ދިވެހިރާއްޖެ
ރަށުގެ ބައެއް މަގުތައް ކެނޑުމަށާއި ރައްޔިތުންނަށް އުނދަގޫވާ ގޮތަށް ހުރި ބައެއް ރުއްގަސް ނެގުމުގެ މަސައްކަތް ކައުންސިލުން ކުރަމުން އެ ސަރަޙައްދުތަކުގައި ހުރި ރުއްގަހުގެ ވެރިފަރާތްތައް ދެނެގަތުމަށް ބޭނުންވެއެވެ. ވީމާ ތިރީގައި ދެންނެވިފައިވާ ސަރަޙައްދުތަކުގައި ހުރި ރުއްގަހުގެ ވެރިފަރާތްތަކުން 23 ސެޕްޓެމްބަރ 2026 ގެ ނިޔަލަށް އެ ރުއްގަހުގައި ނަމްބަރުޖަހާ ނިންމެވުމަށް އަންގަމެވެ.
މަތީގައި ދެންނެވިފައިވާ ތާރީޚަށް ނަމްބަރު ނުޖަހައި ހުންނަ ރުއްގަހަކީ ވެރިއަކުނެތް ރުއްގަސްތަކެއް ކަމުގައި ބަލައި ރުއްގަސް ނައްތާލެވޭނެ ކަމުގައި ދަންނަވަމެވެ. ރުއްގަސް ނެގުމަށް ހަމަޖެހިފައިވާ ސަރަޙައްދުތައް އަންގައިދޭ ޗާޓެއް މި އިޢުލާނާ އެކު އާއްމު ކުރެވިފައިވާނެއެވެ.
ރުއްގަސް ނެގުމަށް ހަމަޖެހިފައިވާ ސަރަޙައްދުތައް:
- ތެޔޮ ބިންތަކުގެ އިރުވައި މަގު މަސްކައްކާ ހިއްކާ ބިންތަކާއި ހަމައަށް
- މީނާޒްގެއާއި ބަނދަރާއި ދެމެދުގައިވާ ބިން
- އަލީ އިބްރާހިމް މަގު ވައިމަތީގޭގެ ހުޅަނގުން ހީރާގެއާއި ހަމައަށް (30 ފޫޓް މަގުގެ ފުޅާމިން)
- ހުކުރަށްވެލިނަގާ މަގުގެ ހުޅަނގުކޮޅު
- ހީރާގެއިން ފެށިގެން އިރުވަޔަށް، ފެނާއި ނަރުދަމާގެ އިމާރާތާއި ހަމައަށް
- ނަރުގިސްމަގު ސިއްހީ މަރުކަޒާއި ހަމައިން ފެށިގެން ދެކުނުން ކުނިއަޅާ ސަރަހައްދާއި ހަމައަށް
- ކުޑަމިސްކިތުގެ އިރުން އޮތް ސަރަހައްދު
- ގްރީންހައުސްގޭގެ އިރުން ފަރުމާގެއާއި ދެމެދުގައިވާ ސަރަހައްދު
މިހެންވެ، މިކަން އާއްމުކޮށް އަންގާ އިޢުލާންކުރީމެވެ.