ދިވެހިރާއްޖެ
FSM-ADV/2026/187
މުވައްޒަފުންބޭނުންވެއްޖެ
މުއްދަތު 17 ސެޕްޓެމްބަރ 2026 ވަނަ ދުވަހުގެ ނިޔަލަށް އިތުރުކުރެވިފައިވާ ވާހަކަ ދެންނެވީމެވެFSM/ADV/2026/185 އިއުލާން ނަންބަރު
ތިރީގައި މިދަންނަވާ މަޤާމަށް މުވައްޒަފުން ބޭނުންވެއްޖެއެވެ.
|
މަޤާމް: |
ސެލްސް އެސިސްޓަންޓް (ނ. މަނަދޫ) |
|
ޑިޕާޓްމަންޓް/ސެކްސަން: |
ސޭލްސް |
|
ބޭނުންވާ އަދަދު: |
01 |
|
މަސައްކަތުގެ ބާވަތް: |
- ދުވަހުން ދުވަހަށް ތެޔޮ ވިއްކުމުގެ މުޢާމަލާތްތައް ބެލެހެއްޓުމާއި، ރަސީދު ދޫކުރުމާއި، އަދި ފައިސާގެ ރެކޯޑުތައް ސައްޙަކަމާއެކު ބެލެހެއްޓުން. - ދުވަހުގެ ރިޕޯޓުތައް ތައްޔާރުކުރުމާއި އަދި ރިކޮންސައިލް ކުރުން. - ޓޭންކުތަކުގައި ވާ ތެލުގެ މިންވަރު ބަލައި ރެކޯޑުކޮށް، ތެލުގެ ސްޓޮކްގެ ޢަދަދުތައް ސައްޙަކަން ކަށަވަރުކުރުމާއި އަދި އެހެނިހެން ޓެކްނިކަލް މަސައްކަތްތައް ކުރުން - އިންވޮއިސްތައް ތައްޔާރުކުރުމާއި އަދި ކަސްޓަމަރުންގެ ފައިސާ ދެއްކުމުގެ މުޢާމަލާތްތައް ކުރުން. - ކަސްޓަމަރުންގެ ސުވާލުތަކަށް ޖަވާބުދިނުމާއި އަދި ތެލަށް އެދޭ އެދުންތައް ފުރިހަމަކުރުމާ އެކު، ރަނގަޅު ފެންވަރެއްގައި ކަސްޓަމަރ ސަރވިސް ފޯރުކޮށްދިނުން. - ސުޕަވައިޒާރ ނުވަތަ މެނޭޖަރ ޙަވާލުކުރާ އިދާރީ މަސައްކަތްތައް ކުރުން. - ހުރިހާ މުޢާމަލާތްތަކާއި ހިންގުންތައް ކުންފުނީގެ ސިޔާސަތުތަކާއި އުޞޫލުތަކާ އެއްގޮތަށް ކުރިއަށްދާކަން ކަށަވަރުކުރުން. |
|
ޝަރުތުތައް: |
- ގްރޭޑް 8 ފުރިހަމަކޮށްފައިވުން - ގިނަވަގުތު މަސައްކަތުގައި އުޅެވޭނެ މީހެއްކަމުގައި ވުން - ފުރިހަމަ ސިއްޙަތެއްގައި ހުރި މީހެއް ކަމުގައިވުން |
|
މުސާރަ: |
- 11،000ރ އާއި 12،000ރ އާއި ދެމެދު |
|
މަސައްކަތަށް ނިކުންނަން ޖެހޭ ތަން: |
އެފް.އެސް.އެމް އީޒީފިލް، ނ. މަނަދޫ |
ވީމާ، މިވަޒީފާއަށް އެދިލައްވާ ފަރާތްތަކުން17 ސެޕްޓެމްބަރ 2026 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 14:00 ގެ ކުރިން ވަޒީފާއަށް އެދޭފޯމު ފުރިހަމަކުރުމަށްފަހު ތަޢުލީމީ ސެޓިފިކެޓް ތަކުގެ ކޮޕީ، ސީވީ، އައި.ޑީ.ކާޑު އަދި ހުށަހަޅާ ދުވަހުން ފެށިގެން އެއް މަސް ދުވަސް ހަމަނުވާ ޕޮލިސް ރިޕޯޓް މި ކުންފުނީގެ ވަޒީފާގެ ޕޯރޓަލްfsm.mv/careers އިން އެޕްލައި ކުރެއްވުން އެދެމެވެ. އަދި މިވަޒީފާތަކަށް ހޮވޭ ފަރާތްތަކަކީ ވަގުތުން ނުކުމެވޭ ފަރާތް ތަކަކަށް ވާންވާނެއެވެ.
އިތުރު މަޢުލޫމާތު ހޯއްދެއްވުމަށް 3331421 /3331443 ނަންބަރަށް ގުޅުއްވުން އެދެމެވެ.
15.09.2026