ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)196-HR/1/2026/103
ޕަބްލިޝްކުރި ތާރީޚް: 15 ސެޕްޓެންބަރު 2026
ޕަބްލިޝްކުރި ގަޑި: 13:24
ސުންގަޑި: 23 ސެޕްޓެންބަރު 2026 12:00
ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް
ދިވެހިރާއްޖެ
އެސިސްޓަންޓް ޕްރޮސިކިއުޝަން ކޭސް އޮފިސަރ

ވަޒީފާގެ ފުރުސަތު

 

މަޤާމް:              އެސިސްޓަންޓް ޕްރޮސިކިއުޝަން ކޭސް އޮފިސަރ

ބޭނުންވާ ޢަދަދު:          01 (އެކެއް)

މުއްދަތު:               1 އަހަރު (ވަޒީފާއަށް ހަމަޖެއްސޭނީ 1 އަހަރު ދުވަހުގެ މުއްދަތަށެވެ. 1 އަހަރު ހަމަވުމުން

                    މަސައްކަތުގެ ފެންވަރަށް ބަލައި ރަނގަޅުނަމަ، ވަޒީފާ ދާއިމީ ކުރެވޭނެ)

މަޤާމުގެ ރޭންކް:           ޕަބްލިކް ސަރވިސް ރޭންކް 4  - ހަރުފަތް 1  

މަޤާމުގެ ކްލެސިފިކޭޝަން:    ޕްރޮސިކިއުޝަން ކޭސް އޮފިސަރސް

ވަޒީފާ އަދާކުރަންޖެހޭ ތަން:   ހދ. ގޮފި / ހދ. ކުޅުދުއްފުށި

މުސާރަ:                -/10,080 ރުފިޔާ

އެހެނިހެން އިނާޔަތް:

  1. މަޤާމުގެ އެލަވަންސް: 3,705/- ރުފިޔާ
  2. ހާޒިރީ އިނާޔަތް: ހާޒިރުވާ  ކޮންމެ ދުވަހަކަށް 115/- ރުފިޔާ
  3.  ޕޭ ފްރޭމްވޯކްގެ މިންގަނޑުތަކާއި އެއްގޮތަށް އިތުރުގަޑީގެ ފައިސާ
  4. ކަނޑައެޅިފައިވާ އުސޫލުގެ ތެރެއިން ކޮންޓިނިއުޓީ އެލަވަންސް
  5. ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދޭ ޕެންޝަން ފައިސާ

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު: 

1-      އޮފީސް ހުޅުވާ ލެއްޕުން

2-      ގޮތްޕަށް ލިބޭ މައްސަލަތަކާއި މައްސަލަތަކާއި ގުޅިގެން ލިބޭ އިތުރު ލިޔުންތައް އެންޓްރީކޮށް، ލިޔުންތައް ހަމަތޯ އޮފީހުން ކަނޑައަޅާ އުޞޫލާ އެއްގޮތަށް ޗެކްކުރުމަށްފަހު، އަޕްލޯޑްކުރުން އަދި ލިއުންތައް މަދުވާނަމަ އެފަރާތްތަކަށް އަނބުރާ ފޮނުވާލުން.

3-      ގޮތްޕަށް ލިބޭ އައު މައްސަލަތައް ސޮފްޓްވެއަރ އިން ނަންބަރު ދިނުމަށްފަހު އެމައްސަލައިގެ ދަޢުވާލިބޭ މީހުންގެ ކުށުގެ ރެކޯޑް ސާފުކުރުން، ފޯލިއޯ ތައްޔާރުކުރުން އަދި މައްސަލައިގެ ފައިލް ތައްޔާރުކޮށް ޕްރޮސިކިއުޓަރާ ޙަވާލުކުރުން.

4-      ޕްރޮސިކިއުޓަރުން މައްސަލަ ތައްޔާރުކޮށް ރިމާކްސް ލިބުމުން ރިމާކްސް އާއި އެއްގޮތަށް އަމަލުކުރުމާއި ފައިލް އަޕްޑޭޓްކުރުން.

5-      މައްސަލަތަކާއި ގުޅިގެން ލިޔަންޖެހޭ ސިޓީތަކާއި އެހެނިހެން ލިޔުންތައް އަދި ދައުވާ ފޯމްތައް ތައްޔާރުކޮށް ޕްރޮސިކިއުޓަރ ސޮއިކުރުމުން ކޯޓަށް ފޮނުވުމުގެ އެންމެހައި މަސައްކަތް ކުރުން. 

6-      ކޯޓު އަމުރު ލިބުމުން އެ އަމުރުތައް ސިސްޓަމަށް އެންޓަރކޮށް މައްސަލަތައް ވަކީލާ ޙަވާލުކުރުން.

7-      ޝަރީއަތް ނިމުނުގޮތުގެ ރިޕޯޓް ހޯދުމާއި އަދި ރިޕޯޓް ލިބުމުން އެމައްސަލައާ އެޓޭޗްކޮށް ޚުލާޞާ ނިންމުމަށް ކުރަންޖެހޭ އިދާރީ މަސައްކަތްތައް ކުރުން.

8-      ނިމޭ މައްސަލަތައް އާކައިވް ކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުން.

9-      އޮފީހުގެ ތަފާސް ހިސާބު ބެލެހެއްޓުމަށް ތައްޔާރުކުރަންޖެހޭ ޓޭބަލްތައް ފުރިހަމަކުރުން.

10-  ގޮފީގެ ރިސެޕްޝަންގައި އަދާކުރަންޖެހޭ މަސައްކަތްތައް ކުރުން. މިގޮތުން ފޯނު ކޯލްތަކަށް ޖަވާބުދިނުން، މައުލޫމާތު ހޯދުމަށް އަންނަ އާންމުންނަށް ދޭންޖެހޭ މައުލޫމާތު ފޯރުކޮށްދިނުން.

