ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)434-HR/434/2026/113
ޕަބްލިޝްކުރި ތާރީޚް: 15 ސެޕްޓެންބަރު 2026
ޕަބްލިޝްކުރި ގަޑި: 09:37
ސުންގަޑި: 23 ސެޕްޓެންބަރު 2026 14:00
ނޭޝަނަލް ޑްރަގް އޭޖެންސީ
ދިވެހިރާއްޖެ
ޑިރެކްޓަރ، ފައިނޭންސް

މަޤާމް :Director, Finance
ބޭނުންވާ އަދަދު :1

އިޢުލާނު 

މަޤާމު:

ޑިރެކްޓަރ، ފައިނޭންސް

މަޤާމުގެ ނަންބަރު:

J-431496

ބޭނުންވާ އަދަދު:

01 (އެކެއް)

މަޤާމުގެ ގިންތި:

ދާއިމީ

މަޤާމުގެ ރޭންކު:

ޕީ.އެސް.9

ވަޒީފާ އަދާކުރަން ޖެހޭ ތަން:

ނޭޝަނަލް ޑްރަގް އޭޖެންސީ / ފައިނޭންސް އެންޑް އެކައުންޓްސް ސެކްޝަން

މުސާރަ:

މަހަކު -/16080 ރުފިޔާ

ޖޮބް އެލަވަންސް:

މަހަކު -/7505 ރުފިޔާ

ހާޟިރީ އިނާޔަތް:

ހާޟިރުވާ ދުވަހަކަށް -/205 ރުފިޔާ

އެހެނިހެން އެލަވަންސް:

