ނީލަން
ނަންބަރު: (IUL)302-CO/302/2016/10
ޕަބްލިޝްކުރި ތާރީޚް: 15 ފެބުރުވަރީ 2016
ޕަބްލިޝްކުރި ގަޑި: 13:37
ސުންގަޑި: 20 ފެބުރުވަރީ 2016 14:00
މާޅޮސްމަޑުލު އުތުރުބުރީ ހުޅުދުއްފާރު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މިސްކިތް ޢިމާރާތްކުރާ ސަރަޙައްދުން ނެގި ތަކެތި ނީލަންކިޔުން

އިޢުލާން

މިސްކިތް ޢިމާރާތްކުރާ ސަރަހައްދުން ނެގި ތަކެތި ނީލަންކިޔުން

ހުޅުދުއްފާރުގައި އަލަށް ޢިމާރާތްކުރުމަށް ހަމަޖެހިފައިވާ، މިސްކިތް ޢިމާރާތްކުރާ ބިން ސާފުކުރުމުގައި ނެގިފައިވާ، ޢިމާރާތްތަކުގެ ޓިނު، ފައިދޮށް، ފަތި، ދޮރާއި ދޮރުފަތް ފަދަ ތަކެއްޗާއި ރުއްގަހުގެ ތަކެތި ނީލަންކިޔުން 20 ފެބުރުވަރީ 2016 ވާ ހޮނިހިރު ދުވަހުގެ މެންދުރުފަހުގެ 2:00 ގައި އެސަރަޙައްދުގައި އޮންނާނެއެވެ.

ވީމާ، ނީލަމުގައި ބައިވެރިވުމަށް އެދޭ ފަރާތްތަކުން 20 ފެބުރުވަރީ 2016 ވަނަދުވަހުގެ މެންދުރުފަހުގެ 2:00 އަށް އެސަރަޙައްދަށް ދުރުވެދެއްވުން އެދެމެވެ. ނީލަމުން ތަކެތި ނަންގަވާ ފަރާތްތަކުން 7 ދުވަހުގެ ތެރޭގައި ރަށުކައުންސިލަށް ފައިސާ ދެއްކެވުމަށްފަހު ތަކެތި ގެންދަވައި ނިންމެވުން އެދެމެވެ. އިތުރު މަޢުލޫމާތު ސާފުކުރުމަށް ބޭނުންފުޅުވާ ފަރާތްތަކުން ރަސްމީގަޑީގައި 6580069 ނަންބަރު ފޯނާ ގުޅުއްވުން އެދެމެވެ.

6 ޖުމާދަލްއޫލާ 1437

15 ފެބުރުވަރީ 2016