ދިވެހިރާއްޖެ
2027 – 2029 ށް ބޭނުންވާ ޔުނީފޯމު ފަހައިދީ ވިއްކައިދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ.
ވީމާ، މި މަސައްކަތަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ޝަރުތުހަމަވާ ހުރިހާ ފަރާތްތަކަށް ހުޅުވާލަމެވެ. މި މަސައްކަތަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް ބީލަންފޮތުގައި ބަޔާންކޮށްފައިވާނެއެވެ.
ބިޑް ހުށަހެޅުމަށް ނަން ނޯޓްކުރުމަށް 2026 ސެޕްޓެމްބަރ 14 ން 2026 ސެޕްޓެމްބަރ 20 ވަނަ ދުވަހުގެ 12:00ގެ ނިޔަލަށް ތިރީގައިވާ ލިންކް މެދުވެރިކޮށް "ބިޑް ރަޖިސްޓްރީ ފޯމް" ފުރިހަމަކޮށް ރަޖިސްޓްރީ ކުރެއްވުން އެދެމެވެ. ބީލަން ހުށަހެޅޭނީ މި މުއްދަތުގައި ރަޖިސްޓްރީ ކުރާ ފަރާތްތަކަށެވެ.
"ބިޑް ރަޖިސްޓްރީ ފޯމް" ގެ ލިންކު: www.adhomadhooschool.edu.mv/v2/form
މި މަސައްކަތާއި ގުޅޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރުމަށް، 2026 ސެޕްޓެމްބަރ 24 ވަނަ ދުވަހުގެ 12:00ގެ ކުރިން ގުޅުއްވާނީ 6680840 ފޯނަށް ނުވަތަ އީ-މެއިލް ކުރާނީ[email protected] އަށެވެ.
ބީލަން ހުށަހެޅުމާއި ބީލަން ހުޅުވުން އޮންނާނީ 2026 ސެޕްޓެމްބަރ 27 ވާ އާދީއްތަ ދުވަހުގެ 13:00ގައި މި ސުކޫލުގެ ލައިބްރަރީގައެވެ. ބިޑް ހުށަހެޅުމަށް ވަޑައިގަންނަވާއިރު ބަދަލުގައި އަންނަ ފަރާތްތަކުން ބަދަލުގައި އަންނަކަން އަނގައިދޭ ސިޓީއާއި ބަދަލުގައި އަންނަފަރާތުގެ އައިޑީ ކާޑުގެ ނަކަލެއް ގެންނަންވާނެއެވެ. އަދި ހުށަހަޅަން ހަމަޖެހިފައިވާ ގަޑިއަށްވުރެ ފަހުން ހުށަހަޅާ އަންދާސީހިސާބުތައް ބަލައި ނުގަނެވޭނެ ވާހަކަ މި ފުރުސަތުގައި ދަންނަވަމެވެ.
މިމަސައްކަތާއި ގުޅޭ ބީލަން ފޮތް މި އިޢުލާނާއިއެކު އާންމު ކޮށްފައިވާނެއެވެ.
ޝުކުރިއްޔާ