ހަމަޖެހިފައިވާ އުސޫލުގެ މަތިން އިތުރު ގަޑީގެ ފައިސާ

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  1. ނޭޝަނަލް ޑްރަގް އޭޖެންސީގެ ފައިނޭންސް އެންޑް އެކައުންޓްސް ސެކްޝަންގެ އެންމެހާ މަސައްކަތްތަކާއި ފައިސާގެ އެންމެހާ މަސައްކަތްތަށް މާލިއްޔަތު ގަވާއިދާ އެއްގޮތަށް ޑިވިޝަންގެ ހެޑްގެ މަޝްވަރާއާއި އެކު ވިލަރެސްކޮށް ރާވާ، އިދާރާގެ މެންޑޭޓު ހާސިލުކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުމަށް މަގު ހޯދައި ދިނުމާއި ސެކްޝަނުގެ މަސައްކަތްތައް ރާވާ ހިންގުން.
  2. ނޭޝަނަލް ޑްރަގް އޭޖެންސީގެ ދަށުން ހިންގާ ސެންޓާރުތަކުގެ މަސައްކަތްތައް ރޭވިފައިވާގޮތަށް ހިންގުމަށް ބޭނުންވާ ބަޖެޓް މާލިއްޔަތުގެ ޤާނޫނާއި ގަވާއިދުތަކާއި އެއްގޮތްވާގޮތަށް ތައްޔާރުކޮށް ސަރުކާރުން ބަޖެޓް ހޯދުމަށް ކުރައްވަންޖެހޭ އެންމެހާ މަސައްކަތްތައް ރާވާ ހިންގާ ބެލެހެއްޓުން.
  3. ބަނޑޭރި ޕޯރޓަލް، ނީލަން ޕޯރޓަލް އަދި ދައުލަތުގެ އެހެނިހެން ޕޯރޓަލްތަކުގެ ތެރެއިން ފައިނޭންސް އެންޑް އެކައުންޓްސް ސެކްޝަނުން ކުރައްވަންޖެހޭ އެންމެހާ މަސައްކަތްތައް ކުރެވޭނޭ އިންތިޒާމުތައް ރާވާ ހަމަޖެއްސުން.
  4. ނޭޝަނަލް ޑްރަގް އޭޖެންސީގެ މަސައްކަތްތައް ރޭވިފައިވާގޮތަށް ހިންގުމަށް ކަނޑައެޅޭ ބަޖެޓް މާލިއްޔަތު ގަވާއިދުތަކާއި އެއްގޮތަށް ހިންގާ ރިޕޯޓް ކުރަން ޖެހޭ ފަރާތްތަކަށް ރިޕޯޓުކުރުމުގެ މަސައްކަތް ކުރުން.
  5. ނޭޝަނަލް ޑްރަގް އޭޖެންސީ އާއި އެޖެންސީގެ ދަށުން ހިންގާ ސެންޓަރުތަކުގެ މަސައްކަތްތައް ރޭވިފައިވާ ގޮތަށް ހިންގުމަށް ކަނޑައެޅޭ ބޭރުގެ އެހީ މާލިއްޔަތު ޤާނޫނާއި ގަވާއިދުތަކަށާއި އެހީދިން ފަރާތުގެ ގައިޑްލައިންސްއާއި އެއްގޮތަށް ހިންގާ ބެލެހެއްޓުން.
  6. ސެކްޝަނުގެ މުވައްޒަފުންނަށް މަސައްކަތް ހަވާލުކޮށް މަސައްކަތްތައް ސުޕވައިޒްކުރުމުގެ މަސައްކަތްތަކާއި ޕާފޯމަންސް އެޕްރައިޒަލް ހެދުމުގެ މަސައްކަތް ރާވާ ހިންގުން.
  7. ނޭޝަނަލް ޑްރަގް އޭޖެންސީގެ އާއި އެޖެންސީގެ ދަށުން ހިންގާ ސެންޓަރުތަކުގައި ކުރާ މަސައްކަތްތަކާއި ގުޅިގެން އެހެނިހެން ފަރާތްތަކަށް ދޭންޖެހޭ އުޖޫރައާއި ޗަންދާއާއި، ދާއިރާއަށް ލިބޭ އާމްދަނީގެ ކަންތައްތައް މާލިއްޔަތުގެ ޤާނޫނާއި ޤަވާއިދުތަކާއި އެއްގޮތަށް ހިންގާ ބެލެހެއްޓުން.
  8. ނޭޝަނަލް ޑްރަގް އޭޖެންސީގެ ބަޖެޓާއި ބޭރުގެ އެހީއާއި އެހެނިހެން ސަރުކާރުގެ މުދާ ބޭނުންކޮށްފައިވާގޮތް ދާއިރާގެ ތެރެއިން އޮޑިޓްކުރުމުގެ މަސައްކަތް ރާވާ ހިންގާ ބެލެހެއްޓުން.
  9. ސެކްޝަނުގެ މަސައްކަތާގުޅޭ ޕްރޮޖެކްޓްތަކާއި ރިކުއެސްޓްތަކާއި ހުއްދަތައް ގަވާއިދުގެ ތެރެއިން ހޯދުމުގެ މަސައްކަތްތައް ހިންގުމާއި، ބެލެހެއްޓުން.
  10. އިދާރާގެ ސީނިއަރ މެނޭޖްމަންޓް ލެވެލްގެ ބައްދަލުވުންތަކުގައި ގަވާއިދުން ބައިވެރިވުމާއި ސެކްޝަންގެ އަޕްޑޭޓުތައް ހިއްސާކުރުން
  11. އެން.ޑީ.އޭގެ ބަޖެޓާއި ގުޅިގެން ފޮނުވަންޖެހޭ ރިޕޯޓްތައް ކަމާގުޅުންހުރި ދާއިރާތަކަށް ފޮނުވުމާއި، ފައިސާއާއިބެހޭ އެންމެހާ ރެކޯޑްސްތައް ސެކްޝަންގައި ބެލެހެއްޓޭނެ އިންތިޒާމް ރާވާ ހިންގުމާއި ރެކޯރޑްސް ބެލެހެއްޓޭކަން ކަށަވަރުކުރުން.
  12. ބަޖެޓާއި ގުޅުންހުރި ކަންކަމުގައި މިނިސްޓްރީ އޮފް ފިނޭންސްއާއި އޮޑިޓްއޮފީހާއެކު ކުރަންޖެހޭ މުއާމަލާތުތައް ވެރިންގެ ލަފާގެމަތިން ކުރިޔަށްގެންދިއުން.
  13. ނަފާ ޓްރަސްޓް ފަންޑް އެކައުންޓުގެ އާއި އިދާރާއަށް ހާއްސަ ކުރެވުފައިވާ އެހެނިހެން ފަންޑުތަކުގެ އެންމެހާ ކަންތައްތައް ހިންގާ ބެލެހެއްޓުން.
  14. ނޭޝަނަލް ޑްރަގް އޭޖެންސީގެ އާއި އެޖެންސީގެ ދަށުން ކުއްޔަށް ހިފާފައިވާ ތަންތަނާއި އެން.ޑީ.އޭއިން ފައިސާ ދައްކަންޖެހޭ ބިލްތަކާއި ލިޔުންތަކަށް އަދި އައުޓްސޯސްކޮށްގެން ހޯދޭ ޚިދުމަތްތަކަށް ފައިސާ ދެއްކުމުގެ ކަންތައް ހިނގާ ބެލެހެއްޓުން.
  15. ޕޭމަންޓް ވައުޗަރތަކުގެ ރަޖިސްޓްރީގެ ކަންތައްތައް ހިންގާ ބެލެހެއްޓުމާއި ފައިސާ ނުލިބިގެން ހުށަހަޅާ ސްޓޭޓްމަންޓަކަށް ފައިސާ ދެއްކުމުގެ ކަންތައް ހިންގާ ބެލެހެއްޓުމާއި އަދި ޕެޓީކޭޝް ފައިސާގެ ކަންތައް ހިންގާ ބެލެހެއްޓުން.
  16. ބޭރުގެ އެހީދޭ ޖަމްޢިއްޔާ ޖަމާޢަތްތަކަށް އަހަރީ ފީއާއި ޗަންދާ ދެއްކުމުގެ މަސައްކަތް ހިންގާ ބެލެހެއްޓުން.
  17. ސެކްޝަނަށް ކޮންމެ ދުވަހަކު އަންނަ ތަކެތި އެންޓްރީކޮށް ރެކޯޑްސް ބެލެހެއްޓޭކަން ކަށްވަރުކުރުން
  18. މާލީ ޒިންމާދާރުވެރިޔާ ނެތް ހާލަތްތަކުގައި އެޒިންމާގެ ތެރެއިން ކުރައްވަންޖެހޭ އެންމެހާ މަސައްކަތްތައް ކުރުން، އަދި މާލީ ޒިންމާދާރުވެރިއެއްގެ ގޮތުގައި ވަކި މުވައްޒަފެއް އިދާރާގައި ހަމަޖެހިފައިވާނަމަ ފައިނޭންސް އެންޑް އެކައުންޓްސް ސެކްޝަންގެ އެންމެހާ މަސައްކަތްތައް މާލީ ޒިންމާދާރުވެރިއާގެ ލަފަ އާއި އިރުޝާދުގެ ދަށުން ކުރިއަށް ގެންދިއުން.
  19. މަތީގައިވާ މަސައްކަތްތަކުގެ އިތުރުން، ނޭޝަނަލް ޑްރަގް އެޖެންސީގެ ރަސްމީ މަސައްކަތްތަކަށް އަންނަ ބަދަލަކާއި ގުޅިގެން ނުވަތަ އެހެން ގޮތަކުންވެސް ހަވާލު ކުރެވޭ ރަސްމީ މަސައްކަތްތައް ހަވާލްކުރެވޭ މުއްދަތެއްގައި ހަމަޖެހިފައި އޮންނަ އުސޫލް ތަކާއި އެއްގޮތަށް ކުރުން.

