ކުއްޔަށް ދިނުން
ނަންބަރު: (IUL)399-CA/399/2026/81
ޕަބްލިޝްކުރި ތާރީޚް: 15 ސެޕްޓެންބަރު 2026
ޕަބްލިޝްކުރި ގަޑި: 14:07
ސުންގަޑި: 29 ސެޕްޓެންބަރު 2026 13:00
ހައްދުންމަތީ ގަމު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ޕޯލްޓްރީ ފާރމިންގ އަށް 4 ބިން ކުއްޔަށް ދޫކުރުމާއި ގުޅޭ

ލ. ގަމު މަތިމަރަދޫ އަވަށުން ޕޯލްޓްރީ ފާރމިންގ އަށް 4 ބިން (3230 އަކަފޫޓްގެ 3 ބިމާއި 4345 އަކަފޫޓުގެ ބިމެއް) ކުއްޔަށް ނަގާނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ. ވީމާ، މި ކަމަށް ޝައުޤުވެރިވެލައްވާ، ފަރާތްތަކުން 23 ސެޕްޓެމްބަރ 2026 ވަނަ ދުވަހުގެ 12:00 ކުރިން ބިޑް ޑޮކިއުމަންޓް ގަތުމަށް ފަހު ބީލަމުގައި ރަޖިސްޓްރީވުން އެދެމެވެ.

 

ޓުރާންސްފަރ ކުރުމަށްފަހު ސްލިޕް ވައިބަރ ކުރުމުން ބިޑް ޑޮކިއުމަންޓް ހިއްސާކުރެވޭނެއެވެ.

 *އެކައުންޓް ނަންބަރ:   7707700315001

 *ބިޑް ޑޮކިއުމަންޓް އަގު:  500/- (ބިމަކަށް ފަސްސަތޭކަ ރުފިޔާ)

 *ވައިބަރ ނަންބަރ: 7611515

#

 

ތަން

ތާރީޙް

ގަޑި

1

ބީލަމުގައި ރަޖިސްޓުރީވުމަށް

ބީލަމުގައި ރަޖިސްޓުރީވުމަށް ބިޑް ފޮތް ގަތުން

23 ސެޕްޓެމްބަރ 2026

12:00 އަށް

2

ބީލަން ހުށަހެޅުން

ލ.ގަމު ކައުންސިލް އިދާރާގެ ސެމިނަރ ރޫމް

29 ސެޕްޓެމްބަރ 2026

13:00 ގައި

     

          އަންދާސީ ހިސާބު ހުށައެޅުމަށް ގަޑިޖެހިގެން ވަޑައިގަންނަވާ ބޭފުޅުންނަށް ބައިވެރިއެއް ނުވެވޭނެއެވެ. ބީލަމާއި ގުޅިގެން މައުލޫމާތެއް ސާފުކުރައްވަން ބޭނުންވާނަމަ 29 ސެޕްޓެމްބަރ 2026 ވާ އަންގާރަ ދުވަހުގެ 12:00 އާއި ހަމައަށް ގަމު ކައުންސިލްއަށް ހާސިރުވެ ނުވަތަ 7611515 އަށް ގުޅުއްވައިގެން މަޢުލޫމާތު ސާފުކުރެވޭނެއެވެ. ވީމާ، މިކަން އަންގާ އިއުލާން ކުރީމެވެ.

15 ސެޕްޓެންބަރު 2026