ބީލަން
ނަންބަރު: (IUL)309-AHI/309/2026/79
ޕަބްލިޝްކުރި ތާރީޚް: 15 ސެޕްޓެންބަރު 2026
ޕަބްލިޝްކުރި ގަޑި: 13:43
ސުންގަޑި: 24 ސެޕްޓެންބަރު 2026 13:00
މާޅޮސްމަޑުލު އުތުރުބުރީ އިނގުރައިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ފުޓްބޯޅަދަނޑުގެ ވަށާފާރު ރާނާ ފެންސް ޖެހުމާއި އެކު ލައިޓިންގ ސިސްޓަމް ޤާޢިމްކުރުން

  1. ރ.އިނގުރައިދޫ ފުޓްބޯޅަދަނޑުގެ  ވަށާފާރު ރޭނުމާއި ފެންސްޖެހުން އަދި ލައިޓިންގ ސިސްޓަމް ޤާއިމްކުރުމުގެ މަސައްކަތް ކޮށްދޭނެފަރާތެއް ހޯދުމަށް ބީލަމަށް ހުޅުވާލަމަވެ.
  2. މި ބީލަމުގައި ބައިވެރިވުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން ބިޑް ރެޖިސްޓްރޭޝަން ފީ 100ރ (ސަތޭކަ ރުފިޔާ) ދެއްކެވުމަށްފަހު، ޓްރާންސްފާރ ސްލިޕާއި، މި ޢިއުލާނާއެކު ގެޒެޓްކުރެވިފައިވާ ބިޑް ރަޖިސްޓްރޭޝަން ފޯމް ފުރިހަމަކުރެއްވުމަށްފަހު 24 ސެޕްޓެމްބަރ 2026 ވާ ބުރާސްފަތި ދުވަހުގެ 13:00 ގެ ކުރިން ބީލަމުގައި ބައިވެރިވުމަށް މިއިދާރާގައި ރަޖިސްޓްރީ ކުރެއްވުން އެދެމެވެ. ދެވިފައިވާ މުއްދަތުގެ ތެރޭގައި ބިޑް ރަޖިސްޓްރޭޝަން ފޯމް އަދި ބިޑް ރަޖިސްޓްރޭޝަން ފީގެ ޓްރާންސްފާރ ސްލިޕް ހުށަހަޅުއްވާފައިނުވާ ފަރާތްތަކަށް ބިޑް ހުށަހެޅުމުގެ ފުރުޞަތު ނުލިބޭނެއެވެ. މިދެންނެވުނު ގޮތަށް ބިޑް ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށް މިމަސައްކަތާއިގުޅޭ އެންމެހާ މަޢުލޫމާތާއި، ބިޑިންގ ޑޮކިއުމަންޓްސްތައް އީ-މެއިލް ކުރެވޭނެއެވެ.

*ބިޑް ރެޖިސްޓްރޭޝަން ފީ ދައްކަންވީ އެކައުންޓް ނަންބަރ: 1350 REVENUE 1 / 7717700403001

3. މި ބީލަމުގައި ބައިވެރިވެލައްވާ ފަރާތްތަކުން 25000 ރުފިޔާގެ ބިޑް ސެކުޔުރިޓީ ހުށަހަޅަން ޖެހޭނެއެވެ.

4. މި ބީލަމާއި ގުޅޭ ގޮތުން އެއްވެސް ސުވާލެއްވާނަމަ 23 ސެޕްޓެމްބަރ 2026 ވާ ބުދަ ދުވަހުގެ 13:30ގެ ކުރިން ތިރީގައިވާ އީމެއިލް އެޑްރެހަށް ލިޔުމުން ފޮނުއްވުންއެދެމެވެ.

5. މި ބީލަމުގެ ޕްރީ ބިޑް މީޓީން އޮންނާނީ 28 ސެޕްޓެމްބަރ 2026 ވާ ހޯމަ ދުވަހުގެ 13:15ގައި އިނގުރައިދޫ ކައުންސިލްގެ އިދާރާގައެވެ.

6. ބިޑް ހުށަހެޅުމާއި ބިޑް ހުޅުވުން އޮންނާނީ 01 އޮކްޓޫބަރ 2026 ވާ ބުރާސްފަތި ދުވަހުގެ 13:15ގައި އިނގުރައިދޫ ކައުންސިލްގެ އިދާރާގައެވެ.

    އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

    ފޯން ނަންބަރު: 6580028

    އީ- މެއިލް: [email protected]

    ވީމާ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާނުކުރީމެވެ.

15 ސެޕްޓެންބަރު 2026