މަޤާމުގެ ޝަރުޠުތައް:

  1. މަޤާމުގެ މަސައްކަތާގުޅުންހުރި ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް   10 ގެ ސަނަދެއް ހާސިލްކޮށްފައިވުން. އަދި މަގާމުގެ މަސައްކަތާ ގުޅުންހުރި ހިންގުމުގެ ދާއިރާއެއްގައި މަދުވެގެން 2 އަހަރުދުވަހު މަސައްކަތްކޮށްފައިވުން. ނުވަތަ؛
  2. މަޤާމުގެ މަސައްކަތާގުޅުންހުރި ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 9 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު، މަގާމުގެ މަސައްކަތު ދާއިރާއެއްގައި 4 އަހަރުދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. އަދި އެމުއްދަތުގެ ތެރެއިން މަދުވެގެން 2 އަހަރުދުވަހު ހިންގުމުގެ ދާއިރާއެއްގައި މަސައްކަތްކޮށްފައިވުން. ނުވަތަ؛
  3. މަޤާމުގެ މަސައްކަތާގުޅުންހުރި ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު، މަގާމުގެ މަސައްކަތުގެ ދާއިރާއެއްގައި 8 އަހަރުދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. އަދި އެ މުއްދަތުގެ ތެރެއިން މަދުވެގެން 2 އަހަރުދުވަހު ހިންގުމުގެ ދާއިރާއެއްގައި މަސައްކަތްކޮށްފައިވުން.

މަޤާމުގެތަޢުލީމީ ރޮނގުތައް:

ޕަބްލިކް ފައިނޭންސް، ފައިނޭންސް، ފައިނޭންޝަލް މެނޭޖްމަންޓް، ފައިނޭންޝަލް ޕްލޭނިންގ، ކޯޕަރޭޓް ފައިނޭންސް، އެކައުންޓިންގ އެންޑް ފައިނޭންސް، އެކައުންޓިންގ އެންޑް ފައިނޭންޝަލް މެނޭޖްމަންޓް، ފައިނޭންޝަލް އެންޑް މެނޭޖްމަންޓް އެކައުންޓިންގ، ޕަބްލިކް ފައިނޭންސް އެންޑް އިކޮނޮމިކްސް، ފައިނޭންޝަލް އިކޮނޮމިކްސް، ފައިނޭންޝަލް މާކެޓްސް، ފައިނޭންޝަލް އިންޖިނިއަރިންގ، އިސްލާމިކް ބޭންކިންގ އެންޑް ފައިނޭންސް.

