ދިވެހިރާއްޖެ
ބިޒްނަސް ވިޒާއަކީ ވިޔަފާރީގެ ކަންކަމާ ގުޅިގެން ކުރު މުއްދަތަކަށް ރާއްޖެއިން ބޭރުން ޕްރޮފެޝަނަލް ފަރާތެއް ގެންނަންޖެހޭ ޙާލަތްތަކުގައި ދޫކުރެވޭ ވިޒާއެއް ކަމުގައިވީނަމަވެސް، ބައެއް ވިޔަފާރިތަކުން ވަރކް ޕަރމިޓް ހޯދުމުގެ މަސައްކަތް އަވަސްކުރުމުގެ ބޭނުމުގައި، ނަހަމަ ގޮތުގައި ބިޒްނަސް ވިޒާ ބޭނުންކޮށްގެން ރާއްޖެއަށް މީހުން އެތެރެކުރުމަށްފަހު ވަރކް ވިޒާއަށް ބަދަލުކުރަމުންދާކަން ވަނީ މި މިނިސްޓްރީއަށް ފާހަގަކުރެވިފައެވެ.
މި އުޞޫލު އިޞްލާޙުކޮށް ހަރުދަނާކުރުމުގެ ގޮތުން، 15 ސެޕްޓެމްބަރ 2026 އިން ފެށިގެން، ބިޒްނަސް ވިޒާ އަދި ސްޕެޝަލް ވިޒާގައި ދިވެހިރާއްޖެއަށް އެތެރެވާ ބިދޭސީންނަށް، ރާއްޖޭގައި ތިބެގެން 'ވަރކް ވިޒާ' އަށް ބަދަލުނުވެވޭނެ ވާހަކަ ޢާންމުކޮށް އަންގައި އިޢުލާންކުރަމެވެ.
ވީމާ، މި ވިޒާތަކުގައި ރާއްޖެ އެތެރެވެފައިވާ ފަރާތްތަކަށް 'އެކްސްޕެޓް ސިސްޓަމް' މެދުވެރިކޮށް ވަރކް ޕަރމިޓަށް އެދި ހުށަނޭޅޭނެ ވާހަކަ ވަޒީފާދޭ އެންމެހައި ފަރާތްތަކުގެ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.
އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް 1485 ގުޅުއްވައި ނުވަތަ [email protected] އަށް އީމެއިލް ކުރެއްވުމުން ލިބިވަޑައިގަންނަވާނެއެވެ.
ވީމާ، މިކަން އާންމުކޮށް އަންގާ އިޢުލާނުކުރަމެވެ.
03 ރަބީޢުލްއާޚިރު 1448
14 ސެޕްޓެމްބަރ 2026