ދިވެހިރާއްޖެ
2027 ޖަނަވަރީ 1 ން 2027 ޑިސެމްބަރ 31 ގެ ނިޔަލަށް މި ސުކޫލުގެ ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ. ވީމާ، މި މަސައްކަތް ކޮށްދިނުމަށް ޝައުގުވެރިވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ތާރީޙުގެ ކުރިން ބީލަން ހުށަހެޅުމަށް ރަސްޖިސްޓްރީކޮށް ކަނޑައެޅިފައިވާ ގަޑިއަށް އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ސުކޫލު ލައިބްރަރީއަށް ދުރުވުން އެދެމެވެ. މިކަމަށް އެދި ހުށަހަޅުއްވާ ސިޓީއުރައިގެ ބޭރުގައި "2027 ވަނަ އަހަރު ސެކިއުރިޓީ ބަލަހައްޓައި ދިނުމަށްއެދި" މިހެން ލިޔެފައި އޮންނަންވާނެއެވެ.
|
ބީލަން ހުށަހެޅުމަށް ރަޖިސްޓްރީ ކުރުން |
މައުލޫމާތު ސާފުކުރުން |
އަންދާސީ ހިސާބު ބަލައިގަތުމާއި ކެނޑުން |
|
|
2026 ސެޕްޓެމްބަރ 15 ން 2026 ސެޕްޓެމްބަރ 21 ގެ 12:00 ގެނިޔަލަށް |
2026 ސެޕްޓެމްބަރ 15 ން 2026 ސެޕްޓެމްބަރ 27 ށް މަޢުލޫމާތު ސާފުކުރުމަށް ގުޅުއްވާނީ ރަސްމީ ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 9:00 އިން 12:00 އަށް 6680840 ނަމްބަރަށް ނުވަތަ އީ-މެއިލް ކުރާނީ [email protected] އަށް |
2026 ސެޕްޓެމްބަރ 28 ވަނަ ދުވަހު 13:00 ށް ތަން: ލައިބުރަރީ |
ބީލަން ހުށަހެޅޭނީ ދީފައިވާ މުއްދަތުގައި ރަޖިސްޓްރީ ކުރާ ފަރާތްތަކަށެވެ. ބީލަން ހުށަހެޅުމަށް "ބިޑް ރަޖިސްޓްރީ ފޯމް" (www.adhomadhooschool.edu.mv/v2/form)ފުރިހަމަކޮށް ރަޖިސްޓްރީ ކުރެއްވުން އެދެމެވެ.
މި މަސައްކަތަށް ހުށަހަޅުއްވާ އަންދާސީހިސާބު ކެނޑުން އިސްވެދެންނެވި ގަޑީގައި އޮންނާނެއެވެ. އަދި ހުށަހަޅަން ހަމަޖެހިފައިވާ ގަޑިއަށްވުރެ ފަހުން ހުށަހަޅާ އަންދާސީހިސާބުތައް ބަލައި ނުގަނެވޭނެއެވެ. ބީލަން ހުޅުވާލެވިފައިވަނީ، ވިޔަފާރި ރަޖިސްޓުރީ ކުރުމުގެ ގާނޫނު (ޤާނޫނު ނަންބަރ: 2014/19) ގެ ދަށުން ރަޖިސްޓްރީވެފައިވާ ވިޔަފާރިތަކަށެވެ. އަންދާސީ ހިސާބު ހުށަހެޅުމަށް ވަޑައިގަންނަވާއިރު ވިޔަފާރި ރަޖިސްޓްރީގެ ނަކަލެއް ގެންނެވުން އެދެމެވެ. ބަދަލުގައި އަންނަ ފަރާތްތަކުން ބަދަލުގައި އަންނަކަން އަންގައިދޭ ސިޓީއާއި ބަދަލުގައި އަންނަފަރާތުގެ އައިޑީ ކާޑުގެ ނަކަލެއް ގެންނަންވާނެއެވެ. ބީލަން ފޮތް މި އިޢުލާނާއިއެކު އާންމު ކޮށްފައިވާނެއެވެ.
ޝުކުރިއްޔާ