އެކްއުންޓިންގ، ބޭންކިންގ، އިސްލާމިކް ފައިނޭންސް، ކޮމާސް، ބިޒްނަސް.

ގުޅޭ ވަޒީފާގެ ދާއިރާތައް:

  • މާލީ ހިސާބު ބެލެހެއްޓުން ނުވަތަ މާލީ ޚިދުމަތްތަކުގެ ދާއިރާއާ ގުޅުންހުރި މެނޭޖީރިއަލް ފެންވަރުގެ މަސައްކަތްތަކާއި ދިރާސާކުރުމުގެ މަސައްކަތްތައް.

ހުށަހަޅަންޖެހޭ ލިޔުންތައް:

 

  1. ފުރިހަމަ ކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި އިދާރާގެ ވެބްސައިޓުންނާއި ކައުންޓަރުން އަދި ތިރީގައިވާ ލިންކުން ލިބެންހުންނާނެއެވެ.)

https://www.csc.gov.mv/download/2021/84/1e148c34-bc04-4150-9537-29309c104aa7.docx

  1. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް).
  2. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތުހަމަވެފައިވީ ނަމަވެސް) ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާ ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.
  3. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  4. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ)  މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ

(ށ)  ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

  1. މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ތިރީގައިވާ މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ:

(ހ)   ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ)   ސިވިލް ސަރވިސްގެ ތަޖުރިބާގެ ތެރެއިން https://myaccount.csc.gov.mv/ އިން ފެންނަންނެތް ތަޖުރިބާގެ މުއްދަތުތައް ހާމަކޮށްދިމުގެ ގޮތުން އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ނ)   އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ރ)  ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.)

(ބ)  ދަޢުލަތުގެ އުވައިލައިފައިވާ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ރެކްރޫޓްމަންޓް އުޞޫލުގެ ޖަދުވަލު 8 ގައިވާ "ވަޒީފާއަށް އެދޭފަރާތުގެ ރެފަރެންސް ޗެކް ފޯމު".

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

މި ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް 2023 (ދެވަނަ އިޞްލާޙު) ގެ 12 ވަނަ ނަންބަރުގައި ހިމަނާފައިވާނެއެވެ.

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި މެއިލްކުރައްވާނީ 23 ސެޕްޓެންބަރ 2026 ވާ ބުދަ ދުވަހުގެ 14:00 ކުރިން recruitment@nda.gov.mvއަށެވެ.

އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

ނޯޓް: އެޕްލިކޭޝަން ފޯމާއިއެކު ހުރިހާ ޑޮކިއުމަންޓެއް އެއް ފައިލްއަކަށް ޕީ.ޑީ.އެފް ކުރުމަށް ފަހު، ފައިލުގައި އެޕްލިކޭޝަން ހުށަހަޅާ ފަރާތުގެ ނަމާއި މެއިލްކުރައްވާއިރު ސަބްޖެކްޓްގެ ގޮތުގައި މަޤާމުގެ ނަން ޖެއްސެވުމަށް ދަންނަވަމެވެ.

ޝޯޓްލިސްޓުކުރުން:

 

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓު ލިބޭފަރާތްތައް ޝޯޓްލިސްޓުކުރެވޭނެއެވެ.

އިންޓަރވިއު އަދި އިމްތިޙާނު އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިމްތިހާނު އަދި އިންޓަރވިއު އޮންނާނީ 2026 އޮކްޓޫބަރ 04 އާއި 2026 އޮކްޓޫބަރ 08 އާ ދެމެދު ނޭޝަނަލް ޑްރަގް އޭޖެންސީ، ކ. މާލެ ގައެވެ.

"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ފޯމު)" އާންމުކުރުން

އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ފޯމު)" އާންމުކޮށް ފެންނާނެހެން މި އިދާރާގައި އަދި އިދާރާގެ ވެބްސައިޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ފޯމު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ.

       މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3039016 ނަންބަރު ފޯނާއެވެ. އީ-މެއިލް ކުރާނީ [email protected] އަށެވެ. ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލުތަކާ ގުޅުންހުރި އެންމެހައި ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ އުޞޫލުތައް > "ރެކްރޫޓްމެންޓް އުޞޫލު" (https://www.csc.gov.mv/Policy/Index/51) އިން ލިބެން ހުންނާނެއެވެ.

15 ސެޕްޓެންބަރު 2026