމެއިލް ކުރެއްވުމަށް ދަންނަވަމެވެ.

 

 

ޝޯޓްލިސްޓުކުރުން:

 

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓު ލިބޭފަރާތްތައް ޝޯޓްލިސްޓުކުރެވޭނެއެވެ.

 

 

އިންޓަރވިއު އަދި ޕްރެކްޓިކަލް އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ، 23 ސެޕްޓެމްބަރ 2026 އާއި 23 އޮކްޓޫބަރ 2026 އާ ދެމެދު، ކެނދިކުޅުދޫ ޞިއްޙީމަރުކަޒުގައެވެ. ވުމާއި އެކު މި ވަޒީފާއަށް ކުރިމަތި ލައްވާ ފަރާތްތަކުން މި މުއްދަތުގައި އިންޓަވިއު އަށް ހާޟިރު ވުމަށް ތައްޔާރުވެގެން ތިއްބެވުމަށް ދަންނަވަމެވެ.

 

 

"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކުރުން

އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކޮށް ފެންނާނެހެން ދިވެހި ސަރުކާރުގެ ގެ ގެޒެޓްގައި ޝާއިޢުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ޝީޓު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އީމެއިލް  [email protected]  މެދުވެރިކޮށް އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ.

 

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6560092 އަށެވެ. އީ-މެއިލް ކުރާނީ ([email protected] ) އަށެވެ.

ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލުތަކާ ގުޅުންހުރި އެންމެހައި ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ އުޞޫލުތައް > "ރެކްރޫޓްމެންޓް އުޞޫލު" (https://www.csc.gov.mv/Policy/Index/51) އިން ލިބެން ހުންނާނެއެވެ.

 

15 ސެޕްޓެންބަރު 2026