ޢާންމު މަޢުލޫމާތު
ނަންބަރު: 652-A/2026/9
ޕަބްލިޝްކުރި ތާރީޚް: 15 ސެޕްޓެންބަރު 2026
ޕަބްލިޝްކުރި ގަޑި: 08:44
ސުންގަޑި: 23 ސެޕްޓެންބަރު 2026 00:00
ކޮޅުމަޑުލު ކިނބިދޫ މެޖިސްޓްރޭޓް ކޯޓު
ދިވެހިރާއްޖެ
ކޯޓޭޝަން ހުށަހެޅުމުގެ ދައުވަތު

އިޢުލާން

ކޯޓޭޝަން ހުށަހެޅުމުގެ ދައުވަތު

މި ކޯޓުންދޭ މަޢުލޫމާތާ އެއްގޮތަށް މިކޯޓުގައި ކުރަންހުރި ތިރީގައިވާ މަރާމާތު މަސައްކަތްތަށް އަމިއްލަ ތަކެތީގައި ކުރުމަށް ޝައުޤުވެރިވެރިވާ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.  

މަސައްކަތްތައް 

1.ނަރުދަމާ ކަނެކުޝަން ލުން

2. ދިޔަދޮވި މަރާމާތް ކުރުން

3. ގަސްއިންދާފައި ހުރި ބެޑުތައް މަރާމާތުކުރުމާއި އާބެޑު ހެދުން

          

މި މަސައްކަތަށް ޝައުޤުވެރިވާ، ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު: 2014/18) ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ނުވަތަ އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަންބަރު: 2014/19) ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކުން މައުލޫމާތު ސާފުކުރުމަށްފަހު މި މަސައްކަތްތައް ކޮށްދޭނެ އަގު ވަކިން އެގޭނެގޮތަށް  އަދި މަސައްކަތް ނިންމޭނެ މުއްދަތު އެގޭނެގޮތަށް ކޯޓޭޝަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ. މަސައްކަތްތަކުގެ ތަފުޞީލު (މައުލޫމާތު ކަރުދާސް)އާއި އަގުބަލާ ފޯމު މިކޯޓުގެ ކައުންޓަރުން ލިބިވަޑައިގަންނަވާނެއެވެ.

      ވީމާ މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން މިއަދުން ފެށިގެން ސަރުކާރުބަންދުނޫން ކޮންމެ ދުވަހެއް 14:00ގެ ކުރިން މިކޯޓުގެ ކައުންޓަރުން ނުވަތަ މިކޯޓުގެ ނަންބަރަށް 6780643 ގުޅުއްވައިގެން މައުލޫމާތު ސާފުކުރުމަށްފަހު 23 ސެޕްޓެމްބަރ 2026ވަނަ ދުވަހު 11:00ގައި ކޯޓޭޝަން ހުށަހެޅުން އެދެމެވެ.

                                                  15 ސެޕްޓެމްބަރ 2026

15 ސެޕްޓެންބަރު 2026