މަސައްކަތް
ނަންބަރު: (IUL)95-PM/95/2026/44
ޕަބްލިޝްކުރި ތާރީޚް: 15 ސެޕްޓެންބަރު 2026
ޕަބްލިޝްކުރި ގަޑި: 16:14
ސުންގަޑި: 23 ސެޕްޓެންބަރު 2026 10:00
ދިވެހިރާއްޖޭގެ ހައިކޯޓް
ދިވެހިރާއްޖެ
ހައިކޯޓަށް ސައުންޑް ސިސްޓަމެއް ހޯދުން

 

ހައިކޯޓުގެ ސައުންޑް ސިސްޓަމެއް ސަޕްލައިކޮށް އިންސްޓޯލްކޮށްދިނުމުގެ  މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު ނަންބަރު (IUL)95-PM/95/2026/34 އިޢުލާނާ ގުޅިގެން ހުށަހެޅުނު ބިޑް ބާތިލްކުރުމަށް ހައިކޯޓުގެ ބިޑްކޮމެޓީން ނިންމާފައިވާތީ، އެއިޢުލާން ބާތިލްކޮށް ދެވަނަ ފަހަރަށް އިޢުލާންކުރަމެވެ.    

ވީމާ، މި މަސައްކަތް ކޮށްދެއްވަން ބޭނުންފުޅުވާ ފަރާތްތަކުން 20 ސެޕްޓެންބަރ 2026 ވާ އާދިއްތަ ދުވަހުގެ 14:00 އަށް ހައިކޯޓަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށް ފަހު 23 ސެޕްޓެންބަރު 2026 ވާ ބުދަ ދުވަހުގެ 10:00 އަށް އަންދާސީ ހިސާބު (މަޢުލޫމާތު ކަރުދާހުގައި ބަޔާންކުރެވިފައިވާ މަޢުލޫމާތުތަކާއެކު) ހުށަހެޅުއްވުން އެދެމެވެ. އަންދާސީހިސާބު ބަލައިގަތުން އޮންނާނީ މަތީގައި ދެންނެވިފައިވާ ގަޑީގައި މިކޯޓުގެ މީޓިންގ ރޫމް 01 ގައެވެ. މިކަމަށް އަންދާސީހިސާބު ހުށަހެޅޭނީ މަޢުލޫމާތު ސާފުކުރުމަށް އަންގާފައިވާ ދުވަހު މިކޯޓަށް ޙާޟިރުވެ މަޢުލޫމާތު ދިނުމުގެ ބައްދަލުވުމުގައި ބައިވެރިވާ ފަރާތްތަކަށް އެކަނި ކަމުގައި ދަންނަވަމެވެ.

މި މަސައްކަތަށް ބިޑްކުރައްވަން ބޭނުންފުޅުވާ ބިޑް ޑޮކިއުމެންޓް މި އިޢުލާނާއިއެކު އެޓޭޗްކުރެވިފައިވާނެއެވެ.

04 ރަބީލްޢާޚިރް 1448

15 ސެޕްޓެންބަރު 2026   

15 ސެޕްޓެންބަރު 2026