މަސައްކަތް
ނަންބަރު: (IUL)316/316/2026/71
ޕަބްލިޝްކުރި ތާރީޚް: 15 ސެޕްޓެންބަރު 2026
ޕަބްލިޝްކުރި ގަޑި: 10:37
ސުންގަޑި: 17 ސެޕްޓެންބަރު 2026 14:00
މާޅޮސްމަޑުލު ދެކުނުބުރީ ކިހާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މަރާމާތްކުރުމަށް ބޭނުންވާ މަގުބައްތިތަކަށް ކަރަންޓް ނަރު އެޅުމާއި ބައްތިދަނޑި ޖެހުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުން.

މި ކައުންސިލުގެ ފަރާތުން މަރާމާތްކުރުމަށް ބޭނުންވާ މަގުބައްތިތަކަށް ކަރަންޓު ނަރު އެޅުމާއި ބައްތިދަނޑި ޖެހުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު ނަންބަރު  (IUL)316/316/2026/65 އިޢުލާނާގުޅިގެން އެކަށީގެންވާ އަދަދަކަށް ކޮޓޭޝަން ލިބިފައިނުވާތީ އެއިޢުލާން ބާތިލުކޮށް، މިމަސައްކަތް ކޮށްދޭނެފަރާތެއް ހޯދުމަށް އިޢުލާން ކުރަމެވެ. ވީމާ، މި މަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން 2026 ސެޕްޓެމްބަރ 17 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 14:00 ގެ ކުރިން މަސައްކަތް ކޮށްދެވޭނެ އަގު (ކޯޓޭޝަން) ހުށަހެޅުން އެދެމެވެ. މަސައްކަތް ކޮށްދެވޭނެ މުއްދަތު މި ކޯޓޭޝަންގައި ހިމަނަންވާނެއެވެ. އަދި ކޯޓޭޝަން ހުށަހަޅާފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ ނުވަތަ ވިޔަފާރިވެރިއެއްނަމަ ވިޔަފާރި ރަޖިސްޓްރީގެ ކޮޕީ ކޯޓޭޝަނާއެކު ހުށަހަޅަންވާނެއެވެ.

އީމެއިލް މެދުވެރިކޮށް ކޯޓޭޝަން ހުށަހަޅާ ފަރާތްތަކުން އީމެއިލް ކުރަންވާނީ [email protected] މި އީމެއިލް އެޑްރެހަށެވެ.

މި މަސައްކަތާއި ގުޅޭގޮތުން އިތުރު މަޢުލޫމާތު ހިނެމޭ ކަރުދާސް މި އިޢުލާނާއި އެކު އާއްމު ކުރެވިފައި ވާނެއެވެ.

މިހެންވެ މިކަން އާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

15 ސެޕްޓެންބަރު 2026