ދިވެހިރާއްޖެ
ޔޫ.އެން.ޑީ.ޕީ މޯލްޑިވްސްގެ ފަރާތުން ނ.އަތޮޅަށް އަމާޒުކޮށްގެން ފަރުމާކުރަމުންދާ "ލޯ-ކަބަން އެޓޯލް ވެލިއު ޗެއިން ފޯ ކުލައިމެޓް ރެސިލިއަންޓް އެގްރިކަލްޗަރ (ލާވާ)" ޕްރޮޖެކްޓާއި ގުޅޭ ގޮތުން ދެންނެވިފައިވާ ތާވަލާއި އެއްގޮތަށް ބައްދަލުވުންތަކެއް ކުރިއަށް ގެންދާންބޭނުންވެއެވެ. މި ޕްރޮޖެކްޓުގެ މައިގަނޑު މަގުސަދަކީ ދަނޑުވެރިކަމުގެ ދާއިރާ އިތުރަށް ފުޅާކޮށް ކުރިއެރުވުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުމާއި، ލޯ-ކާބަން ލޮޖިސްޓިކުގެ ނިޒާމެއް ގާއިމްކުރުމާއި، ފަތުރުވެރިކަމުގެ ބާޒާރާ ގުޅުވާލަދީ ވަށާޖެހޭ ކާބޯތަކެތީގެ ނިޒާމެއް ގާއިމްކޮށް ދަނޑުވެރިކަމުގެ އުފެއްދުންތައް އިތުރުކުރުމެވެ.
ވީމާ، ބައްދަލުވުމުގައި ބައިވެރިވުމަށް ތިރީގައިވާ ތަވަލާއި އެއްގޮތައް ދެންނެވިފައިވާ ގަޑިއަށް ބައްދަލުވުމުގައި ބައިވެރިވުމަށް ކައުންސިލް އިދާރާއަށް ވަޑައިގެންދެއްވުން އެދި ދައުވަތު އެރުވީމެވެ.
ބައްދަލުވުމުގެ ތާރީހް: 17 ސެޕްޓެމްބަރ 2026 (ބުރާސްފަތި)
|
ގަޑި |
ތަފްސީލް |
ތަން |
|
11:00 – 12:00 |
ދަނޑުވެރިން |
އަންބާގެ ސުޓޫޑިއޯ |
|
16:30 – 17:30 |
އ.ތ.މ ކޮމިޓީ އަދި އަންހެން ބޭއްފުޅުން |
އަންބާގެ ސުޓޫޑިއޯ |
|
20:15 – 21:15 |
ޖަމިއްޔާ ޖަމާއަތްތައް އަދި ޒުވާނުން |
ފިޓްނަސް އެންޑް ރިކްރިއޭޝަން ސެންޓަރ |