މަސައްކަތް
ނަންބަރު: TCL/PROC-TA/2016/012
ޕަބްލިޝްކުރި ތާރީޚް: 16 ފެބުރުވަރީ 2016
ޕަބްލިޝްކުރި ގަޑި: 12:10
ސުންގަޑި: 23 ފެބުރުވަރީ 2016 11:00
ތިލަފުށި ކޯޕަރޭޝަން ލިމިޓެޑް
ދިވެހިރާއްޖެ
އީ އައި އޭ ކޮންސަލްޓެންޓް

އީ.އައި.އޭ ކޮންސަލްޓެންޓެއް ހޯދުމާ ބެހޭ

ކ. ތިލަފުށީ ތިލަފަޅުގެ 127 ހެކްޓަރ ހިއްކުމަށް ބޭނުންވާ ސޭންޑް ބަރޯ ސައިޓެއް ގާއިމުކުރުމަށްޓަކައި އީ.އައި.އޭ އެއް ހަދައި އެއާ ގުޅޭ ޑޮކިއުމަންޓްސް ތައްޔާރު ކޮށްދޭނެ ލައިސަންސް އީ.އައި.އޭ ކޮންސަލްޓަންޓެއް ހޯދަން ބޭނުންވެގެން ކުރެވުނު އިޢުލާން ނަމްބަރު (TCL/PROC-TA/2016/008 އާ ގުޅިގެން ހުޅުވާލި ބީލަން ހުޅުވުމުގެ ފުރުޞަތުގައި، އެކަށީގެންވާވަރަށް ތަރުޙީބު ލިބިފައިނުވާތީ އެ އިޢުލާން ބާޠިލުކޮށް އަލުން އެ ފުރުޞަތު ހުޅުވާލަމެވެ.

ވީމާ، މި މަސައްކަތް ކޮށްދެއްވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކަށް ދަޢުވަތު އަރުވަމެވެ.

ތަފުސީލު

ތަން

ދުވަސް

ތާރީޚް

ގަޑި

ޕްރީބިޑް، އަދި މަޢުލޫމާތު ކަރުދާސް ދޫކުރުން

ޓީސީއެލް ހެޑް އޮފީސް

އަންގާރަ

23 ފެބުރުވަރީ 2016

11:00 ގައި

ޕްރޮޕޯސަލް ހުށައެޅުން އަދި ހުޅުވުން

ޓީސީއެލް ހެޑް އޮފީސް

ހޯމަ

29 ފެބުރުވަރީ 2016

10:30 ގައި

  • ޕްރޮޕޯސަލް ބާޠިލްވާ މުއްދަތު މަދުވެގެން 90 (ނުވަދިހަ) ދުވަހަށް ވާންވާނެއެވެ.
  • ބީލަން ހުށަހަޅަނީ އީ.އައި.އޭ ލައިސަންސް ލިބިފައިވާ އަމިއްލަ ފަރުދެއް ނަމަ އެފަރާތުގެ ފުރިހަމަ ވަނަވަރު ހިމަނަންވާނެއެވެ.

މި ބީލަމުގައި ބައިވެރިވެވޭނީ ޕްރީބިޑުގައި ބައިވެރިވެލައްވާ ފަރާތްތަކަށް އެކަންޏެވެ. މި މަސައްކަތަށް ޕްރޮޕޯސަލް ހުށަހަޅުއްވާނީ ބަންދުކުރެވިފައިވާ ސިޓީއުރައިގައެވެ. ބީލަން ހުޅުވުމުގެ ބައްދަލުވުން އޮންނާނީ މި ކޯޕަރޭޝަންގެ ހެޑް އޮފީހުގައި، ބީލަން ހުޅުވުމުގެ ބައްދަލުވުމުގައި ބައިވެރިވެލައްވަން ބޭނުންވެލައްވާ ފަރާތްތަކާއެކުއެވެ.

މި ބީލަމަށް މާކްސް ދެވޭނެ މިންގަނޑު މަޢުލޫމާތު ކަރުދާހުގައި ހިމެނިފައިވާނެއެވެ. އަދި މި ކަމާ ގުޅޭ އިތުރު މަޢުލޫމާތެއް ސާފުކުރައްވަން ބޭނުންވެލައްވާ ފަރާތްތަކުން މި ކޯޕަރޭޝަނުގެ ޕްރޮކިއުމަންޓް ޑިޕާޓްމަންޓަށް ގުޅުއްވައިގެން މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ.

09 ޖުމާދަލްއޫލާ 1437

16 ފެބުރުވަރީ 2016