11-  ދުވަހު ޔައުމިއްޔާ ލިޔުން.

12-  ގޮތްޕަށް ލިބޭ އެންޓްރީ ބެލެހެއްޓުން- ގޮތްޕަށް ލިބޭ ސިޓީ، މައްސަލަ، މެއިލް އަދި އެހެނިހެން ލިޔެކިޔުންތައް ޗެކްކުރުމަށްފަހު އެންޓްރީކުރުން.

13-  އޮފީހުގެ މަސައްކަތަކަށް ބޭނުންވާ ސްޓޮކް ބެލެހެއްޓުން. އަދި ސްޓޮކް ހުސްވަމުންދާވަރު މޮނިޓަރކޮށް ސްޓޮކް ރިކުއެސްޓް ތައްޔާރުކުރުން.

14-  އޮފީހުން ކުރަންޖެހޭ އެޑްމިން ދަތުރުތަކާއި ކޯޓް ދަތުރުތައް ހަމަޖެއްސުމަށް ކުރަންޖެހޭ އެންމެހާ މަސައްކަތްތައް ކުރުން.

15-  ޢިމާރާތުގައިވާ އެއްވެސް އެއްޗެއް ހަލާކުވެއްޖެނަމަ ކަމާބެހޭ ފަރާތްތަކާއި ގުޅައިގެން އެތަކެތި މަރާމާތުކުރުމުގެ އެންމެހައި މަސައްކަތް ކުރުން.

16-  އޮފީހުގެ ކަރަންޓް އިކުއިޕްމަންޓަކަށް/ މުދަލަކަށް/ ވަޞީލަތަކަށް މައްސަލައެއް ދިމާވެއްޖެނަމަ އޮފީހުގެ އިދާރީ ސެކްޝަނާ ގުޅައިގެން މައްސަލަ ހައްލުކުރުން.

17-  އޮފީހުގެ ޓްރެއިނިންގ އަދި ވޯކްޝޮޕް ތަކާއި ގުޅޭ އިދާރީ މަސައްކަތްތައްކުރުން.

18-  ޕީޖީ އޮފީހުގެ ގޮފި ތަކުގެ ޕްރޮސިކިއުޝަން ސަޕޯޓް މަސައްކަތްތަކުގައި އެހީތެރިކަން ފޯރުކޮށްދިނުން.

19-  މީގެ އިތުރުންވެސް އޮފީހުގެ މަސައްކަތާއި ގުޅިގެން ޙަވާލުކުރާ އެހެނިހެން މަސައްކަތްކުރުން.

ފެންވަރު ނުވަތަ ޝަރުޠު:

  1. މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ޙާޞިލްކޮށްފައިވުން.

 

މަޤާމުގެ މަސައްކަތާ ގުޅޭ ތައުލީމީ ރޮނގުތައް:

ލޯ، ޝަރީޢާ އެންޑް ލޯ، އެޑްމިނިސްޓްރޭޝަން، ޕަބްލިކް އެޑްމިނިސްޓްރޭޝަން އެންޑް މެނޭޖްމަންޓް، މެނޭޖްމަންޓް، ބިޒްނަސް އެޑްމިނިސްޓްރޭޝަން، ބިޒްނަސް މެނޭޖްމަންޓް، ރެކޯޑްސް މެނޭޖްމަންޓް.

މަޤާމުގެ މަސައްކަތާ ގުޅޭ

ޝަރީޢާ އެންޑް ލޯ ދާއިރާ / އެޑްމިނިސްޓްރޭޝަން ދާޢިރާ / މެނޭޖްމަންޓް ދާއިރާ

ވީމާ، މި މަޤާމަށް އެދިވަޑައިގަންނަވާ ފަރާތްތަކުން 23 ސެޕްޓެންބަރު 2026 ވަނަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން ތިރީގައިވާ ލިންކް މެދުވެރިކޮށް ހުށަހެޅުއްވުން އެދެމެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މިއޮފީހުގެ ނަންބަރު: 3023155 ފޯނާ ގުޅުއްވުން އެދެމެވެ.

ލިންކް: https://edhoroashi.pgo.mv/public/applications/jobs

 

ނޯޓް: 1. މަޢުލޫމާތު ފުރިހަމަނުވާ ފޯމްތަކާއި މަޤާމުގެ ޝަރުޠު ފުރިހަމަނުވާ ފޯމުތައް ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ.

  1. މި މިމަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ 24 ސެޕްޓެންބަރު 2026 – 23 އޮކްޓޫބަރު 2026 އާ ދެމެދު ހދ. ގޮފީގައެވެ.

ފޯމާއެކު ހުށަހަޅަންޖެހޭ ތަކެތި:

  1. ތަޢްލީމީ ސެޓްފިކެޓްތަކުގެ ކޮޕީ ޓްރާންސްކްރިޕްޓާއެކު (ރާއްޖެއިން ބޭރުގެ ޔުނިވަރސިޓީއަކުންނަމަ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީއިން އެކްރެޑިޓް ކުރެވިފައިވާ ކޮޕީ) ނުވަތަ: ސެޓްފިކެޓު ނެތް ހާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެމް.ކިއު.އޭ އެސެސްމެންޓް ރިޕޯރޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ
  2. މަތީ ތައުލީމުދޭ ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.
  3. ވަނަވަރު
  4. ދރއ. ކާޑުގެ ކޮޕީ
  5. ލިބިފައިވާ މަސައްކަތު ތަޖުރިބާ ދަލީލުކޮށްދޭ ލިއުން

 

4 ރަބީޢުލްއާޚިރު 1448

15 ސެޕްޓެންބަރު 2026

15 ސެޕްޓެންބަރު 2026