ދިވެހިރާއްޖެ
ނަމްބަރު:577-A/2026/7
އިޢުލާން
އޭސީ އިންސްޓޯލްކުރުމާއި، ސަރވިސްކުރުން.
މި ކޯޓުގެ އިދާރީ ބައިގައި ހަލާކުވެފައިހުރި އެއަރކޮންޑިޝަން ނެގުމަށްފަހު އައު އެއަރކޮންޑިޝަންއެއް ހަރުކުރުމާއި، ޝަރީޢަތް ކުރާ ބައިގައި ހުރި އެއަރކޮންޑިޝަން ސަރވިސް ކުރަން ބޭނުންވެ، 02 ސެޕްޓެންބަރު 2026 ގައި ކޮށްފައިވާ މިކޯޓުގެ ނަމްބަރު 577-A/2026/6 އިޢުލާނަށް އިޖާބަދީ އަންދާސީ ހިސާބު ހުށަހަޅާފައި ވަނީ އެންމެ ފަރާތަކުން ކަމަށް ވާތީ އަލުން އެ މަސައްކަތް ކުރުމަށް ހުޅުވާލަމެވެ. ވީމާ މި މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދެއްވުމަށް ޝައުގުވެރިވާ ފަރާތްތަކުން 17 ސެޕްޓެންބަރު 2026 ވާ ބުރާސްފަތި ދުވަހު 11:00 އަށް ބ.ދޮންފަނު މެޖިސްޓްރޭޓް ކޯޓަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށް ފަހު 22 ސެޕްޓެންބަރު 2026 ވާ އަންގާރަ ދުވަހު 11:00 ށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.
އަންދާސީ ހިސާބު ހުށަހެޅުއްވޭނީ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު:2014/18) ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ (ޤާނޫނު ނަންބަރ:2014/19) ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށް އެކަންޏެވެ. އަދި މަޢުލޫމާތު ސާފުކުރުމަށް ވަޑައި ނުގަންނަވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު ނޯންނާނެވާހަކަ ދެންނެވީމެވެ.
ވީމާ، މިކަން އާއްމުކޮށް އެންގުމަށްޓަކައި އިޢުލާނުކުރަމެވެ.
14 ސެޕްޓެންބަރު 2026