މުބާރާތް
ނަންބަރު: 01/2026
ޕަބްލިޝްކުރި ތާރީޚް: 15 ސެޕްޓެންބަރު 2026
ޕަބްލިޝްކުރި ގަޑި: 13:57
ސުންގަޑި: 20 ސެޕްޓެންބަރު 2026 14:00
ހުވަދުއަތޮޅު އުތުރުބުރީ ނިލަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ގއ. ނިލަންދޫ އަންހެން ކަނބަލުންނަށް ޚާއްޞަ ބަށިބޯޅަ މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލުން

ޢިއުލާން

ގއ. ނިލަންދޫ އަންހެން ކަނބަލުންނަށް ޚާއްޞަ ބަށިބޯޅަ މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލުން

 

ގއ. ނިލަންދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ފަރާތުން، އަންހެން ކަނބަލުންނަށް ޚާއްޞަކޮށްގެން ބަށިބޯޅަ މުބާރާތެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މި މުބާރާތް ފެށުމަށް ހަމަޖެހިފައިވަނީ 01 އޮކްޓޫބަރު 2026 ވާ ބުރާސްފަތި ދުވަހުއެވެ.

ވީމާ، މި މުބާރާތުގައި ބައިވެރިވުމަށް ޝައުޤުވެރިވާ ޓީމުތަކުން، 20 ސެޕްޓެންބަރު 2026 ވާ ދުވަހުގެ 14:00 ގެ ކުރިން ޓީމު ލިސްޓު މިއިދާރާއަށް ހުށަހެޅުއްވުން އެދެމެވެ.

މި މުބާރާތާ ގުޅޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ބޭނުންފުޅުވާނަމަ، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ރައީސާ ޙައްވާ އައިފާ އިސްމާޢީލް (ފޯނު ނަންބަރު: 9977993) އާ ގުޅުއްވުން އެދެމެވެ.

މިހެންވެ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ

03 ރަބީޢުލްޢާހިރި  1448

15 ސެޕްޓެމްބަރު  2026

15 ސެޕްޓެންބަރު 2026