ދިވެހިރާއްޖެ
އިޢުލާނު
1 (އެކެއް) އަހަރު ދުވަހުގެ މުއްދަތަށް ރަށުގެ އިޖުތިމާޢީ ސަރަޙައްދުތައް ކުނިކަހައި ގަސްއުފުރައި ސާފުކުރުމާއި، ގޮނޑުދޮށް ސާފުކޮށް ބަލަހައްޓާނެ ފަރާތެއް ހޯދުން.
އދ.ދިއްދޫގެ އިޖްތިމާޢީ ސަރަޙައްދުތައް 1 (އެކެއް) އަހަރު މުއްދަތަށް ކުނިކަހައި، ގަސްއުފުރައި ސާފުކުރުމާއި އަދި ގޮނޑުދޮށް ސާފުކޮށް ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެގެން އެ ފުރުޞަތު ޢާންމުކޮށް ހުޅުވާލައި އިޢުލާން ކުރަމެވެ. މި މަސައްކަތާ ގުޅޭ މަޢުލޫމާތު ޝީޓު މި އިޢުލާނާއެކު ޢާންމުކުރެވިފައި ވާނެއެވެ. ވީމާ، މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 23 ސެޕްޓެމްބަރ 2026 ވާ ބުދަ ދުވަހުގެ 11:00 ގެ ކުރިން ރަނގަޅަށް ބަންދު ކުރެވިފައިވާ ސިޓީއުރައެއްގައި މި ކައުންސިލަށް އަގުހުށައެޅުއްވުން އެދެމެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މި ކައުންސިލްގެ ނަންބަރު 6680057 ފޯނަށް ގުޅުއްވުން އެދެމެވެ.
ނޯޓު: ކައުންސިލުން ފޯރުކޮށްދޭ ފޯމެޓާއި އެއްގޮތަށް އަގު ހުށަހެޅުއްވުންއެދެމެވެ. ފޯމު ލިބޭނީ ރަސްމީ ކޮންމެ ދުވަހެއްގެ 10:00 އިން 12:00 އަށް ކައުންސިލް އިދާރާއިންނެވެ.